22 ވަނަ ބައި
................
ގާޑު ތިރްލޯކްގެ އަތުގައި މުގުރުން ތަޅައިގަތެވެ. ހަމަ އެވަގުތު އެތަނަށް ވަދެގެން އައި ސަބް އިނިސްޕެކްޓަރަކު ތިރްލޯކްގެ ބޮލުގައި ދަނޑިބުރިން ޖަހައިފިއެވެ. އެއާއެކު ތިރްލޯކް ތެޅިގެންފައި ރޫޕާގެ ކަރުން ދޫކޮށްލައިފިއެވެ. އަދި ބާރަށް ބޮލުގައި ހިފަހައްޓައިފިއެވެ. އޭނާގެ މޫނު މައްޗަށް އަނދިރިވެއްޖެއެވެ. ބޮލުން ހޯސްލާފައި ލޭފައިބައިގަތެވެ.
އަނެއްކޮޅު ރޫޕާ ހޭނެތިގެން ގާޑުންގެ އަތް މައްޗަށް ދެމިއްޖެއެވެ. އެތެރޭގައި ތިބި ގާޑުން ތިރްލޯކް ކޮށްޕަމުން ގަޅުވަމުން ތަޅަމުން އެތެރެއަށް ގެންގޮސްފިއެވެ. މިކަންތައްގަނޑުގެ ޚަބަރު ޖަލުގެ ސްޕްރިންޓެންޑެންޓާ ހަމައަށް ދިއުމުން އޭނާ ދުވެފައި އަތުވެއްޖެއެވެ. އަދި ރޫޕާ އޭނާގެ ގެއަށް ގެންގޮސްފިއެވެ. އަދި ގެއަށް ދިއުމާއެކު ކިޝޯރަށް ފޯންކޮށްފިއެވެ.
+ + + + +
ކިޝޯރު އޮފީހަށް ދިޔުމާއެކު ރޫޕާގެ މޭޒު ހުހަށް ހުއްޓާ ފެނުމުން ކުޑަކޮށް ސިހުނެވެ. ދެން އޭނާ އެތެރެއަށް ވަންނަމުން ޕިޔޯނަކާ ސުވާލުކުރިއެވެ.
"ރޫޕާ މޭމް ސާހަބް ނުދުރެވޭ ހެއްޔެވެ؟"
"ދުރުވިއެވެ. އެކަމަކު ސިޓީއެއް ދެއްވާފައި ބޭރަށް ދުރުވެއްޖެއެވެ."
ކިޝޯރުގެ ސިކުނޑިއަށް ތަދުވެގެން ދިޔައެވެ. އޭނާ މޭޒުމަތީގައި އޮތް ސިޓީ ކަނޑާލިއެވެ. އެއީ ރޫޕާގެ އިސްތިޢުފާއެވެ. އަދި އެހެން ލިޔުންކޮޅެއްވެސް އޮތެވެ. އޭގައި ލިޔެފައިވެއެވެ. "އަޅުގަނޑު ހޯދަން މަސައްކަތް ނުކުރައްވާށެވެ. މިއީ ތިބާގެ ކިބައިން އަޅުގަނޑު އެދޭ އެންމެބޮޑު އެދުމެވެ."
އެނޯޓް ވީދާލާފައި އެއްލާލުމަށް އޭނާގެ ހިތަށްއެރިއެވެ. އެހެން ނަމަވެސް އޭނާ ފަތްޖަހާލާފައި ޖީބަށް ލައިފިއެވެ. އަދި ރޫޕާގެ އިސްތިޢުފާވެސް ޖީބަށްލައިފިއެވެ. މެންދުރު ވަންދެން އޭނާ ވަރަށް މަޑުމައިތިރި ކަމާއެކު މަސައްކަތުގައި މަޝްޣޫލުވެގެން އުޅުނެވެ. އެހެން ނަމަވެސް އޭނާގެ ސިކުނޑީގައި ރުޅިވެރިކަމުގެ ގަދަފަދަ ރާޅެއް އުފެދިގަތީ ކީއްވެގެން ކަމެއް ނޭނގެއެވެ. އޭނާގެ ކުރިމަތީގައި ތިރްލޯކްގެ މޫނު އެނބުރެމުން ދާކަހަލައެވެ. ހަމަ މިހާރު މިވަގުތުގޮސް ތިރްލޯކްގެ ގަޔަށް ބަޑިޖަހާ މަރާލަން އޭނާގެ ހިތަށް އެރިއެވެ.
ކިޝޯރު މެންދުރު ވުމާއެކު އޮފީހުން ނުކުމެއްޖެއެވެ. އޭނާ ކާރަށް އަރާފައި އެންމެ ފުރަތަމަ ދިޔައީ ޖުހޫ ބީޗްގައި ހުރި އޭނާގެ ކޮޓެޖަށެވެ. އެތަނަށް ދިޔައިރު ކޮޓެޖްހުރީ ތަޅުލާފައެވެ. ދެން ދިޔައީ މުންނީގެ ސްކޫލަށެވެ. އެތަނުން އެނގުނީ މުންނީ މަދްރަސާއިން ކަނޑާލައިގެން ރޫޕާ ގެންގޮސްފި ކަމެވެ. ދެން ކިޝޯރު، ހަމަ އެތަނުން ސްޓޭޓް އެޖެންޓް ބަންޑާރީއާއި ގުޅާފައި ސުވާލުކުރިއެވެ.
"ރޫޕާ، އެއްވެސް ގެއެއް ކުއްޔަށް ހިފިތޯއެވެ؟"
"ނޫނެކެވެ. މިއަދު ހެނދުނު ބައްދަލުކުރާނެ ވާހަކަ އޭނާ ބުންޏެވެ. ފަސްހާސް ރުފިޔާ ގެނެސްދޭނެ ވާހަކަވެސް ބުންޏެވެ. އެކަމަކު އަދި ޚަބަރެއް ނުވެއެވެ"
ކިޝޯރު އިތުރު ޖަވާބެއް ދިނުމަކާނުލައި ރިސީވަރ ބާއްވައިފިއެވެ. ޕްރިންސިޕަލް އެއްޗެކޭ ބުނަން އުޅުނެވެ. އެހެންނަމަވެސް އޭނާ އެއްވެސް ޖަވާބެއްނުދީ އެތަނުންވެސް ނުކުމެއްޖެއެވެ. މިހާރު އޭނާގެ ކާރު އަޑުގޮއްވަމުން ޖަލާ ދިމާއަށް އޮވެދިޔައެވެ. އޭނާ އިނީ ރުޅިއައިސް ރަތްވެފައެވެ.
+ + + + +
ބޯ ވާރެއާއެކު ކުއްލިއަކަށް ވައިވެސް ގަދަވެއްޖެއެވެ. ރޫޕާ މުންނީ ތެމުނަ ނުދޭންމަސައްކަތް ކުރަމުން ގެންދިޔައެވެ. އޭނާ ހުރީ ކުޑަ ފިހާރަގަނޑެއްގެ ފެންޑާގައެވެ. މުޅި މީހާ ތުރުތުރު އަޅައެވެ. ސާޅީ ތެމި ފޯވެފައިވެއެވެ. މުންނީވެސް ހީކަރުވައިގެންގޮސް ތުރުތުރު އަޅައެވެ. އަދި ރޮމުން ބުނަމުން ގެންދިޔައެވެ.
"މަންމާއެވެ....... ގެއަށް ހިންގަވާށެވެ. ގެއަށް ނުދުރުވާން ތިޔަ އުޅުއްވަނީ ކީއްވެގެންތޯއެވެ؟"
"ދަރިފުޅާއެވެ........" ރޫޕާ ރޫރޫއަޅާ އަޑަކުން ބުންޏެވެ........ "މަންމަގެ ގެއެއް ނެތެއެވެ."
"މަންމާއެވެ........ ބައްޕަގެ ގެއަކީ އަޅުގަނޑުމެންގެ ގެއެއް ނޫންތޯއެވެ........؟"
"އެއީ ދަރިފުޅުގެ ބައްޕައެއް ނޫނެވެ."
"އެހެންވީއިރު އަޅުގަނޑުގެ ބައްޕަ ކޮބައިތޯއެވެ."
"ދަރިފުޅުގެ ބައްޕަ ދުރުވީ ވަރަށް ދުރު ރަށަކަށެވެ."
"ނޫނެކެވެ. މަންމާއެވެ. ތިޔަ ބުނުންވީ ދޮގެކެވެ. އެއީ ބައްޕަ ކަމުގައި ނުވައްޏާ އަޅުގަނޑުގެ ބައްޕައަކަށްވާނީ މީހަކު މަރާލާފައި ވައްކަން ކޮށްގެން ޖަލަށް ދިޔަމީހާއެވެ."
"ނޫނެކެވެ............... ދަރިފުޅާއެވެ.............."
"މަންމާއެވެ. އަޅުގަނޑު ވަރަށް ބޮޑަށް ހީކަރުވައެވެ."
"ދަރިފުޅާއެވެ........" ރޫޕާ މުންނީގެ ގައިގައި ބާރަށް ހިފައިގަތުމާއެކު ބޮނޑިކޮށްލިއެވެ. "ހިތްވަރު ކޮށްލާށެވެ. މިހާރު ވާރޭ ހުއްޓާލަން އުޅެނީއެވެ."
"އަޅުގަނު ބަނޑުހައިވެސް ވެއްޖެއެވެ......"
"ހަމަ މިހާރު ވާރޭ ހުޓާލުމާއެކު މަގޭ ދަރިފުޅަށް ކާންވެސް ދޭނަމެވެ."
"މަންމާއެވެ......... ހީ........... ހީކަރުވަނީއެވެ."
މުންނީގެ ހަށިގަނޑު ހީވަނީ ގަނޑުފެންގަނޑެއް ހެންނެވެ. ހަށިގަނޑު ރޫރޫ އަޅަމުން ދިޔައެވެ. އޭނާ ވަރަށް ބާރަށް ރޫޕާގެ ގައިގައި ހިފާ އޮޅުލައިގަތެވެ. ދެން ކުއްލިއަކަށް ހޭނެތިއްޖެއެވެ...... ރޫޕާ ކަންބޮޑުވެފައި ގޮވަން ފެށިއެވެ.
"މުންނީއެވެ. ދަރިފުޅާއެވެ.....!"
މުންނީ އަނގައަކުން ނުބުންޏެވެ. ރޫޕާ އަވަސް އަވަހަށް މުންނީ އަތްދަނޑި މައްޗަށް ނަގައިފިއެވެ. އަދި ހާސްވެފައި ތުންތަޅުވާލިއެވެ.
ކުއްލިއަކަށް ކާރެއްގެ އަލި ފެނިއްޖެއެވެ. ރޫޕާ އަވަސް އަވަހަށް ފިހާރައިގެ ތަޅުންގަނޑު މަތިން ފައިބައިފިއެވެ. އަދި ވާރެއާ ތެމެމުން އަތުގެ އިޝާރާތުން ކާރު ހުއްޓުވަން މަސައްކަތް ފަށައިފިއެވެ. ކާރު އައިސް މަޑުކޮށްލައިފިއެވެ. ރޫޕާ އަވަސް އަވަހަށް ކާރު ކައިރިއަށް ޖެހިލާފައި އާދޭހުގެ ރާގުގައި ބުންޏެވެ.
"ކަލާނގެއަށްޓަކައި އަވަހަށް ކޮންމެވެސް ހޮސްޕިޓަލަކާ ހިސާބަށް ގެންގޮސް ދެއްވަ ބައްލަވާށެވެ. އަޅުގަނޑުގެ ދަރިފުޅު ފިނިބޮޑުވެގެންގޮސް ވަރަށް ޙާލު ބޮޑުވެއްޖެއެވެ."
"ގެންގޮސް ދޭނަންކަން ގައިމެވެ....." ޑްރައިވަރ ސީޓްގައި އިންމީހާ ބުންޏެވެ. "ފަހަތުގައި އިށީންނާށެވެ......"
އެމީހާގެ ރާގުގައި އަޅައިގަތުމެއް ހުރި ކަމުގައި ރޫޕާއަށް އިޙްސާސް ކުރެވުނެވެ. އޭނާގެ އަނގައިން ވިސްކީގެ ވަސްގަނޑު އަރައަރާ ހުއްޓެވެ. އޭނާއަށް އެބީރައްޓެހި މީހާގެ ސިފައެއް ނޭނގުނެވެ. ނަމަވެސް އޭނާ ބިރުވެރިކަމުގެ ރަނގަބީލުގެ އަޑު އަހައިފިއެވެ. އެހެންކަމާއެކު...... އަވަސް އަވަހަށް ފަހަތަށް ޖެހިލަމުން ބުންޏެވެ.
"ދެން އެންމެ ރަނގަޅެވެ. ޝުކުރިއްޔާއެވެ. އަޅުގަނޑު ހިނގައިދާނަމެވެ."
"އަހަރެން ގެންގޮސް ދީފާނަމެވެ."
އެއަށްފަހު ކާރުގެ ކުރީ ދޮރުފަތް ހުޅުވުނު ތަން ރޫޕާއަށް ފެނިއްޖެއެވެ. އެއާއެކު އޭނާ މުންނީ ގޮވައިގެން ދުއްވައި ގެންފިއެވެ. މަގުމަތީގައި އޮތީ ފެންބޮޑުވެފައެވެ. އެވަގުތު ރޫޕާގެ ސާޅި ފައިގައި ތާށިވުމާއެކު އަނގަވަތަށް ވެއްޓިއްޖެއެވެ. އެއާއެކު ބާރަށް ހަޅޭއްވެސް ލަވައިގަނެވުނެވެ......... ރޫޕާ ވެއްޓުމާއެކު މުންނީ އޭނާގެ އަތުން ދޫވެގެންގޮސް މާދުރަށް ވިއްސައިގެން ހިނގައްޖެއެވެ. އަދި ރޫޕާގެ ބޯ ހިލަގަނޑެއްގައި ޖެހިއްޖެއެވެ. ކުއްލިއަކަށް އޭނާގެ މޫނު މައްޗަށް އަނދިރިވާން ފަށައިފިއެވެ. ކޮންމެވެސް ގަދަފަދަ އަތަކުން އޭނާގެ އަތުގެ މުލައްދަނޑީގައި ހިފިކަން އެނގުނެވެ. ދެންވީގޮތެއް ނޭނގުނެވެ.
+ + + + +
ރޫޕާގެ ލޯ ހުޅުވުނީ ކިހާއިރަކު އެގޮތަށް ހޭނެތިފާ އޮތުމަށް ފަހުގައި ކަމެއް ނޭނގެއެވެ. މަޑުމަޑުން އޭނާގެ ހިއްސުތައް މަސައްކަތްކުރަން ފަށައިފިއެވެ. އަދި މުންނީގެ މަތިން ހަނދާން ވުމާއެކު ހަޅޭލަވައި ގެންފައި ތެދުވެއްޖެއެވެ.
"މުންނީއެވެ.......!!"
ދެން އޭނާ ކަންބޮޑުވެފައި ބަލާލިއެވެ. އޭނާ އޮތީ އެނދެއްގައެވެ. ގައިގައި އޮތީ ތެމިފައިވާ ސާޅިއެއް ނޫނެވެ. މިޑީއެކެވެ. އަދި މަތިން ވަރަށް ބޯ ރަޖާގަނޑެއް އަޅާފައި އޮތެވެ. މިކޮޓަރިއަކީވެސް ވަރަށް ރީތި ބެޑްރޫމެކެވެ. އެހެން ނަމަވެސް މުންނީ ފެންނާކަށް ނެތެވެ.
ނިކަމެތި އަޅާއަށް ޖެހިފައި މިވަނީ ކޮންފަދަ ޙާލެއްތޯއެވެ؟ ރޫޕާ ހާސްކަމާއެކު ވިސްނާލިއެވެ..... އަނެއްކާ......... އަނެއްކާ އަހަރެންގެ ޢިއްފަތް...... ރޫޕާއަށް ހަނދާން ވެއްޖެއެވެ. އެ ބީރައްޓެހި މީހާ އަނގައިން ވިސްކީވަސް ދުވިއެވެ. އޭނާ ވާހަކަ ދެއްކިއިރުވެސް އެއްވެސް ކަހަލަ ހަކަތައެއް ދުލަކު ނެތެވެ........ ރޮއިހޭރި ގަންނަން ރޫޕާ ހިތަށް އެރިއެވެ. އެހެން ނަމަވެސް މުންނީގެ ޚިޔާލު ކުރެވުމާއެކު އަވަސް އަވަހަށް އެނދުން ފައިބައިފިއވެ. އަދި ދޮރު ހުޅުވާލުމަށް ހިތަށް އެރުމާއެކު ބޭރުން ތަންޑު ނައްޓާލި އަޑު އިވިއްޖެއެވެ.
ރޫޕާގެ ނިތްކުރީގައި މީހަކު އެތި ފަހަރެއް ޖެހި ކަހަލައެވެ. އޭނާ ކުއްލިއަކަށް ކުރިޔަށް ޖެހިލާފައި ދޮރު އެތެރެއިން ތަޅުލައިފިއެވެ. ބޭރުން އިވެނީ އެބީރައްޓެހި މީހާގެ އަޑު ނޫން ކަމެއްވެސް ނޭނގެއެވެ.
"ދޮރު ހުޅުވާށެވެ."
ރޫޕާ ދޮރުފަތުގައި ބުރަކަށި ޖައްސާލިއެވެ. އޭނާ ތުރުތުރު އަޅައެވެ. ބީރައްޓެހި މީހާގެ އަޑު އަނެއްކާވެސް ރޫޕާގެ ކަންފަތުގައި ޖެހިއްޖެއެވެ.
"އަވަސް ކުރާށެވެ... ދޮރުހުޅުވާށެވެ.......... އެހެން ނޫނީ........"
"ނޫނެކެވެ...... އަހަރެން ދޮރެއް ނުހުޅުވާނަމެވެ."
"ނުހުޅުވައިފިއްޔާ ހިތާމަ ކުރަން ޖެހިދާނެއެވެ."
"ނުހުޅުވާނަމޭ ބުނެފީމެއް ނޫން ހެއްޔެވެ؟" ރޫޕާ ރުޅި އައިސްފައި ބުންޏެވެ.
"އެންމެ ރަނގަޅެވެ. އަހަރެން ކަލޭގެ ދަރިފުޅު މަރާލާނަމެވެ."
"މުންނީ....!!" ރޫޕާގެ މޭގައި މީހަކު ގޮށްމުށުން ޖެހިކަލައެވެ. އަދި ހަޅޭލަވައިގަތެވެ.
"މުންނީއެވެ.........!! އަހަރެންގެ މުންނީ ކޮބައިހޭ؟"
"މިތާ ބޭރުގައި މިއޮތީއެވެ. އަހަރެންގެ ބާރުގެ ދަށުގައެވެ." ބީރައްޓެހި މީހާ ބުންޏެވެ.
"ބަގްވާނަށްޓަކައި އަހަރެންގެ މުންނީ އަހަންނަށް ދޭށެވެ."
"ބޭރަށް ނުކުންނާށެވެ. އަމިއްލައަށް އައިސް ގެންދާށެވެ."
"ނޫނެކެވެ. ނޫނެކެވެ. އަހަރެން ބޭރަކަށް ނުނިކުންނާނަމެވެ."
