ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު ހަ މީހަކު ބަލިން ރަނގަޅުވެ ރާއްޖޭގައި އެ ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު 86 އަށް އަރައިފި އެވެ.

އެންއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޯވިޑް-19 ޓާސްކް ފޯހުގެ ތަރުޖަމާން މަބްރޫކް އަޒީޒު ވިދާޅުވީ އަނެއްކާވެސް 6 މީހަކަށް ﷲ ގެ ހެއު ރަހުމަތްފުޅާއެކު ކޮވިޑް ބައްޔަށް ޝިފާ ލިބިފައިވާ ކަަމަށެވެ.

މިހާތަނަށް 86 މީހުން ބަލިިން ރަގަޅުވެފައިވާއިރު ހޯމަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށްފަހު އަންގާރަ ދުވަހުގެ ރޭގެ ނޫސްވެރިންގެ ބައްދަލުވުމާ ހަމައަށް 12 މީހަކު ރަނގަޅުވެފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ އޭގެތެރޭގައި ހިމެނެނީ 10 ބިދޭސީންނާއި 2 ދިވެހިން ކަަމަށެވެ. އެންމެ ފަހުން ހެލްތު މިނިސްޓްރީން މައުލޫމާތުދިންގޮތުގައި ރާއްޖޭގައި ބަލި ޖެހުނު މީހުންގެ ތެރެއިން 80 މީހަކު ވަނީ ބަލިން މުޅިން ފަސޭހަވެފަ އެވެ.

މިހާތަނަށް ރާއްޖެއިން މި ބަލި 1143 މީހުންނަށް ޖެހިފައިވާއިރު 4 މީހަކު ވަނީ މިބަލީގައި ނިޔާވެފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން