މިހާރުގެ އޮތް ފަގީރުންގެ ލިސްޓަކީ ވަކި މިންގަނޑަކަށް ބެލުމަށް ފަހު އެކުލަވާލާފައިވާ ލިސްޓެއް ކަމަށް ވިދާޅުވެ ހުސްވި އަހަރުގެ ފަގީރުންގެ ލިސްޓު ރަނގަޅު ކަމަށް ހާމަކުރައްވައި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިލްޔާސް ޖަމާލް ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދަށް ރައްދު ދެއްވައިފިއެވެ.
މި އަހަރުގެ ފިތުރު ޒަކާތް ބަހާނީ މިދިޔަ އަހަރު އެކުލަވައިލި ލިސްޓަށް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވުމުން އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް ކުރީގެ އިސްލާމް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް ވަނީ ވިދާޅުވެފައެވެ. އެކަމާ ގުޅިގެން ޑރ.ޝަހީމާ އިސްލާމިކް މިނިސްޓްރީ އާއި ދެމެދު ދަނީ ބަހުގެ ހަމަލާތަކެއް ބަދަލުކުރެވުމުންނެވެ.
އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އިލްޔާސް ޖަމާލު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ 2016 ވަނަ އަހަރާ ހަމައަށް ޒަކާތު ފައިސާ ދޫކޮށްފައި ވަނީ އަޕްޑޭޓް ލިސްޓަކަށް ނޫން ކަމަށެވެ. އެ ލިސްޓްގައި ތަނަވަސްކަން ހުރި މީހުން ތިބި ކަމަށާއި އަދި މިހާރުގެ ލިސްޓަކީ ވަކި މިންގަނޑަކަށް ބެލުމަށް ފަހު އެކުލަވާލާފައިވާ ލިސްޓެއް ކަމުގައި އިލްޔާސް ވިދާޅުވި އެވެ.
އިލްޔާސް އަށް ރަަައްދުދެއްވައި ޝަހީމް ކުރެއްވި ޓުވީޓުގައި ހަދަން އުޅުނު ގޯސް ގަބޫލު ނުކޮށް ދޮގު ވާހަކަތައް ނުފެތުރުމަށް އިލްތިމާސް ކުރެއްވި އެވެ. ފަގީރުންގެ ލިސްޓަކީ އިސްލާމިކް މިނިސްޓްރީން ހަދާ އެއްޗެއް ނޫން ކަމަށާ ކައުންސިލުތަކުން ފަގީރުންގެ ލިސްޓް އެކުލަވައިލުމުން މިނިސްޓްރީން އެ ލިސްޓް އެޕްރޫވް ކުރަނީ ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.
މީހުން ހާލުގައި އުޅޭތާ ތިން ހަތަރު މަސްވީ އިރު ފަގީރުންގެ ލިސްޓް ހަދަން ކައުންސިލްތަކަށް އެންގުމަކީ އިސްލާމިކް މިނިސްޓްރީން ކުރަން ޖެހޭނެ ކަމެއް ކަމުގައި ކުރީގެ އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރ މަގާމު ފުރުއްވި ޝަހީމް ވަނީ ވިދާޅުވެފައެވެ.
ކޯވިޑް-19 ގެ ރޯގާ ބަލިމަޑުކަމާއި ގުޅިގެން ރާއްޖޭގެ ރައްޔިތުންގެ އާމްދަނީ މުޅިން ހުއްޓި ގިނަ ބަޔަކު ވަނީ ހާލުގައި ޖެހިފައެވެ. މިފަދަ ގިނަ ބަޔަކަށް ސަރުކާތުގެ ޚަރަދުގައި މިހާރުވެސް ކާންދީ ހަދަމުންދާއިރު މާ ކުރީގެ ހާލަތެއްގައި އޮތް އިރު ނަގާފައިވާ ލިސްޓަކަށް ޒަކާތް ބަހާތީ ގިނަ ބަޔަކު ވަނީ އެކަމާ ފާޑު ކިޔާފައެވެ. އަދި އެއީ މިއަދު ފިތުރު ޒަކާތް ހައްގުވާ އެތައް ބަޔަކު އެހައްގުން މަހުރޫމް ކުރުން ކަމުގައި ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

Hadhan ulhey goas Qabool nukoh, dhogu vahaka thah fethurumuge maana eh ney, Faqeerun ge List aki Ministry in hadhaa ehcheh noon! Aprove kuraa kan ekani, Ee Council thakun ekulavaalaafa fonuvaa ehcheh!Ramdhaan Mahu Allah ah biruvethivey Ilyaas! Heyo nuvaane! @IVaadhuvee https://t.co/PtsuUHq10B
— Mohamed Shaheem Ali Saeed (@Mohamedshaheem1) May 19, 2020
މީހުން ހާލުގައި އުޅޭތާ ތިން ހަތަރު މަސްވީ އިރު ފަގީރުންގެ ލިސްޓް ހަދަން ކައުންސިލްތަކަށް އެންގުމަކީ އިސްލާމިކް މިނިސްޓްރީން ކުރަން ޖެހޭނެ ކަމެއް ކަމުގައި ކުރީގެ އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރ މަގާމު ފުރުއްވި ޝަހީމް ވަނީ ވިދާޅުވެފައެވެ.
ކޯވިޑް-19 ގެ ރޯގާ ބަލިމަޑުކަމާއި ގުޅިގެން ރާއްޖޭގެ ރައްޔިތުންގެ އާމްދަނީ މުޅިން ހުއްޓި ގިނަ ބަޔަކު ވަނީ ހާލުގައި ޖެހިފައެވެ. މިފަދަ ގިނަ ބަޔަކަށް ސަރުކާތުގެ ޚަރަދުގައި މިހާރުވެސް ކާންދީ ހަދަމުންދާއިރު މާ ކުރީގެ ހާލަތެއްގައި އޮތް އިރު ނަގާފައިވާ ލިސްޓަކަށް ޒަކާތް ބަހާތީ ގިނަ ބަޔަކު ވަނީ އެކަމާ ފާޑު ކިޔާފައެވެ. އަދި އެއީ މިއަދު ފިތުރު ޒަކާތް ހައްގުވާ އެތައް ބަޔަކު އެހައްގުން މަހުރޫމް ކުރުން ކަމުގައި ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު