ރައީސުލްްްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް
ރައީސުލްްްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް
ރައީސުލްޖުމްހޫރިއްޔާ ގެ މުސާރަ 65000 ރުފިޔާއަށް ކުޑަކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅަންޖެހޭ މުސާރަތައް ކޯވިޑް-19 އާ ގުޅިގެން ކުޑަކުރުމަށް 18 މާރޗް 2020 ގައި ނިންމަވާފައިވާ ނިންމުން އަލުން މުރާޖަޢާކުރުމުގެ މައްސަލަ، މާލިއްޔަތު ކޮމިޓީން ދިރާސާ ކޮށް ނިންމި ގޮތުގެ ރިޕޯޓު މަޖިލީހަށް ހުށައަޅައި އެގޮތަށް ފާސްކޮށްފައެވެ.

މީގެ ކުރިން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ގެ މުސާރައަކީ އެއް ލައްކަ ރުފިޔާއެވެ. އެހެން ނަމަވެސް މަޖިލީހުން މިއަދު ފާސްކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅަން ޖެހޭ ދަޢުލަތުގެ މުވައްޒަފުންގެ މުސާރަ ތަކުގެ ތެރެއިން އަސާސީ މުސާރައިގެ ގޮތުގައި 60001 ރުފިޔާ އަށްވުރެ މަތިން މުސާރަ ލިބޭ ފަރާތް ތަކުގެ މުސާރައިން 35 އިންސައްތަ އުނި ކުރުމަށެވެ. އެހެން ކަމުން ރައީސްލްޖުމްހޫރިއްޔާގެ މުސާރައިން މިވަނީ 35000 ރުފިޔާ ކުޑަވެފައެވެ.

ކޯވިޑް-19އާ ގުޅިގެން ދައުލަތުގެ ބަޖެޓުން މުވައްޒަފުންނަށް ހިނގާ ޚަރަދު ކުޑަކުރުމުގެ ގޮތުން، ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފައިވަނީ، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅަންޖެހޭ މުސާރައާއި ޢިނާޔާތްތަކުގެ ތެރެއިން އަސާސީ މުސާރައިގެ ގޮތުގައި 60001 ރުފިޔާ އަށްވުރެ މަތި ލިބޭ ފަރާތްތަކުގެ މުސާރައިން 35 އިންސައްތަ އުނި ކުރުމަށާއި އަސާސީ މުސާރައިގެ ގޮތުގައި 30001 ރުފިޔާއި 60000 ރުފިޔާ އާއި ދެމެދު ގެ އަދަދަކަށް މުސާރަ ލިބޭ މީހުންގެ މުސާރައިން 30 އިންސައްތަ އުނިކުރުމަށާއި އަސާސީ މުސާރައިގެ ގޮތުގައި 20001 ރުފިޔާ އާއި 30000 ރުފިޔާ ދެމެދު އަދަދަކަށް މުސާރަ ލިބޭ މީހުންގެ މުސާރައިން 20 އިންސައްތަ އުނި ކުރުމަށެވެ.

މަޖިލީހުން މިގޮތަށް ފާސް ކުރުމާއިއެކު ރައިސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރަވެސް ވަނީ ކުޑަވެފައެވެ. އެގޮތުން ރައިސުލްޖުމްހޫރިއްޔާގެ ނައިބުގެ މުސާރަ 75,000 ރުފިޔާއިން 48,750 ރުފިޔާއަށް ވަނީ ކުޑަކޮށްފައެވެ.

ވަޒީރުންގެ މުސާރަވެސް މިބަދަލާއިއެކު ކުޑަވެގެން ދާނެއެވެ. އެގޮތުން ވަޒީރުންގެ މުސާރަ 45000 ރުފިޔާއިން 29750 ރުފިޔާ އަށް ވަނީ ކުޑަކޮށްފައެވެ. މީގެ އިތުރުން މިބަދަލާއިއެކު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ނައިބްރައީސް އަދި މެންބަރުންގެ މުސާރަވެސް ކުޑަވެގެން ދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު


12

ހަސަންބެ

21-May-2020

މަޖިލީހުގެ މުސާރަ ކުޑަކޮށްގެން ދައުލަތަށް 92 މިލިޔަން ސޭވު އެބަކުރެވޭ.. އެކަމަކު އެލެކްސް ދެކޮޅުހަދަނީ.. ދެންކޮބައިތޯ އަމިއްލަ އެދުމެއް ނުވެފައި.. ރައީސް އާއި ޖައްސާލައިގެން އެމަނިކުފާނުގެ މުސާރަ މިކުޑަކުރީ.. ދިވެހީން ލޯނުނަގައިގެން 92 މިލިޔަަން ޚަރަދު މިކުރަނީ ކޮސް ގޮވާ ބަޔަކަށް.


3

ރައިޔަތު އަހުމަދު

21-May-2020

ހުސް ދޮގު ހަދާ ބަޔެއް.. ދައުލަތުގެ ނަމުގައި ލޯނުނަގައިގެން ދައުލަތުގެ ބަޖެޓުން މަހަކު ކުރާ ޚަރަދު އަންދާސާކޮށްލީމަވެސް މިދަނީ ފިއްކަޑައިގެން.. މަހެއްގެ މުސާރަ 80 ހާހުގެރޭޓްުން = 6,640,000 ހަ މިލިޔަން ހަސަތޭކަސާޅީސް ހާސް މަހެއްގެ ކޮމިޓީ އެލަވަންސް 20 ހާހުގެރޭޓްުން = 1,660,000 އެއް މިލިޔަން ހަސަތޭކަ ފަސްދޮޅަސް ހާސް މަހެއްގެ ކެއުމުގެ ޚަރަދު ދުވާލަކު 750 ބޮލަކަށް = 1,867,500 އެއް މިލިޔަން އަށްސަތޭކަ ފަސްދޮޅަސް ހަތްހާސް ފައްސަތޭކާ ޖުމުލަ ބޭކާރު ޚަރަދު : 122,010,000 ސަތޭކަ ބާވީސް މިލިޔަން އަހަރަކު އެބަހިނގާ.. 30,000 އަށް މުސާރަ ކުޑަކޮށް ކޮއްތު ކަނޑާލުމުން 92 މިލިޔަން ދައުލަތަށް ސޭވުކުރެވޭ..



ޓްރެންޑިން