ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު
ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު
ކޮވިޑް-19 ގެ ސަބަބުން މިހާރު ބަންދުކޮށްފައިވާ ރާއްޖޭގެ ބޯޑަރު ހުޅުވާލަންޖެހޭ ކަމަށް ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން އަޅާ ފިޔަވަޅުތަކާއި ކުރިއަށް ހުރި ފުރުސަތުތަކާ ގުޅޭގޮތުން ކޮމަންވެލްތް އެންޓަޕްރައިޒް އެންޑް އިންވެސްޓްމަންޓް ކައުންސިލުން ބޭއްވި ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިނިސްޓަރު ޢަލީ ވަހީދު ވިދާޅުވީ މިހާރު މިދާގޮތުން ރާއްޖޭގެ އިގްތިޞާދު ކުރިއަރާނީ "ޔޫ ޝޭޕް" އަކަށް ކަމަށެވެ. އަދި އިގްތިޞާދު ހަމައަކަށް އެޅެން އޮކްޓޫބަރު މަހު ފަށާނެ ކަމަށާއި މިހާރު މަސައްކަތް ކުރައްވަނީ މި އަހަރުގެ ތިން ވަނަ ކުއަރޓަރ ކަމުގައިވާ ޖުލައި މަސް ތެރޭގައި ފަތުރުވެރިކަން ހުޅުވާލުމަށް ކަމަށް ޓޫރިޒަމް މިނިސްޓަރ ހާމަކުރެއްވި އެވެ.

ސަރުކާރަށް އަބަދުވެސް މުހިންމީ ރައްޔިތުންގެ ރައްކާތެރިކަން ކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ ރައްޔިތުން ވައިރަސް އިން ރައްކާތެރިވުމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅުއްވަމުންދާ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ ފަތުރުވެރިކަން އަލުން ހުޅުވާލުމަށް މަސައްކަތްކުރަނީ އެކަމަށްޓަކައި ހަދަންޖެހޭ ގަވާއިދުތައް ހަދާ ރައްކާތެރިކަން ކަށަވަރު ކުރުމަށް ފަހު ކަމަށެވެ.

"ޓޫރިޒަމް ފެށުމަށްޓަކައި މިހާރުގެ ހާލަތަށް ބިނާކޮށް ހާއްސަ ގައިޑްލައިނެއް ވަނީ ތައްޔާރުކުރެވިފައި " މިނިސްޓަރު ވިދާޅުވި އެވެ.

ވައިރަސް ބޮޑަށް ފެތުރެމުންދަނީ މާލޭގައި ކަމަށްވިދާޅުވެ މިނިސްޓަރ ޢަލީ ވަޙީދު ވަނީ ރަށްރަށާއި ރިސޯޓްތައް މިކަމުން ސަލާމަތް ވެފައިވާކަން ފާހަގަކުރައްވާފައެވެ. މިނިސްޓަރު ވިދާޅުވީ އިގްތިސާދީ އަދި ސިއްހީ ގޮތުން ކުރިމަތިވާ ގޮންޖެހުންތައް އެއްހަމައެއްގައި ހިފަހައްޓައި، ރިސްކް އެސެސްމަންޓް ހެދުމާއެކު ސަލާމަތީ ފިޔަވަޅުތައް އަޅައިގެން ރޭވުންތެރިކަމާއެކު ގައުމީ ބޯޑަރު ހުޅުވާލަން ޖެހޭކަމަށެވެ. އަދި ލޮކްޑައުންއަށް ފަހު އަމަލުކުރާނެ ހަރުދަނާ ސިޔާސަތުތަކެއް އެކުލަވާލަން ޖެހޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އިގްތިސާދީ އަދި ސިއްހީ ގޮތުން ކުރިމަތިވާ ގޮންޖެހުންތައް އެއްހަމައެއްގައި ހިފަހައްޓައި، ރިސްކް އެސެސްމަންޓް ހެދުމާއެކު ސަލާމަތީ ފިޔަވަޅުތައް އަޅައިގެން ރޭވުންތެރިކަމާއެކު ގައުމީ ބޯޑަރު އަދި ބަނދަރުތައް ހުޅުވާލުން މުހިންމު. އޮޓޮމޭޝަން، އިނޮވޭޝަން އަދި ޑިޖިޓަލައިޒޭޝަންއަށް އިސްކަން ދޭން ޖެހޭ" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ޢަލީވަހީދު ވިދާޅުވީ ވައިރަސްގެ ސަބަބުން އިގްތިސާދީ ހަރަކާތްތައް ހުއްޓިގެން ނުވާނެ ކަމަށެވެ. އަދި ވައިރަހާ ކުރިމަތިލައި އިގްތިސާދު ކޮޅަށް ޖެއްސޭނެ ގޮތްތައް އަވަހަށް ރާވަން ޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މިނިސްޓަރ އިތުރަށް ފާހަގަކުރެއްވި ގޮތުގައި ޓޫރިޒަމް ހުޅުވާލައި އިގްތިސާދީ ހަރަކާތްތައް އަލުން ފަށައިގަތުމަށްޓަކައި ސަރަހައްދީ ގައުމުތަކާއި، ބޮޑެތި ގައުމުތަކުގެ އެހީތެރިކަން ރާއްޖެއަށް ބޭނުންވާކަމުގައެވެ. އަދި ދެން ރާއްޖޭގެ ޓޫރިޒަމްގެ ހަރަކާތްތައް ފަށާނީ އަންނަ ޓޫރިސްޓުންގެ ސަލާމަތާއި ރައްކާތެރިކަން އެންމެ ފުރިހަމައަށް ކަށަވަރު ކުރެވޭނެ ގޮތްތައް ބަލައިގެން ކަމަށްވެސް މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


17

ރައިޔަތު އަހުމަދު

21-May-2020

މީ ކަރާ ހައްދާގޮތަށް ކުރާކަމެއް ނޫން ތޮއްޑޫ މީހުންނަށް އިގޭނީ ކަރާހައްދަން.. ރައިޔަތުންގެރިސޯޓުތައް ރައިޔަތުންނަށް އަބުރާދީ. ޕަބްލިކަށް 50% ޝޭއަރ ދީ. ދައުލަތަށް 20% ހިންގާ ފަރާތަށް (ޗަންޕާ/ކޮލިގެެ/ވިލާ/ސަން..) އަނެއް 30% މާލޭގެ ބޮޑުންނަށް ދައުލަތުގެ މުދަލުން މުއްސަނދިވާން ފުރުސަތު ދެވެިއްޖެ..ޓޫރިޒަމް ބާނީންގެ ނަމުގައި ނާޖާއިޒު ފައިދާ ނެގިއްޖެ.. ދެން ވޯޓު ހޯދަން ބޭނުންނަމަ މިކަން ކޮށްފަ އާދޭ ވޯޓު ހޯދަން.. ރައިޔަތުންނަށް މަންފާ ނުވާ ގޮތަށް 99 ރަށްދޫކޮށްގެން ނުތިބެވޭނެ.. މަޖިލީހާށް ދެންފުރުސަތު އޮތީ ރިސޯޓު ޝެއަރ ދީފިނަމަ



ޓްރެންޑިން