ފްރަންޓް ލައިންގައި މަސައްކަޔް ކުރާ ސިއްހީ ޚިދުމަތްތެރިން ބިދޭސީން ތަކަކަށް ސިއްހީ ޚިދުމަތް ފޯރުުކޮށްދެނީ
ފްރަންޓް ލައިންގައި މަސައްކަޔް ކުރާ ސިއްހީ ޚިދުމަތްތެރިން ބިދޭސީން ތަކަކަށް ސިއްހީ ޚިދުމަތް ފޯރުުކޮށްދެނީ
ސިވިލް ސަރވިސް ކޮމިޝަނުން އުޅެނީ ސިއްޙީ ޚިދުމަތްތެރިންނާ ސަރުކާރާ ޖައްސަން ކަމަށާއި، ގޭގައި ލޮކްޑައުންވެގެން ތިބި ސިވިލްސާވަންޓުންނާއި ކޯވިޑް-19އާ ހަނގުރާމަ ކުރަމުންދާ ސިއްހީ ހިދުމަތްތެރިންނާ އެއްހަމަ ނުކުރެވޭނެ ކަމަށް ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް ވިދާޅުވެއްޖެއެވެ.

އޭނާ ވިދާޅުވީ ދައުލަތުގެ މުވައްޒަފުންގެ މުސާރައާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީން ނެރުނު އުސޫލާ އެކު، ސިވިލް ސާވިސް ކޮމިޝަނުން (ސީއެސްސީ)އިން ނެރުނު ސާކިއުލާއެއްގައި ސިއްހީ ހިދުމަތްތެރިންނާއި ގޭގައި ތިބި މުވައްޒަފުން އެއްހަމަކޮށްފައިވާ ކަމަށެވެ. ސީއެސްސީގެ އެ ނިންމުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިސާމް ވިދާޅުވިއެވެ.

"ސިވިލްސާވިސް ކޮމިޝަންގެ މެމްބަރުންގެ އަމަލުތައް ހުންނަނީ ސަރުކާރުގެ އުސޫލުތަކާއި ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ނުކުރެވޭ ގޮތަކަށް ކަމަށް ބުނެފައިވާއިރު، އަޅުގަނޑުމެންގެ ޒިންމާއެއް މި ވަގުތު އެ ބޭފުޅުން އެތަނުން ބޭރުކުރުމަކީ. މިވަގުތު އަޅުގަނޑުމެންގެ ވިސްނުމަކަށް ވާންވީ ސިވިލްސާވިސް ކޮމިޝަނުގަ ތިބި މެމްބަރުން މިހާރުން މިހާރަށް ވަކިކުރަން." ވިސާމް ވިދާޅުވިއެވެ.

ވިސާމް ވިދާޅުވީ މި ހާލަތުގައި މުސާރަ އާއި އެ ނޫން ވެސް ގޮތްގޮތުން ސިއްހީ ހިދުމަތްތެރިންނާއި ގޭގައި ތިބި މުވައްޒަފުންނާ ތަފާތު ވާންޖެހޭނެ ކަމަށެވެ.

"ހަގީގަތުގައި ފްރަންޓްލައިނުގައި މަސައްކަތް ކުރާ ސިއްހީ ހިދުމަތްތެރިންގެ ގޮތުގައި މަސައްކަތް ކުރާ ސިވިލްސާވިސް މުވައްޒަފުންނާއި މިވަގުތު ލޮކްޑައުންގައި ގޭގައި ތިބި މުވައްޒަފުންނާ ތަފާތުވާންޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ. މުސާރަ އާއި އެ ނޫން ވެސް ގޮތްގޮތުން." އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު ވިދާޅުވިއެވެ.

ސިއްހީ ހިދުމަތްތެރިންގެ ތެރެއިން 19 ގިންތިއަކަށް ނިސްބަތްވާ ހިދުމަތްތެރިންގެ އޮނިގަނޑު ހެދިފައި ނުވާ ކަމަށް ފާހަގަ ކުރައްވައި ވިސާމް ވިދާޅުވީ އެކަން ނުކުރެވި ވަނީ ސީއެސްސީގެ މެމްބަރުން ފެއިލްވެފައި ތިބިމުން ކަމަށެވެ. އަދި ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކާ ދިމާ އިދިކޮޅަށް މަސައްކަތް ކުރާ މެމްބަރުން ސީއެސްސީގައި ތިބި ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން