ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު
މިހާރު ރާއްޖެއަށް ތަޢާރަފު ކުރަން އުޅޭ ސޭފް ޓޫރިޒަމްގެ އުސޫލަކީ މިނިވަން ވިޔަފާރިއަށް އެޅޭ ހުރަހެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

ސަރުކާރުން މިއަދު ވަނީ ސޭފް ޓޫރިޒަމްގެ ދަށުން ރިސޯޓު ހިންގަން 50000 ޑޮލަރުގެ ލައިސަންސެއް ނަގަން ޖެހޭގޮތަށް އެ އުސޫލުގެ ޑްރާފްޓް އެކުލަވާލައި ޢާއްމު ކޮށްފައެވެ.

އެކަމާ ގުޅިގެން ރީކޯ މޫސަ މިއަދު ވިދާޅުވީ، ސޭފް ޓޫރިޒަމްގެ ނަމުގައި ޚާއްސަ ހުއްދައަކާއި ވަކި ލައިސަންސެއް ލިބިގެން ވަކި ބަޔަކަށް ވިޔަފާރި ކުރުމުގެ ހުއްދަ ދޭނަމަ މިނިވަން ވިޔަފާރީގެ ފުރުސަތު ގެއްލޭނެ ކަމަށެވެ.

"ޤާނޫނު އަސާސީ ބުނާ ޙައްޤުތައް އުނިކުރަންވާނީ، ޓޫރިޒަމްގެ ޤާނޫނަށް އިސްލާޙް ގެނެސްގެން. ރިސޯޓު، ހޮޓާ، ސަފާރީ، ގެސްޓްހައުސް އެއް އުސޫލަކުން ހިންގަންޖެހޭ." ރީކޯ މޫސަ ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓްރީން އެކުލަވާލާފައިވާ ސޭފް ޓޫރިޒަމްގެ ޑްރާފްޓުގައިވާ ގޮތުން ރާއްޖެއަށް އަންނަ ހުރިހާ ފަތުރުވެރިން ކޯވިޑް-19 އަށް ޓެސްޓް ކުރާނެއެވެ. އަދި ރާއްޖެ އަންނަ ފަތުރުވެރިން މަދުވެގެން 14 ދުވަހު ރާއްޖޭގައި ތިބެންޖެހެއެވެ.

މީގެ އިތުރުން އެ އުސޫލުގައި ބުނެފައިވާ ގޮތުން ޓޫރިސްޓުން ގެނެވޭނީ، ސޭފް ޓޫރިޒަމް ރިސޯޓް ލައިސަންސް ދޫކުރާ ރިސޯޓްތަކަށް އެކަންޏެވެ. އަދި ރާއްޖެ ވަނުމުގެ ހުއްދަ ޓޫރިސްޓުންނަށް ދޭނީ، ރާއްޖެ އައުމުގެ ހަތް ދުވަސް ކުރިން ހަދާފައި ވާ ޕީސީއާރު ޓެސްޓެއްގެ ނަތީޖާ ނުވަތަ އެންޓި ބޮޑީ ޓެސްޓެއްގެ ނަތީޖާ ދެއްކުމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


2

ސިޔާދު

20-May-2020

ތިޔައީ ސޯނުއަލީވަހީދަށް ލާރިގަނޑެއް ދީގެން ކޮށްގެން އުޅޭކަމެއް


-2

ޙަސަން ބުޝްރީ

20-May-2020

މޫސަ ކިޔެވި ސްކޫލެއް ބުނޭ ފުރަތަމަ.


-9

ހަސަންޓޭ

20-May-2020

އަލީވަހީދަކީ ވަޒީރުކަމަށް ގާބިލް މީހެއް ނޫން މިހާރުވެސް އެކަން އެބަފެނޭ


-1

ސިޔާދު

20-May-2020

ވަރަށް ރަނގަޅު ވާހަކަ އެއް ރީކޯބތިޔަބުނީ ހަމަ ފުރުސަތު ތަކެއް އެއްމެނަށް ވެސް ލިބެންޖެހޭނެ މީ ލުއިކޮށް ގިނަބަޔަކަށް ފުރުސަތު ހުޅުވަންވީ ވަގުތު



ޓްރެންޑިން