ރައްޔިތުންގެ މަޖިިިލިީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
ރައްޔިތުންގެ މަޖިިިލިީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
މުއްސަނދި ގައުމުތަކުގެ ބޯޑަރުތައް ބަންދުކޮށް ކުދި ގައުމުތަކުގެ ވިޔަފާރިއަށް ހުރަސް އަޅައިގެން ނުވާނެކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ޖަޒީރާ ގައުމުތަކުގެ ތެރެއިން 80 އިންސައްތަ ގައުމުން އާންމުދަނީ ހޯދާ މައިގަނޑު މަސައްކަތްތައް ބިނާވެފައިވަނީ ދަތުރުފަތުރަށާއި ފަތުރުވެރިކަމުގެ ވިޔާފާރީގެ މައްޗަށް ކަމަށެވެ. އެހެން ކަމުން މުއްސަނދި ގައުމުތަކުގެ ބޯޑަރުތައް ބަންދުކޮށްގެން ކުދިގައުމު ތަކުގެ ރައްޔިތުން ދިރިއުޅުމަށް ކުރާ މަސައްކަތްތަކަށް ހުރަސް ނޭޅުމަށް ރައީސް ނަޝީދު ވަނީ އިޝާރާތް ކުރައްވާފައެވެ.

ކޯވިޑް-19 އާއި ގުޅިގެން ދުނިޔޭގެ ގިނަ ގައުމުތަކަކުންވަނީ އެގައުމުގެ ބޯޑަރުތައް ބަންދުކޮށް މުޅި ގައުމު ލޮކްޑައުން ކޮށްފައެވެ. އަދި ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާއިންވެސް ގޮވާލަމުންދަނީ ކޯވިޑް-19 ގެ ހާލަތު ރަނގަޅު ވަންދެން ގައުމުތަކުން ލޮކްޑައުންގައި ތިބުން މުހިންމު ކަމަށެވެ. ނަމަވެސް ދުނިޔޭގެ މުއްސަނދި ގައުމުތަކުން މިހާރު ވަނީ ހަރުކަށި އުސޫލުތަކާއި އެކު ލޮކްޑައުން ނިމުމަކަށް ގަނަސް ބޯޑަރތައް ވެސް ހުޅުވާން ފަށާފައެވެ.

އެކަމުގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް ބޮޑު ހީނަރުކަމެއް ކުރިމަތިވެ ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ އިޤްތިޞާދަށް ވަނީ ބޮޑު ލޮޅުމެއް އައިސްފައެވެ. މިގޮތުން ރާއްޖެފަދަ ފަތުރުވެރިކަމާއި ދަތުރުފަތުރަށް ބަރޯސާ ވެފައިވާ ޤައުމުތަކުގެ އާމްދަނީ މުޅިން ހުއްޓިފައިވާއިރު އެގައުމުތައް ދަރަނިވެރިވާ ހިސާބަށް ދާނެ ކަމަށް މާލީ އިދާރާތަކުން ވަނީ ލަފާ ކޮށްފައެވެ.

މުޅިދުނިޔެއިން މިހާތަނަށް 4.9 މިލިއަނަށްވުރެ ގިނަ މީހުން ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އަދި މިބަލީގައި ތިންލައްކައަށްވުރެ ގިނަ މީހުން މުޅި ދުނިޔެއިންވަނީ މަރުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު


-7

އަލީ ނަސީމް

20-May-2020

މި ސައިޓްއަށް ގުޅޭނެ ނަންބަރެއް, އީމެއިލް އެޑްރެހެން ފެންނާކަށް ނުހުރޭ. ގުޅޭނެ ގޮތެއް ނުހުރޭ. ވަރަށް ކަޑަ ކަމެއް.


17

ބުޝްރީ

20-May-2020

މިގައުމުގެ ކަލްބު



ޓްރެންޑިން