ސޭފް ޓޫރިޒަމް ކޮންސެޕްޓް ގައި ރާއްޖޭގެ ފަތުރުވެރިކަން އަލުން ހުޅުވާލުމަށް ސަރުކާރުން މިހާރު ދަނީ ތައްޔާރުވަމުން
ސޭފް ޓޫރިޒަމް ކޮންސެޕްޓް ގައި ރާއްޖޭގެ ފަތުރުވެރިކަން އަލުން ހުޅުވާލުމަށް ސަރުކާރުން މިހާރު ދަނީ ތައްޔާރުވަމުން
ރާއްޖެއަށް ޒިޔާރަތްކުރާ ކޮންމެ ފަތުރުވެރިޔެއްގެ ބޮލަކަށް 100 ޑޮލަރު ނެގުމުގެ ވާހަކައަކީ މަޝްވަރާގައިވާ ކަމެއް ކަމަށް އެންއީއޯސީން ބުނެފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވީ، ރާއްޖެ އަންނަ ކޮންމެ ފަތުރުވެރިޔެއްގެ ބޮލަކަށް 100 ޑޮލަރު ނެގުމާއި މެދު މަޝްވަރާތަށް މިހާރު ކުރެވެމުންދާ ކަމަށެވެ.

އެގޮތުން މި ކަމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގަައި މަސައްކަތްކުރާ މީހުންނާއި އެކު މަޝްވަރާކުރުމަށް ސަރުކާރުން އެކުލަވާލި ކަރުދާހުގައިވާކަމެއް ކަމަށް މަބްރޫކް ވިދާޅުވި އެވެ.

މަބްރޫކް ވިދާޅުވީ ނިއު ނޯމަލް އަށް ދާން ތައްޔާރުވާއިރު އެކި ދާއިރާތަކުގެ މީހުންނާއި އެކު މަޝްވަރާތައް ކުރުމަށް ތަފާތު ކަރުދާސްތަކެއް އެކުލަވާލާ ހިޔާލު ހޯދަމުން އަންނާނެކަމަށެވެ. އަދި ސަރުކާރުން ނިންމުމެއް ނިންމާނީ ހުރިހާ މީހުންނާއި އެކު މަޝްވަރާކުރުމަށް ފަހުގައިކަމަށް މަބްރޫކް ވިދާޅުވި އެވެ.

ނިއުނޯމަލްގައި ސޭފް ޓޫރިޒަމަށް ހުޅުވާލުމަށް ސަރުކާރުން އެކުލަވާލާފައިވާ އުސޫލުގެ ޑްރާފްޓް ޢާއްމުކޮށްފައިވާއިރު، އެ އުސޫލު މާ ހަރުކަށިކަމަށްބުނެ ގިނަ ބަޔަކު ގެންދަނީ އެ އުސޫލަށް ފާޑު ކިޔަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން