މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ މުވައްޒަފުންގެ މުސާރަ ކުޑަކުރުމަށް މަޝްވަރާކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެމްއޭސީއެލުން މުވައްޒަފުންނަށް ފޮނުވި ސަރކިއުލާއެއްގައި ބުނެފައިވަނީ ކޯވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ލިބެމުންދާ ބޮޑު ގެއްލުން ކުޑަކުރުމަށް، ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރޭގައި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައަށް ބަދަލުތަކެއް ގެންނާނެ ކަމަށް ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފައިވާ ކަމަށެވެ.
"މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑަކީ ސަރުކާރުގެ 100 އިންސައްތަ ހިއްސާ އޮންނަ ކުންފުންޏަކަށްވީ ހިނދު، މި ކުންފުނީގެ ބައެއް މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް މިއަންނަ މަހުން ފެށިގެން ބަދަލު ގެނައުމަށް މިނިސްޓްރީ އޮފް ފިނޭންސްގެ އިރުޝާދާ އެއްގޮތަށް މަޝްވަރާކުރެވެމުންދެއެވެ." އެމްއޭސީއެލްގެ ސާކިއުލާގައި ބުނެފައިވެއެވެ.
އެމްއޭސީއެލްގެ ސާކިއުލާގައި ބުނެފައިވަނީ ކޮވިޑާ ގުޅިގެން މުވައްޒަފުންނަށް ލިބޭ މުސާރައާއި އިނާޔަތްތަކަށް މިހާތަނަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާނެ ކަމަށާއި އެފަދަ ބަދަލެއް ގެނައުމަކީ އެ ކުންފުނިން ބޭނުންވާ ގޮތެއް ވެސް ނޫން ކަމަށެވެ. ނަމަވެސް މިއީ މުޅި ރާއްޖެއަށް ކުރިމަތިވެފައިވާ ދަތިކަމަކަށްވާތީ އެއާޕޯޓުގެ އޮޕަރޭޝަންތައް އިންތިހާއަށް ކުޑަވެފައިވުމުން، މިކަމުގެ ސަބަބުން މާލީގޮތުން އެ ކުންފުންޏަށް ވަރަށް ބޮޑު ގެއްލުމެއް ކުރިމަތިވަމުންދާ ކަމަށް އެމްއޭސީއެލުން ބުނެއެވެ.
މި ހާލަތުގައި މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް މިކަމުގެ އަސަރު ކުރާވަރު ކުޑަކުރުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށާއި މަޝްވަރާތަކަށް ފަހު، ކަނޑައެޅޭ ނިންމުންތައް ވީ އެންމެ އަވަސް ފުރުސަތެއްގައި މުވައްޒަފުންނާ ހިއްސާކުރާނެ ކަމަށް އެމްއޭސީއެލްގެ ސާކިއުލާގައި ބުނެފައިވެއެވެ.
އެހެންކަމުން މިހާލަތުގައި ހަރަދުތައް ވީހާވެސް ކުޑަކުރުމަށާއި، މުސްތަގުބަލުގައި ދިމާވެދާނެ ދަތިތަކަށް ތައްޔާރުވެ ތިބުމަށް ހުރިހާ މުވައްޒަފުންނަށް އެމްއޭސީއެލުން ވަނީ އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު