ކޯވިޑް-19 އާ ގުޅޭ ޚަރަދުތައް އޮޑިޓް ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ކޯވިޑް-19 އާ ގުޅިގެން ދައުލަތުން ހަރަދުކުރާ ގޮތުގެ ފައިނޭންޝަލް އޮޑިޓެއް ކޮންމެ ކުއާާޓަރެއްގައި ކުރަން ހުށަހަޅުއްވާފައި ވަނީ މި މަހުގެ 15 ވަނަ ދުވަހު ރައްޔިތުންގެ މިޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އެވެ. އީވާ މި އިސްލާހު ހުށަހެޅުއްވީ ކޯވިޑް-19 ގެ ސަބަބުން ވިޔަފާރިތަކާއި އާންމު ފަރުދުންގެ މާލީ ހާލަތު ދަށްވާތީ ސަރުކާރުން ފަށާ ޕްރޮގްރާމްތަކަށް މަޖިލީހުން ލަފާ ދިނުމުގެ މައްސަލާގައި މާލިއްޔަތު ކޮމިޓީން އެކުލަވާލި ރިޕޯޓަށެވެ.
އިވާ ހުށަހެޅުއްވި އިސްލާހު ކޮމިޓީ ރިޕޯޓުގައި ހިމެނުމަށް މަޖިލީހުން ފާސްކުރީ 60 މެންބަރުންގެ ވޯޓުންނެވެ. އިސްލާހު ފާސްކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ. ނަމަވެސް ވަކި ގޮތަކަށް ވޯޓު ދެއްވަން ބޭނުން ނުވާކަމަށް އެއް މެންބަރަކު ވޯޓު ދެއްވިއެވެ.
އިވާ ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ ހާދިސާއެއް ހިނގާ ދުވަސްވަރެއްގައި ހާއްސަ އަހައްމިޔަތެއް ދީގެން ވަގުތުން އޮޑިޓް ކުރުމަކީ ބައިނަލް އަގުވާމީ އޮޑިޓް ނިޒާމުގައި ބާރު އަޅާ ކަމެއް ކަމަށެވެ. ދައުލަތުގެ އާމްދަނީ އާއި ހިލޭ އެހީ އަދި މިލްކިއްޔާތާއި ދަރަނި އޮޑިޓް ކުރުމަކީ ގާނޫނު އަސާސީ އާއި އޮޑިޓް ގާނޫނުން އޮޑިޓާ ޖެނެރަލަށް ލާޒިމް ކުރާ ކަމެއް ކަމަށް ވެސް އީވާގެ ހުށަހެޅުމުގައިވެ އެވެ.
އެހެންވެ ކޯވިޑް-19 އާ ގުޅިގެން ދައުލަތުގެ އެންމެހާ މުއައްސަސާތަކުން ކޮންމެ ކުއާޓަރެއްގައި ކުރާ ހަރަދުތަކާއި ހިލޭ އެހީ އާއި ދަރަނީގެ މާލީ ރިޕޯޓްތަކުގެ ފައިނޭންޝަލް އޮޑިޓްކޮށް ކޮންމެ ކުއާޓަރެއް ނިމޭތާ އެއްމަސް ދުވަހުގެ ތެރޭގައި ނިންމަން އޮޑިޓާ ޖެނެރަލަށް އަންގަން އީވާ ހުށަހަޅުއްވާފައިވެއެވެ.
ހަމައެއާއެކު މާލިއްޔަތު ކޮމިޓީގެ ރިޕޯޓު ވެސް މިއަދުގެ ޖަލްސާގައި 63 މެންބަރުންގެ ވޯޓާއެކު ވަނީ ފާސްކޮށްފައެވެ. އެ ރިޕޯޓު ފާސްކުރުމާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ.

ކިޔުންތެރިންގެ ހިޔާލު