19 ވަނަ ބައި
................
"އެއީ ކީއްވެގެން ހެއްޔެވެ؟ އެއީ ވަގެއް ހެއްޔެވެ؟"
"ވަގެއްވެސްމެއެވެ. އަދި ގާތިލެއްވެސް މެއެވެ."
"އަސްތާއެވެ!.......... ޤާތިލް ...........!!"
"އާނއެކެވެ. ވައްކަން ކުރަން އުޅުމުގެ ތެރޭގައި، މީހަކުވެސް މަރާލީއެވެ."
މުންނީ ޙައިރާން ވެއްޖެއެވެ. ދެން ބޭރުން ދޮރު ހުޅުވާލި އަޑަށް އޭނާ ބޭރަށް އަތުވެއްޖެއެވެ. އެއާއެކު ރޫޕާ އޭނާ އުރާލިއެވެ. އަދި ރޫޕާ ކޮޓަރިއަށް ވަނުމުން އޭނާ ބުންޏެވެ.
"މަންމާއެވެ. އަހަރެންގެ ބައްޕައަކީ ވަގެއް ހެއްޔެވެ؟ ގާތިލެއް ހެއްޔެވެ؟"
"ތިޔަހެން ބުނީ ކާކު ހެއްޔެވެ."
ރޫޕާ ސިހިފައި ބަލާލިއެވެ.
"އެވާހަކަ ބުނީ މާމައެވެ."
"އެއީ ސަމާސާއަކަށް ބުނި ވާހަކައެކެވެ. ދަރިފުޅާއެވެ. ދަރިފުޅުގެ ބައްޕަ ހުންނެވީ އެހެން ރަށެއްގައެވެ. ވަޒީފާ އަދާކުރުމަށްޓަކައި އެހެން ރަށެއްގައި ހުންނަވަން ޖެހުނީއެވެ. ބައްދަލު ކުރުމަށްޓަކައި ބައްޕަ ދުރުވާ ދުވަހަކުން ދަރިފުޅަށް ކުޅޭ ސާމާނާއި މެޓާ ގެނެސް ދެއްވާނެއެވެ."
މުންނީގެ ޔުނީފޯރމް ބަދަލު ކުރުވުމަށްފަހު ކާންދީގެން ރޫޕާ އެތެރެއަށް އަތުވެއްޖެއެވެ. އަދި މަންމަ ގާތުގައި އެހިއެވެ.
"މަންމާއެވެ. މުންނީ ގާތުގައި ބުނީ ކީކޭ ހެއްޔެވެ؟"
"އަހަރެންބުނީ ކީކޭ ހެއްޔެވެ؟" މަންމަ ބުންޏެވެ.
"އޭނާގެ ބައްޕަ ޖަލުގައި ހުރި ވާހަކަ ދެއްކުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟"
ތެދަށް ބުނުމުން އޮތީ ކޮންގެއްލުމެއް ހެއްޔެވެ. މުންނީއަށް ވިސްނެން ފަށާއިރަށް އޭނާއަށް މިކަން ނޭނގި އޮންނާނެ ހެއްޔެވެ؟
"އެނގުނަސް ނޭނގުނަސް މަންމަ........."
"އަހަރެން ބުނާނަމެވެ. އަހަރެންގެ ދުލުގައި ހިފަހައްޓާނީ ކާކު ހެއްޔެވެ؟"
"މަންމާއެވެ..........!"
"ކޮން ލޮލެއް ބޮޑުކުރާކަށް ހެއްޔެވެ." މަންމަ ބުންޏެވެ. "ފިރިމީހާ އޮތީ ޖަލުގައެވެ. ކިޝޯރު ކަލެޔަށް ވަޒީފާ ހޯދައިދީފިއެވެ. ކޮންފަދަ އަރާމެއް ހެއްޔެވެ. ގެންދަނީ ކާރުގައެވެ. ގެންނަނީ ކާރުގައެވެ. ބަލަން ތިބެނީ އަނދިރި މީހުން ހެއްޔެވެ. އެއްވެސް މީހަކަށް އެއްވެސް ކަމެއް ނުވިސްނޭ ކަމުގައި ހީކުރަނީ ހެއްޔެވެ؟"
"މަންމާއެވެ. ދެން ހުއްޓާލާށެވެ." ރޫޕާ ރުޅިއައިސްފައި ބުންޏެވެ.
"ހުއްޓާލަންވީ ކީއްކުރަން ހެއްޔެވެ. ހުއްޓާލަންވީ ކަލެއެވެ. ކަލޭ ތިޔަކުޅޭ ކުޅިގަނޑު ދެކެފައި އަހަރެންގެ ދަރިފުޅު ގެއިން ނުކުމެއްޖެއެވެ. މިހާރު ދެން ވާނުވާއެއް ނޭނގެއެވެ.............. އަވަހަށް އެހެންތަނެއް ހޯދާށެވެ."
"އެންމެ ރަނަގަޅެވެ. ހޯދާފާނަމެވެ."
ރޫޕާ ރުޅިއައިސްގެން ތުރުތުރު އަޅަމުން އެތެރެއަށް ވަދެއްޖެއެވެ.
+ + + + +
ކިޝޯރާއި ރޫޕާ އޮފީހުން ނިކުމެގެން ކާރާ ދިމާއަށް ހިނގައި ގަތުމުން ސާލަކްރާމް ކައިރީގައި ހުރި ކާތިބެއްގެ ގައިގައި ކޮށްޓާލާފައި ވައިއަޑުން ބުންޏެވެ.
"އަސްތާއެވެ. މިމީހުންގެ ހިތަށް އަރަނީ ކީކޭ ބާވައެވެ. ތިރްލޯކަކީ ކާތިބެއް ވިއްޔާއެވެ...."
ރޫޕާގެ ކަންފަތަށްވެސް މިއަޑު އިވިއްޖެއެވެ. އޭނާ ދަތްކުނޑި ވިކާލިއެވެ. އެހެން ނަމަވެސް އެއްޗެއް ނުބުނެ ކާރާހަމައަށް އަތުވެއްޖެއެވެ. ދެން ކިޝޯރު ގާތުގައި މަޑުމަޑުން ބުންޏެވެ.
"ކިޝޯރު ދުރުވާށެވެ. އަޅުގަނޑު ބަހުގައި ހިނގައި ދާނަމެވެ.
"އެއީ ކީއްވެގެން ހެއްޔެވެ؟"
"ރައްޓެހި ކުއްޖަކާ ބައްދަލު ކޮށްލަންވެސް ވެފާ އޮތީމައެވެ."
"ރައްޓެހި ކުއްޖަކާ ބައްދަލުކުރަން ދަނީ ހެއްޔެވެ. ނޫނީ ސާލަކްރާމްގެ މުޑުދާރު ވާހަކައާމެދު ކަންބޮޑުވީ ހެއްޔެވެ."
"އެއީ................ އަޅު.............. އަޅުގަނޑު.........."
"ރޫޕާއެވެ. މިއަދާ ހަމައަށްވެސް މީހެއްގެ ދުލަކު ނުހިފެހެއްޓެއެވެ. ނުވެސް ހިފެހެއްޓޭނެއެވެ. އަހަރެމެން ދެމީހުން ހިތް ސާފުކަމަށް ވަންޏާ މީހަކު ދައްކާހާ ވާހަކައަކާމެދު އޮތީ ކޮން ފަރުވާލެއް ހެއްޔެވެ......"
"ދުނިޔޭގައި އުޅެންޏާ ދުނިޔޭގެ ދޫތަކުން ރައްކާތެރި ވާން ޖެހޭނެއެވެ."
"އެންމެ ރަނގަޅެވެ. އަހަރެން މާދަމާ ސާލަކް ރާމް ވަޒީފާއިން ވަކިކުރާނަމެވެ."
"ނޫން....... ނޫނެކެވެ. އަޅުގނޑު ތިޔަހެނެއް ނުބުނާނަމެވެ."
"އެހެންވިއްޔާ އެގޮތަށް ދައްކާ ވާހަކަ އަޑު ނާހާށެވެ. އިވޭ އަޑެއްވިއްޔާ އެއްކަން ފަތުން ވައްދާފައި އަނެއް ކަންފަތުން ނެރެލާށެވެ. އަމިއްލަ މަސައްކަތުގައި ކުރިޔަށް ދާށެވެ. އަދި ކަލޭގެ ހުރިހާ ޒިއްމާއެއް ތިރްލޯކް ޙަވާލު ކޮށްފައިވަނީ އަހަންނާ ޕްރަބާއާ ދެމީހުންނާއެވެ. މިކަން ހަނދާން ބަހައްޓާށެވެ. މިހާރަކު ޕްރަބާއެއް ނެތެވެ. އެހެންކަމުން ހުރިހާކަމެއް ބަލަހައްޓަން ޖެހިފައިވަނީ އަހަންނާއެވެ. އަދި މިއަދު ކުއްޔަށް ހިފަންއުޅޭ ކޮޓަރިވެސް ބަލާލަން ދާން ވާނެއެވެ. އެހެންނޫނީ އަހަރެންގެ ކޮޓަރިއަށް ކަލޭ ބަދަލުވިޔަސް އެންމެ ރަނގަޅެވެ. އެތަން މިހާރު ހުންނަނީ ތަޅުލާފައެވެ. އަހަރެން މިހުންނަނީ ބޮޑު ގޭގައެވެ. މިހެން ހެދުމުން ޚަރަދުވެސް ކުޑަވާނެއެވެ."
"ނޫނެކެވެ. ފުރަތަމަ ބަލާނީ ތިޔަ ބުނުއްވާ ކޮޓަރިއެވެ."
"އެހެން ވިއްޔާ ހިނގާށެވެ."
+ + + + +
ދިޔަ މަގުމަތީގައި ގިނަ ވަގުތު ހޭދަވީ ހިމޭންކަމުގައެވެ. މަޑުމަޑުން ރޫޕާ ހަމައަކަށް އެޅެން ފަށައިފިއެވެ. އެހެން ނަމަވެސް އިރުއިރުކޮޅުން ގާރޑްގެ އަންހެނުން ދެއްކި ވިހަވާހަކަތައް އޭނާގެ ހިތް ތޮރުފަމުން ގެންދިޔައެވެ. ކިޝޯރު މިކަން ރަނގަޅަށް ފާހަގަ ކުރަމުން ދިޔައެވެ. ....... ރޫޕާ ކުޑަކޮށް ހަމަޖެހިލުމުން ކިޝޯރު މަޑުމަޑުން ބުންޏެވެ.
"އަހަންނަށް ހީވަނީ ގާރޑްގެެ އަންހެނުން ދެއްކި ވާހަކަތަކުން ކަލެޔަށް ވަރަށްބޮޑަށް އަސަރު ކޮށްފި ހެންނެވެ."
"އެހެން މީހުން ވާހަކަ ދައްކަނީ އަޑިއަޑިންނެވެ. އޭނާ ދެއްކީ ސާފު ތިލަ ބަހުންނެވެ."
"އެއީ ނުކިޔަވާ ހުރި މީހެކެވެ. ހަމައެއް ލަމައެއް ނޯންނާނެއެވެ. އެކަމަކު ޚުދު އޭނާގެ ޙަޔާތް ބިނާކުރަމުން ދާގޮތް ކަލެއަށް ވަޒަން ކުރެވުނު ހެއްޔެވެ. އެކަނިވެރި ދުނިޔެ އޭނާ ކަޑައްތު ކޮށްފިއެވެ. ދެއަހަރު ދުވަހަށްފަހު ފިރިމީހާގެ މަތިން ހަނދާން ނައްތާލައިފިއެވެ. އަދި ފިރިމީހާގެ ކޮއްކޮއާ އިނދެފިއެވެ. އަހަރެމެން އެންމެ ބޮޑަށް ސަހަރޯވެރިވީ އެއަންހެން މީހާއާ މެދުގައެވެ. އޭނާ ރޮމުން ގެންދިޔަ މަންޒަރު ހިތަށްއެރުމުން މިހާރުވެސް މޭތެޅެއެވެ. އެކަމަކު މިހާރު އެއުޅެނީ ކިހާ އުފާފާގަތި ކަމަކާއެކުގައި ހެއްޔެވެ. އެވަނީ ކިހިނެއްކަމެއް އެނގޭ ހެއްޔެވެ؟"
"ކިހިނެއްތޯއެވެ؟"
"ވަގުތުގެ މިޒާޖަކީ އެކަހަލަ އެއްޗެކެވެ. މަޑުމަޑުން އިންސާނާއަށް ޙާލަތާ އެއްބައިވާން މަޖުބޫރު ކުރެއެވެ. މުޅިން އެހެން ރޮނގަކުންނެވެ. ތިރްލޯކަށް ދިހަ އަހަރު ދުވަހުގެ ސަޒާ ކަޑައްތު ކުރަން ޖެހުނު ކަމުގައި ވިޔަސް އޭނާއަކީ އަންބަކުނެތް މީހަކު ކަމުގައި ނުދެކޭނެއެވެ."
ރޫޕާ އެކައްޗެކޭވެސް ނުބުނެއެވެ. ކިޝޯރު ފިނި ނޭވާއެއްލާފައި ބުންޏެވެ.
"ރޫޕާއެވެ. ކޮންމެ ގޮތެއްވިޔަސް ރޫޕާ ދުނިޔެއަށް އެކަނި ކޮށްލާކަށް އަހަންނަކަށް ނުކެރޭނެއެވެ. ތިރްލޯކް ޖަލުން ސަލާމަތް ވަންދެން ތިޔަ ދެމައިން ޔަތީމުންގެ ގޮތުގައި ތިބޭކަށް ނުޖެހޭނެއެވެ. އާނއެކެވެ. މިއަދު ޕްރަބާ ހުރިނަމަ އަހަރެން އުޅޭނީ ދުރުދުރުގައެވެ. އަނެއް ރޮގަކުން ބަލާއިރު އަހަރެންގެ ގުޅުން އޮތީ ތިރްލޯކާ ކަން ރޫޕާއަށް ނުވިސްނޭ ހެއްޔެވެ. އަދި ފަހަރެއްގައިވެސް އަހަރެމެން ދެމީހުންނާމެދު ޝައްކުކޮށް ރޫޕާގާތުގައި ތިރްލޯކް އެއްވެސް ވާހައެއް ދެއްކި ހެއްޔެވެ؟"
"ނުދައްކައެވެ."
"އެހެންވީއިރު ކޮންކަމަކާ ޖެހިލުންވާން ހެއްޔެވެ. ތިރްލޯކް ސަލާމަތްވާ ދުވަހަކުން އެންމެންގެ ދޫބަންދު ވެދާނެއެވެ. އަދި ތިރްލޯކް ފަދަ މާތް އިންސާނަކު އަހަރެމެންގެ މައްޗަށް ޝައްކު ނުކުރާނެކަން އަހަންނަށް އެނގެއެވެ. މިކަން ރޫޕާއަށްވެސް އެނގެއެވެ. އެހެނީ ތިރްލޯކް އޭނާގެ ފުރާނައަށްވުރެވެސް ބޮޑަށް ރޫޕާ ދެކެ ލޯބިވެއެވެ."
ކިޝޯރުގެ ދަލީލުތައް ވަރަށް ފުރިހަމައެވެ. މިހުރިހާ ވާހަކަތަކެއް އަޑުއަހާފައި ރޫޕާގެ ސިކުނޑީގެ ހާސްކަން ފިލާ ދިޔައީ ކީއްވެގެން ކަމެއް ނޭނގެއެވެ.
ދެން އިރުކޮޅަކަށްފަހު ކިޝޯރުގެ ކާރު ގެއެއްގެ ދޮރު މައްޗަށް މަޑުކޮށްލައިފިއެވެ. ތަންކޮޅެއް އިހުގެ ގޮތަކަށް ހަދާފައި ހުރި ކުޑަވަރެއްގެ ގެއެކެވެ. ކިޝޯރު ދޮރާ ދިމާއަށް އިޝާރާތް ކޮށްފައި ބުންޏެވެ.
"ކުރިމަތިން އެހެރަ ފެންނަ ހަތަރެސްކަން ތަންކޮޅަކީ އެކަޓަރީގެ ފެންޑާއެވެ. ކޮޓަރި ހުންނާނީ އޭގެ އެފަރާތުގެއެވެ. ފުދޭ ވަރެއްގެ ބޮޑު ފާޚާނާއެއްވެސް ހުންނާނެއެވެ. ތިޔަ ދެމައިންނަށް އަރާމުގައި ތިބެވިދާނެވެ. ބޭރުންވެސް ކޮޓަރިއަށް ވަދެވޭގޮތަށް ސިޑިއެއް ބެހެއްޓިފައި ހުންނާއެވެ."
ދެން އެދެމީހުން ކާރުން ފައިބައިގެން ގޯތި ތެރެއަށް ވަދެއްޖެއެވެ. ގެހުރިތަން ރޫޕާއަށް ވަރަށް ކަމުދިޔައެވެ. ގޯތި ތެރޭގައި މާބަގީޗާވެސް ހައްދާފައި އޮތެވެ.
މެދުގައި ހުރި ސިޑިން އަރާފައި ކިޝޯރު ރަނގަބީލު ޖަހާލައިފިއެވެ. އެއާއެކު އެތެރޭގައި އަޑު ގުގުމައި ގަތެވެ. އިރުކޮޅަކަށްފަހު ފިޔަވަޅުގެ އަޑު އިވިއްޖެއެވެ. ދެން ދޮރު ހުޅުވާލައިފިއެވެ. ޒުވާން އަންހެން ކުއްޖަކު ބޯ ދިއްކޮށްލާފައި ބުންޏެވެ.
"ބައްދަލު ކުރައްވަންވީ ކާކާތޯއެވެ؟"
"އަހަރެންގެ ނަމަކީ ކިޝޯރެވެ." ކިޝާރު ބުންޏެވެ. "އަހަރެން ފޮނުވީ ސްޓޭޓް އެޖެންޓް ބަންޑާރީއެވެ."
"ކޮޓަރިއަކާ ބެހޭގޮތުން ދޮގެއްތޯއެވެ؟"
"އާނއެކެވެ.]"
"ދުރުވާށެވެ. އެތެރޭގައި އިށީންނަވާށެވެ. އަޅުގަނޑު މަންމައަށް ނަންގަނެލާނަމެވެ."
އެމީހުން ބައިތިއްބާފައި އަންހެން ކުއްޖާ އެތެރެއަށް ވަދެއްޖެއެވެ. އެތެރޭން މީރު ކާއެއްޗެއްގެ ވަސް އަރައަރާ ހުއްޓެވެ. ކިޝޯރު ބުންޏެވެ.
"ވަރަށް އަޚްލާޤު ރަނގަޅު ބައެއްހެން ހީވެއެވެ. ރަނގަޅު ހެޔޮލަފާ އަވަށްޓެރިން ލިބުމަކީވެސް ނިޢުމަތެކެވެ. ޚާއްޞަކޮށް ގޭގެވެރިންނަކީ ރަނގަޅު ބައަކަށް ވެއްޖިއްޔާ ވަރަށްބޮޑަށް ހިތްހަމަ ޖެހޭނެއެވެ."
ކުޑައިރުކޮޅަކަށްފަހު އިސްކޮޅުން ދިގު ޢުމުރުން ގާތްގަނޑަކަށް ތިރީސް ފަސްއަހަރުގެ އަންހެނަކު ނުކުމެއްޖެއެވެ. [ލައިގެންހުރީ މިޑީއެކެވެ. އޭނާފެނިފައި ކިޝޯރާ ރޫޕާ ތެދުވެއްޖެއެވެ. އަންހެންމީހާ ހިނިތުންވެލާފައި އިށީންނަމުން ބުންޏެވެ.
"އިށީންނަވާށެވެ. އިށީންނަވާށެވެ........."
ރޫޕާއާއި ކިޝޯރު އިށީނދެއްޖެއެވެ. އެތެރެއަށް ދިޔަ އަންހެން ކުއްޖާއަށް ގޮވާފައި އަންހެންމީހާ ސައިހަދަން ބުންޏެވެ. ދެން ބުންޏެވެ.
"މިސްޓަރ ބަންޑާރީގެ ފޯނެއްއައެވެ. ކިޝޯރު ނަމަކަށްކިޔާ ބޭކަލަކު ކޮޓަރި ބައްލަވާލައްވަން ދުރުވާނެ ވާހަކަ ބުނުއްވިއެވެ. އަޅުގަނޑުމެން ކޮޓަރި ކުއްޔަށް ދިނުމާބެހޭ ކަންތައް ދޫކޮށްލާފައިވަނީ ބަންޑާރީގެ އަތް މައްޗަށެވެ. އެހެނީ މިހާރަކަށްއައިސް ކުއްޔަށްހިފަން އަންނަ މީހުން ފުރަތަމަ ކޮޅުގައި ވަރަށް ރަނގަޅެވެ. އެކަމަކު ދުވަސް ކޮޅަކުން އަޅުގަނުމެންނަށް ގަދަކަން ދައްކަން ފަށައެވެ. އެންމެފަހުން ކޮޓަރި ކުއްޔަށް ހިފިމީހުންވެސް އަރާރުންވުމުގެ ކަންތައްގަނޑު ބޮޑުވެގެންގޮސް ބޯހަލާކުނުވީ ކިރިޔާއެވެ. އެންމެފަހުން އެމީހުން ނެރެވުނީ ބަނޑާރީ މެދުވެރި ވެގެންނެވެ. އަޅުގަނޑަކީ ހުވަފަތް އަންހެނަކީމެވެ. ދެން އިނީ ސޯޅަ އަހަރުގެ ކުޑަ އަންހެން ކުއްޖެކެވެ. އަޅުގަނޑު މެންނަށް ކުރެވޭނީ ކޮންކަމެއްތޯއެވެ."
"ތިޔަކަމާ ފިކުރު ނުކުރައްވާށެވެ. ކޮޓަރި ހުސްކުރަން ބޭނުން ވެލައްވައިފިއްޔާ ފަނަރަ ދުވަހުގެ ތެރޭގައި ހުސްކޮށް ދޭނަމެވެ."
"ބަލާ ބެލުމަށްވެސް ތިޔަހެން ހީވެއެވެ. ކޮޓަރީގެ ކުއްޔަކީ ހަމައެކަނި ދުއިސައްތަ ރުފިޔާއެވެ. އަދި ކުރިޔަށް ފަސްމަސް ދުވަހުގެ ފައިސާ ދައްކަވަން ވާނެއެވެ."
ރޫޕާ އެއްޗެކޭ ބުނަން އުޅުނެވެ. އެހެން ނަމަވެސް ކިޝޯރު އަވަހަށް ބުންޏެވެ.
"އަޅުގަނޑުމެން ޤަބޫލެވެ."
"ކުޑަ ކުއްޖަކުވެސް އެބައޮތްތޯއެވެ؟"
"ލައްބައެވެ. ތިން އަހަރުގެ އަންހެން ކުއްޖެކެވެ."
"ވަރަށް ރަނގަޅެވެ. އަޅުގަނޑުގެ ރަޟިއްޔާވެސް ކުދިން ދެކެ ވަރަށް ލޯބިވެއެވެ. ކާވެނި ކުރެއްވީ ކޮންއިރަކު ތޯއެވެ؟"
* "އެހީގެ އަގު" ވާހަކައިގެ މިބައިގައި ގެނެސްދެވިފައިވާނީ ވާހަކައިގެ ޞަފުހާ ނަމްބަރު 75 އިން 78 އަށެވެ.

ކިޔުންތެރިންގެ ހިޔާލު