ރައްޔިތުންގެ މަޖިލީހުން އަމާންދީ، އެންމެފަހުން ސަރުކާރުން އެދުނުގޮތަށް ޤާނޫނުއަސާސީ އިސްލާޙު ކުރުމުގެ މަސައްކަތް ފެށުމަށް ނިންމައިފިއެވެ.
ކައުންސިލްތަކުގެ ދައުރު އިތުރު ކުރުމަށް ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމުގެ ބިލުގެ މަސައްކަތް އެޖެންޑާއިން ނަގާ ގިނަ ދުވަސްތަކެއް ވަންދެން ޕާކު ކޮށްފައި އޮތުމަށްފަހު، އެ ބިލްގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ފިތުރު އީދު ބަންދުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ބާއްވަން މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވަނީ ނިންމަވާފައެވެ.
ގާނޫނުއަސާސީ އަށް ސަރުކާރުގެފަރާތުން ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލެއް) ހުށަހަޅުއްވާފައިވާ އެ އިސްލާހަކީ މިހާރު އިންތިހާބު ކޮށްފައިވާ ކައުންސިލަރުންގެ ދައުރު އަންނަ މަހުގެ ތިން ވަނަ ދުުވަހުގެ ނިޔަލަށް ހަމަވާއިރު، އެކަމަށް ހައްލެއް ހޯދައިދީ މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދަންމާލުމަށް ހުށަހަޅާފައިވާ އިސްލާހެކެވެ.
ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެ ބިލްގެ މަސައްކަތް ނިންމުމަށް އަންނަ ހަފްތާގެ 26، 27 އަދި 28 ގައި ޖަލްސާތައް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ އެކަމަކީ (ގާނޫނުއަސާސީ އިސްލާހު ކުރުމަކީ) އެމަނިކުފާނު އެދިވަޑައިގަންނަވާ ގޮތް ނޫން ކަމަށެވެ. ނަމަވެސް 28 ވަނަ ދުވަހާއި ހަމައަށް އެކަމުގައި މަޖިލީހުން ކޮންމެވެސް ގޮތެއް ނިންމަވާނެ ކަމަށާއި އެގޮތް ނިންމަވާނީ ރައްޔިތުން މަޖިލީހުގެ މެންބަރުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
"ގާނޫނު އަސާސީ އިސްލާހުވުންތޯ ނުވުންތޯ އިސްލާހު ކޮން ގޮތަަކަށްވުންތޯ، އެ އެއް ނިންމަވާނީ އިއްޒަތްތެރި މެންބަރުން. އަޅުގަނޑު މަސައްކަތް ކުރާނަން މީގެ ނިންމުމަކަށް ގެންދިއުމަށް." ރައީސް ނަޝީދު ވިދާޅުވިއެވެ.
ކަލަންޑަރުގައިވާ ގޮތުގައި ޝައްވާލު މަހުގެ އެއްވަނަ ދުވަހަކީ މިމަހުގެ 24ވަނަ ދުވަހެވެ. ނަމަވެސް ޝައްވާލު މަހުގެ އެއްވަނަ ދުވަހަކީ އެދުވަސްކަން ޔަގީން ކުރުމަށް ހުކުރު ދުވަހު ޝައްވާލު މަހުގެ ހަނދު ސާބިތު ކުރުމަށް ޖަލްސާ ބާއްވާނެއެވެ.
މިދިޔަ މަހުގެ ފަސް ވަނަ ދުވަހު ވެސް ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމުގެ ބިލް މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކުރިއެވެ. ނަމަވެސް ފަހުން ވަނީ އެ ބިލް އެޖެންޑާ އިން ނަގައިފައެވެ. ބިލު ނެގުމަށްފަހު ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވަނީ ކައުންސިލަރުންގެ ދައުރު ދަންމާލުމަށް ވަކިން ބިލެއް ހުށަހަޅުއްވާފައެވެ.
އެބިލު މަޖިލީހަށް ހުށަހެޅުއްވުމުން ގިނަ މެންބަރުން ވަނީ ގާނޫނުއަސާސީ އިސްލާހު ނުކޮށް ކައުންސިލަރުންގެ ދައުރު ދަންމާ ނުލެވޭނެ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. ނަމަވެސް އެ ބިލު މަޖިލީހަށް ބަލައިގަތެވެ. އަދި އެއަށްފަހު ބިލު ދިރާސާ ކުރާ ލާމަރުކަޒީ ކޮމެޓީން ވަނީ ބަންޑާރަ ނާއިބު އިބްރާހީމް ރިފްއަތު އަދި މަޖިލީހުގެ ކައުންސެލާ ޖެނެރަލްގެ ލަފާ ވެސް ހޯއްދަވާފައެވެ. އެ ދެ ބޭފުޅުން ވެސް ވަނީ ގާނޫނުއަސާސީ އިސްލާހު ނުކޮށް މަޖިލީހުން ފާސްކުރާ އާއްމު ބިލަކުން ކައުންސިލަރުންގެ ދައުރު ދަންމާ ނުލެވޭނެ ކަމަށް ލަފާދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު