ދަރުމަވަންްތަ ހޮސްޕިޓަލް- ކޯވިޑް-19 ގެ ހާލު ބޮޑު ބަލިމީހުންނަށް ފަރުވާ ދެނީ ޑީއެޗް 11 ގައި (ރަސް ފޮޓޯ- ޝާހް)
ދަރުމަވަންްތަ ހޮސްޕިޓަލް- ކޯވިޑް-19 ގެ ހާލު ބޮޑު ބަލިމީހުންނަށް ފަރުވާ ދެނީ ޑީއެޗް 11 ގައި (ރަސް ފޮޓޯ- ޝާހް)
ޑީއެޗް 11 ގެ ވެންޓިލޭޓަރުގައި އޮތް ބަލި މީހާގެ ދެ ސާމްޕަލް ވެސް ނެގެޓިވް ވެފައިވާ ކަމަށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ޑރ. އަފްޒަލް ވިދާޅުވީ، ޑީއެޗް 11 ގައި މިހާރު ފަރުވާދެމުންދާ މީހުންގެ ތެރެއިން ވެންޓިލޭޓަރުގައި އޮތް މީހާ ވެންޓިލޭޓަރުން ނަގާ އޭނާގެ ސާމްޕަލްތައް ޑަބަލް ނެގަޓިވްވެފައި ވާކަމަށެވެ.

އޭނާ އާއި އެކު ޑީއެޗް 11 ފަރުވާދެމުން ދިޔަ މީހާގެ އިތުރުން އިތުރު މީހަކު ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި ވާކަމަށް ވެސް ޑރ. އަފްޒަލް ވަނީ ވިދާޅުފަ އެވެ. ފަހުން ޑީއެޗް 11 ގައި އެޑްމިޓް ކުރެވިފައި ވަނީ އުމުރުން 32 އަހަރުގެ އަންހެނެއް ކަމަށް ޑރ. ވިދާޅުވި އެވެ.

ޓްރީޓޮޕް ހޮސްޕިޓަލް ގައި ފަރުވާދެމުން އަންނަ މީހުންގެ އަދަދަށް ބަދަލެއް އައިސްފައި ނުވާކަމަށް ޑރ. އަފްޒަލް ފާހަގަކުރެއްވި އެވެ. އެ ހޮސްޕިޓަލް ގައި އެޑްމިޓް ކުރެވިފައި ވަނީ ނުވަ ފިރިހެނުންނާއި 2 އަންހެނުން ކަމަށާއި އޭގެ ތެރެއިން މިވަގުތު ވެންޓިލޭޓަރުގައި އޮތީ އެކަކު ކަމަށް ވެސް ޑޮކްޓަރު ވިދާޅުވި އެވެ.

ރާއްޖެ އިން މިހާތަނަށް ޖުމްލަ 1143 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވްވެފައި ވާއިރު، ބަލިޖެހުނު މީހުންގެ ތެރެއިން 86 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ. މިހާރު 1051 މީހުން ބައްޔަށް ފަރުވާ ހޯދަމުން ދާއިރު، ރާއްޖެ އިން ކޯވިޑް-19 ޖެހުނު ހަތަރު މީހަކު ވަނީ މަރުވެފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން