ޝަރީޢަތްތައް ލައިވް ކުރުމަކީ އިންސާފު ލިބޭނެކަން ކަށަވަރުވާނެ ކަމެއް ކަމަށް ވިދާޅުވެ ބަންޑާރަ ނާއިބު އިބްރާހީމް ރިފްޢަތު ދެއްކެވި ވާހަކަތަކަށް ޖިނާޢީ ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު އަޙުމަދު ޙައިލަމް ފާޑު ވިދާޅުވެއްޖެއެވެ.
ސްޕްރީމް ކޯޓްގެ ޝަރީޢަތްތައް އޮންލައިންކޮށް ފަށައި ޓްވިޓާއާއި ޔޫޓިއުބު މެދުވެރިކޮށް ލައިވްކުރަން ނިންމި ނިންމުމާއި ގުޅިގެން ބަންޑާރަ ނައިބް ރިފްޢަތު ވިދާޅުވެފައިވަނީ އެ ބަދަލަކީ ތާރީޚީ ބަދަލެއް ކަމަށާއި ޓެކްނޮލޮޖީ ބޭނުން ކުރުމުން ޚަރަދާއި ވަގުތު ސަލާމަތްވާނެ ކަމަށެވެ. އަދި ޝަރީޢަތް އަވަސްވެ އިންސާފު ހޯދަން ހިނގަންޖެހޭ މަގު ކުރު ވެގެންދާނެ ކަމަށާއި ކޯޓްތަކުގެ އަބުއިކަން މާޒީވެ ޝަރީޢަތުގެ އަޑާއި މަންޒަރު ދުރާއި ގާތުން ފެނިދެނިވުމުން އިންސާފު ލިބޭކަން އިހްސާސްވާނެ ކަމަށް ބަންޑާރަ ނައިބް ވިދާޅުވެފައިވެއެވެ.
މި ވާހަކަތަކަށް ރައްދު ދެއްވާ، ޙައިލަމް ވަނީ މީގެ ކުރިން ޝަރީޢަތްތައް ލައިވް ކުރުމަށް ނިންމުމުން ޖޭއެސްސީން ކަންބޮޑުވެގެން އުޅުނު ކަމަށް ވިދާޅުވެފައެވެ.
"އެހެންވެގެންތޯ ރާއްޖޭގައި ފުރަތަމަ ޝަރީޢަތެއް ލައިވްކުރަން އުޅުމުން ޖޭއެސްސީން ކަންބޮޑުވެގެން އުޅުނީ؟ ވަކި ބަޔަކު ލައިވްކުރީމަތޯ އިންސާފު ލިބޭކަން އިޙްސާސްވަނީ؟ ނޫނީ ލައިވްކުރަންޖެހެނީ ވަކިބައެއްގެ ޝަރީޢަތްތަކެއްތޯ؟" ރައީސް ޔާމީންގެ ޝަރީޢަތް ކުރިއަށް ގެންދެވި އަދި ޙުކުމް ކުރުމަށް މަދު ގަޑިކޮޅަކަށް ވެފައި ވަނިކޮށް ސުލޫކީ މައްސަލައެއްގައި މަޤާމުން ވަކިކުރި ކްރިމިނަލް ކޯޓްގެ ކުރީގެ އިސް ފަނޑިޔާރު އަޙުމަދު ޙައިލަމް ވިދާޅުވެފައިވެއެވެ.
އިންސާފު ލިބޭކަން އިހްސާސްވަނީ ވަކި ބަޔަކު ލައިވްކުރީމަތޯ ހައިލަމް އައްސަވާފައިވެއެވެ. އަދި ލައިވް ކުރަންޖެހެނީ ވަކި ބައެއްގެ ޝަރީޢަތްތަކެއްތޯ ވެސް ހައިލަމް އައްސަވާފައިވެއެވެ.
ސުޕްރީމް ކޯޓުން އިއްޔެ ނެރުނު ގަވާއިދުގައިވާ ގޮތުން މީހުން ކޯޓަށް ހާޒިރުކުރުން ރައްކާތެރި ނޫން ހާލަތްތަކުގައި އެ ކޯޓުގެ ޝަރީއަތްތައް ކުރިއަށް ދާނީ މައިކްރޯސޮފްޓް ޓީމްސް މެދުވެރިކޮށް ނުވަތަ ފޯނު ނުވަތަ އެ ނޫން ވެސް ޓެލެކޮންފަރެންސިން ނިޒާމެއް މެދުވެރިކޮށެވެ.
އަދި ހާލަތަށް ރިއާޔަތްކޮށް، ޝަރީއަތް ކުރާ ކޯޓު ރޫމުގައި ނުވަތަ އެ ނޫން އެހެން ތަނެއްގައި ވެސް ފަނޑިޔާރުން ތިބެގެން އެފަދަ އަޑުއެހުންތައް ކުރިއަށް ގެންދެވިދާނެ ކަމަށް ގަވާއިދުގައި ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު