ހިންމަފުށި
ހިންމަފުށި
ހިންމަފުށިން ނެގި ހުރިހާ ސާމްޕަލެއް ނެގެޓިވް ކަމަށް ސަރުކާރުން ހާމަކޮށްފި އެވެ.

ހިންމަފުށީގައި ހުންނަ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރުން ކޯވިޑް-19 ގެ ޕޮޒިޓިވް ކޭސްތަކެއް ފެނުމާއެކު އެރަށް މޮނިޓަރިންއަށް ގެންގޮސް ގިނަ ސާމްޕަލްތަކެއް ވަނީ ނަގާފާއެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރު ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ މުޙައްމަދު މަބްރޫކު އަޒީޒް ވިދާޅުވީ، ހިންމަފުށިން ހެދުނު ކޮންޓެކްޓް ޓްރޭސިން އިން 146 ސާމްޕަލް ނަގާފައިވާއިރު، އެ ހުރިހާ ސާމްޕަލެއްގެ ނަތީޖާވެސް ނެގެޓިވްވެފައިވާ ކަމަށެވެ.

މަބްރޫކް ވިދާޅުވީ، އޭގެ ތެރޭގައި ހިމެނެނީ ޑީޓީއާރްސީން ނެގުނު 36 ސާމްޕަލަކާއި، ހިންމަފުށީ އައްސޭރި ޖަލުން ނެގި 37 ސާމްޕަލަކާއި، އެރަށު އިންޑަސްޓްރިއަލް ސަރަޙައްދުން ނެގި 45 ސާމްޕަލެއްގެ އިތުރުން، ހިންމަފުށީ ރަށުގެ އާބާދީ ތެރެއިން ރެންޑަމް ސާމްޕްލިންގެ ގޮތުގައި ނެގި 28 ސާމްޕަލެއް ކަމަށެވެ.

ކ. ހިންމަފުށީގައި ހުންނަ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރުން ފަރުވާ ހޯދަމުން އަންނަ ތިން މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު، އެކަން ހިނގި ކަމަށް ބެލެވެނީ އެތަނަށް އެންމެ ފަހުން ފަރުވާ ހޯދުމަށް ވަތް މީހެއްގެ ފަރާތުންކަމަށް ކޯވިޑް-19 ޓާސްކްފޯހުން ވަނީ ހާމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން