ސޭފް ޓޫރިޒަމްގެ ދަށުން ރިސޯޓު ހިންގަން 50000 ޑޮލަރުގެ ލައިސަންސެއް ނަގަން ޖެހޭގޮތަށް ކޯވިޑް-19 އަށް ފަހު ރާއްޖޭގެ ޓޫރިޒަމް އަލުން ފެށުމުގެ އުސޫލުގެ ޑްރާފްޓްގައި ހިމަނައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އެކުލަވާލާފައިވާ މި އުސޫލުގެ ޑްރާފްޓުގައިވާ ގޮތުން ރާއްޖެއަށް އަންނަ ހުރިހާ ފަތުރުވެރިން ޓެސްޓް ކުރާނެއެވެ. އަދި ރާއްޖޭގައި ފަތުރުވެރިންނަށް މަދުވެގެން 14 ދުވަހު ތިބެންޖެހެއެވެ.
މީގެ އިތުރުން އެ އުސޫލުގައި ބުނެފައިވާ ގޮތުން ޓޫރިސްޓުން ގެނެވޭނީ، ސޭފް ޓޫރިޒަމް ރިސޯޓް ލައިސަންސް ދޫކުރާ ރިސޯޓްތަކަށް އެކަންޏެވެ. ލައިސަންސެއް ނަގަން ޖެހޭ އިރު، ރާއްޖެ ވަނުމުގެ ހުއްދަ ޓޫރިސްޓުންނަށް ދޭނީ، ރާއްޖެ އައުމުގެ ހަތް ދުވަސް ކުރިން ހަދާފައި ވާ ޕީސީއާރު ޓެސްޓެއްގެ ނަތީޖާ ނުވަތަ އެންޓި ބޮޑީ ޓެސްޓެއްގެ ނަތީޖާ ދެއްކުމުންނެވެ.
ލައިސަންސަށް އެދޭ ރިސޯޓުތަކުގައި ނަރުހަކާއި ޑޮކްޓަރަކު ހުންނަން ޖެހޭނެ ކަމަށް ބުނެފައި ވާއިރު އެ ލައިސަންސް ދޫކުރާނީ 50،000 ޑޮލަރުގެ ފީއަކަށެވެ.
ޓޫރިސްޓުން އެއާޕޯޓަށް ފައިބާ ތަނުން ޕީސީއާރު ޓެސްޓް ހަދާނެ ކަމަށާއި ރިސޯޓްގެ ކޮޓަރިން ނިކުމެވޭނީ ޓެސްޓްގެ ނަތީޖާ ނެގެޓިވް ވުމުން ކަމަށާއި އަދި ރިސޯޓްތަކުގައި ހުންނަން ޖެހޭނީ ސެލްފް-ސާވިސް ޗެކިން އެއްގައި ކަމަށް ވެސް އެ އުސޫލުގައި ބުނެއެވެ.
ރާއްޖެ އައުމުގެ ހުއްދަ ދެވޭނީ އެންމެ މަދުވެގެން 14 ދުވަހުގެ ޗުއްޓީއެއް ބުކްކުރުމުން ކަމަށާއި އެގޮތުން އަންނަ ޖޫންގައި ރާއްޖެ ފަތުރުވެރިންނަށް ހުޅުވާލަން ވަނީ ނިންމާފައެވެ. އަދި ޖޫންގައި ހުޅުވާލާނީ ސުޕަ ޔޮޓުތަކާއި ޖެޓުތަކުން އަންނަ ޓޫރިސްޓުންނަށް ކަމަށްވެސް އެ އުސޫލުގައި ބުނެއެވެ.
މީގެ އިތުރުން ކޮމާޝަލް ފްލައިޓުތަކަށް ރާއްޖެ ހުޅުވާލާނީ ޖުލައި މަހު ކަމަށް ބުނެފައި ވާއިރު ކޮންމެ ޓޫރިސްޓެއްގެ އަތުން ވިސާ ފީއަށް 100 ޑޮލަރު ނަގާނެ ކަމަށާއި ޓްރެވަލް އިންޝްއަރެންސް ނަގާފައި އޮންނަން ޖެހޭނެ ކަމަށް އެ އުސޫލުގައި ބުނެއެވެ.

Ministry's Press Release on "Maldives Safe Tourism Guideline" pic.twitter.com/bWT41HunVG
— Ministry of Tourism (@MoTmv) May 19, 2020
ރާއްޖެ އައުމުގެ ހުއްދަ ދެވޭނީ އެންމެ މަދުވެގެން 14 ދުވަހުގެ ޗުއްޓީއެއް ބުކްކުރުމުން ކަމަށާއި އެގޮތުން އަންނަ ޖޫންގައި ރާއްޖެ ފަތުރުވެރިންނަށް ހުޅުވާލަން ވަނީ ނިންމާފައެވެ. އަދި ޖޫންގައި ހުޅުވާލާނީ ސުޕަ ޔޮޓުތަކާއި ޖެޓުތަކުން އަންނަ ޓޫރިސްޓުންނަށް ކަމަށްވެސް އެ އުސޫލުގައި ބުނެއެވެ.
މީގެ އިތުރުން ކޮމާޝަލް ފްލައިޓުތަކަށް ރާއްޖެ ހުޅުވާލާނީ ޖުލައި މަހު ކަމަށް ބުނެފައި ވާއިރު ކޮންމެ ޓޫރިސްޓެއްގެ އަތުން ވިސާ ފީއަށް 100 ޑޮލަރު ނަގާނެ ކަމަށާއި ޓްރެވަލް އިންޝްއަރެންސް ނަގާފައި އޮންނަން ޖެހޭނެ ކަމަށް އެ އުސޫލުގައި ބުނެއެވެ.
ކިޔުންތެރިންގެ ހިޔާލު