ފިރިމީހާ ޖިމާޢުވާން އެދިއްޖެ ޙާލަތުގައި އެކަމަށް އިންކާރު ކުރުމަކީ އަނބިމީހާ އަށް ހުއްދަވެގެންވާ ކަމެއް ނޫނެވެ. އަދިކިއެއްތަ, އެކަމަނާގެ ބަލި ޙާލަތެއް ނެތްނަމަ, ނުވަތަ އަދާކުރަން ޖެހޭ ވަޖިބަކަށް ހުރަސް ނޭޅޭނަމަ, ފިރމީހާގެ އެދުމަށް އިޖާބަ ދިނުމަކީ ވާޖިބު ކަމެކެވެ.
އިމާމް ބުޚާރީ އާއި މުސްލިމް ރަޙިމަހުމަالله އަބޫހުރައިރާ ރަޟިޔަالله ޢަންހުގެ ކިބައިން ރިވާކުރައްވާފައިވާ ޙަދީޘެއްގައި ވެއެވެ. ރަސޫލުالله ﷺ ޙަދީޘް ކުރައްވާފައި ވެއެވެ. (إِذَا دَعَا الرَّجُلُ امْرَأَتَهُ إلى فِرَاشِهِ فأبَتْ فَبَاتَ غَضْبَانَ عَلَيْهَا لَعَنَتْهَا المَلَائِكَةُ حتَّى تُصْبِحَ ) މާނައަކީ: “ފިރމީހާ އޭނާގެ އަނބިމީހާ އަށް ތަންމައްޗަށް ގޮވާލާހިނދު އެކަމަށް އިންކާރުކޮށްފި އަންހެނާއަށް ލަޢްނަތްލެއްވުން އެދި ހެނދުނުވަންދެން މަލާއިކަތް ބޭކަލުން ދުޢާ ކުރައްވަތެވެ.”
ޢުޛުރެއްނެތި އެކަމުން މަނާވެގެންފިނަމަ އެކަމަނާވާނީ ނުކިޔަމަންތެރި އަންބަކަށެވެ. މިކަމުގެ ސަބަބުން އެކަމަނާގެ ޙައްގުގައި ފިރިމީހާގެ މައްޗަށް ޙައްގުވެގެންވާ ނަފަގާ ނުވަތަ ޚަރަދު ކުރުމުގެ ޙައްގު ގެއްލިގެންދާނެއެވެ.
ފިރިމީހާގެ މައްޗަށް ވާޖިބު ވެގެންވަނީ އެކަމަނާ އަށް ނަޞޭޙަތް ދިނުމެވެ. އަދި اللهގެ ޢުގޫބާތުގެ ބިރުވެރިކަމުގެ ވާހަކަ ކިޔައިދިނުމެވެ. އަދި ތަންމަތިން އެކަމަނާ ވަކި ކުރުމެވެ. އަދި އަނިޔާ ނުވާ ގޮތަށް ޖެހިވެސްދާނެއެވެ. ސޫރަތުއް ނިސާގެ 34 ވަނަ އާޔަތުގައި މާތް الله ވަޙީ ކުރައްވާފައިވެއެވެ. (وَاللاتِي تَخَافُونَ نُشُوزَهُنَّ فَعِظُوهُنَّ وَاهْجُرُوهُنَّ فِي الْمَضَاجِعِ وَاضْرِبُوهُنَّ فَإِنْ أَطَعْنَكُمْ فَلا تَبْغُوا عَلَيْهِنَّ سَبِيلًا إِنَّ اللَّهَ كَانَ عَلِيًّا كَبِيرًا) މާނައަކީ: “އެކަނބަލުން ނުކިޔަމަންތެރިވެދާނެކަމަށް ތިޔަބައިމީހުން ބިރުގަންނަނަނަމަ, ފަހެ އެކަނބަލުންނަށް ނަޞޭޙަތްދޭށެވެ. އަދި އެކަނބަލުން ތަންމަތިން ވަކިކޮށްލާށެވެ. އަދި އެކަނބަލުންގެ ގައިގާ އަނިޔާނުވާނެ ގޮތަށް ޖަހާށެވެ. ފަހެ ތިޔަބައިމީހުންނަށް އެކަނބަލުން ކިޔަމަންވެއްޖެނަމަ, އެކަނބަލުންގެ މައްޗަށް އަނިޔާވެރި މަގަކަށް ނޭދޭށެވެ. ހަމަކަށަވަރުން, اللهއީ އެންމެ މަތިވެރި އެންމެ ބޮޑު އިލާހެވެ.”
އަނބިމީހާ އެއްދާން ކުރަން ދެކޮޅު ހަދައިފި ޙާލަތުގައި ކަންތައް ކުރާނެ ގޮތަކީ ކޮބައިތޯ ޝައިޚުލް އިސްލާމް އިބްނުތައިމިއްޔާ ރަޙިމަހުالله އާއި ސުވާލު ކުރެވުނު ހިނދު ޖަވާބުގައި ވިދާޅުވިއެވެ. “ނުކިޔަމަންތެރިވުމަކީ އަނބިމީހާ އަށް ހުއްދަވެގެންވާ ކަމެއް ނޫނެވެ. އަދި ފިރިމީހާ އާއި އެކު އެއްދާންކުރުން މަނާވެގަތުމަކީވެސް އަނބިމީހާ އަށް ލިބިގެންވާ ޙައްގެއް ނޫނެވެ. އަދިކިއެއްތަ, އެކަމަށް މަނާވެގަނެ, އެގޮތުގައި ދެމިހުރެއްޖެނަމަ އަނިޔާ ނުވާނެ ގޮތަކަށް އެކަމަނާގައިގާ ޖެހުން ފިރިމީހާ އަށް ހުއްދަވެގެންވެއެވެ. އަދި އެފަދަ އަންހެނަކަށް ޚަރަދު ކުރުމެއް އަދި އެހެން އަނބިން ތިބިނަމަ ރޭތައް ބެހުމުގައި ހަމަހަމަ ކުރުމެއްވެސް ނެތެވެ.” (މަޖްމޫޢުލް ފަތާވާ 32/279)
ނުކިޔަމަންތެރި އަންބަކު ހުރި ފިރިހެނަކު އޭނާގެ އަނބިމީހާ އަށް ޚަރަދު ކުރުން ހުއްޓާލެވިދާނެތޯ އަދި އެކަމަނާ އާއި މެދު ކަންތައް ކުރަންވީ ކޮންގޮތަކަށްތޯ ޝައިޚުލް އިސްލާމް އިބްނުތައިމިއްޔާ ރަޙިމަހުالله އާއި ސުވާލު ކުރެވުނު ހިނދު ޖަވާބުގައި ވިދާޅުވިއެވެ. “ފިރމީހާ އަށް ނުކިޔަމަންތެރިވުމުގައި ދެމިހުރެއްޖެހާ ހިނދަކު އެކަމަނާގެ ނަފަގާ (ޚަރަދު) ވެއްޓިގެންދާނެއެވެ. ނުވަތަ ޚަރަދު ދޭކަށް ނުޖެހޭނެއެވެ. އަދި އެގޮތުގައި ދެމިހުރެއްޖެނަމަ އަނިޔާ ނުވާ ގޮތަށް ޖެހުމުގެ ޙައްގު ފިރިމީހާ އަށް ލިބިގެންވެއެވެ. ފިރިމީހާ އެދިއްޖެ ޙާލަތުގައި މަނާވެގަތުމަކީ އެކަމަނާ އަށް ހުއްދަވެގެންވާ ކަމެއް ނޫނެވެ. އަދިކިއެއްތަ, މިޙާލަތުގައި އެކަމަނާ އަކީ الله އަށާއި ރަސޫލާ ﷺ އަށް ނުކިޔަމަންތެރިވެފައިވާ އަންހެނެކެވެ. އިމާމް މުސްލިމް ރަޙިމަހުالله އަބޫހުރައިރާ ރަޟިޔަالله ޢަންހުގެ ކިބައިން ރިވާކުރެއްވި ޙަދީޘެއްގައި ވެއެވެ. (ما مِن رَجُلٍ يَدْعُو امْرَأَتَهُ إلى فِرَاشِهَا، فَتَأْبَى عليه، إِلَّا كانَ الذي في السَّمَاءِ سَاخِطًا عَلَيْهَا حتَّى يَرْضَى عَنْهَا) މާނައަކީ: "ފިރިޔަކު އޭނާގެ އަނބިމީހާ އަށް ތަންމައްޗަށް ގޮވާލާ ހިނދު އެކަމަށް މަނާވެގެންފިނަމަ, ފިރިމީހާ އެކަމަނާދެކެ ރުހިއްޖެއުމަށް ދާންދެން އުޑުގައި ތިއްބަވާ ބޭކަލުން އެކަމަނާދެކެ ކޯފާވެގެންވެއެވެ." (މަޖްމޫޢުލް ފަތާވާ 32/278.)
އެހެންކަމުން ފުރަތަމަ ކުރަން ޖެހޭ ކަމަކީ އަނބިމީހަ އަށް ނަޞޭޙަތްތެރިވުމެވެ. އަދި ނުކިޔަމަންތެރިވެއްޖެނަމަ اللهގެ ކޯފާ އާއި މަލާއިކަތް ބޭކަލުންގެ ލަޢްނަތްލެއްވުމާއި އެބޭކަލުންގެ ނުރުހުން އެކަމަނާ އަށް ލިބިގެންވާ ކަމުގެ ވާހަކަތައް ހަނދާންކޮށްދިނުމެވެ. އެގޮތުންވެސް އެކަމަނާ އިޖާބަ ނުދީފިނަމަ ތަންމަތިން ވަކިކުރާނީއެވެ. އެގޮތުންވެސް އިޖާބަ ނުދީފިނަމަ އަނިޔާ ނުވާގޮތަށް ޖަހާނީއެވެ. އެގޮތުންވެސް ކިޔަމަންތެރި ނުވެއްޖެނަމަ ޚަރަދު ކުރުން ހުއްޓާލާނީއެވެ. ދެންވެސް ރަގަޅު ނުވެއްޖެނަމަ ވަރި ކުރާނީއެވެ. ނުވަތަ ޚުލްޢުވަރިއަކުން ވަރިވުމަށް އަނބިމީހާ އަށް އިޚްތިޔާރު ދެވިދާނެއެވެ. والله أعلم.
ނޯޓް: މިލިޔުމަކީ. މިލިންކު ގައިވާ ލިއުން އަޞްލެއް ކަމުގައި ބަލައިގެން ކުދިކުދި ބަދަލުތަކާއި އެކު ލިޔެފައިވާ ލިޔުމެކެވެ. وبالله التوفيق والسداد.

ކިޔުންތެރިންގެ ހިޔާލު