"އެހެންވިއްޔާ........ އަހަރެން......... އަހަރެން ކަލޭގެ ދަރިފުޅު މަރާލާނަމެވެ."
ރޫޕާ ބާރަށް ދަތްކުނޑި ވިކައިގަތެވެ. ހިތް ބާރަށް ތެޅެމުން ދިޔައެވެ. ކަރުނައިން ލޯފުރިއްޖެއެވެ. އޭނާ ރޮމުން ބާރަށް ބުންޏެވެ.
"އަހަންނަށް ރަޙުމް ކުރާށެވެ."
"ތިހާ ރީތި އަންހެނަކާމެދު ރަޙުމްކުރެވޭނީ ހަމަ އެންމެ ގޮތަކުންނެވެ."
"ނޫނެކެވެ."
"އެހެންވިއްޔާ ދެންއޮތީ ކަލެޔަށް ފެންނަ ގޮތެކެވެ." ބޭރުން އަޑުއައެވެ. "އަހަރެން މިދަނީ އަދި އެއްތަށި ބޯލާށެވެ. އަހަރެން އަންނަން ވާއިރަށް ކަލޭ ދޮރު ނުހުޅުވައިފިއްޔާ އަހަރެން ބުނިގޮތް ހަދާނަމެވެ. ކަލޭގެ ދަރިފުޅު މަރާލާނަމެވެ....."
އެއަށްފަހު ދުރަށްދިޔަ ފިޔަވަޅުގެ އަޑު ރޫޕާއަށް އިވިއްޖެއެވެ. ހީވަނީ ކޮންމެވެސް މީހަކު ސިޑިއަކުން މައްޗަށް އަރަނީ ހެންނެވެ. ހިނދުކޮޅަކަށްފަހު ހިމޭން ވެއްޖެއެވެ. ރޫޕާގެ ހިތް ބާރުބާރަށް ތެޅެއެވެ. އޭނާ މޭގައި ހިފަހައްޓާ ލައިގެންހުރެ ވިސްނަމުން ދިޔައެވެ........ މާތްކަލާކޯއެވެ........ އަހަރެން އޭނާގެ ބަސް ޤަބޫލު ނުކޮށްފިއްޔާ އޭނާ އަހަރެންގެ ދަރިފުޅު މަރާލާނެއެވެ........!!
ނޫނެކެވެ. މުންނީއަކަށް އެއްކަމެއްވެސް ނުކުރެވޭނެއެވެ. އަހަރެންގެ ދަރިފުޅަށް ގޮތެއްވެއްޖިއްޔާ އަހަރެން އަމިއްލައަށް މަރުވެދާނަމެވެ. މުމްނީއަށް ގޮތެއް ވުމަށްވުރެ އެމީހާގެ ބަސް ޤަބޫލުކުރުންވެސް ރަނގަޅެވެ. އޭރުން މުންނީ ސަލާމަތް ވެދާނެއެވެ. އަދި އަހަރެން ވަޅަކަށް ފުންމާލައިގެން އަމިއްލައަށް މަރުވެދާނަމެވެ.... ރޭލު ދަގަނޑުގެ މައްޗަށް ފުރާނަ ދުއްވާލަފާނަމެވެ.
ރޫޕާ ދަތްކުނޑި ވިކައިގަތެވެ. މިހުރިހާކަމެއްގެ އަސްލަކީ ތިރްލޯކެވެ. ތިރްލޯކެވެ..... އެއް ފަހަރު އޭނާގެ ލޯބީގައި އަހަރެން އަމިއްލައަށް މަރުވާން އުޅުނީމެވެ. އެކަމަކު މިހާރު.......!! ރޫޕާގެ ވިސްނުމާ ސިކުނޑީގައި ނަފްރަތުގެ ދިލަ ހޫނެއް އުފެދުނެވެ.
ދެން އޭނާކުއްލިއަކަށް ތަންޑު ނައްޓަލައިފިއެވެ. އަދި ބޭރަށް ބުކުމެއްޖެއެވެ. ކުރިމަތީގައި ހުރި ސޯފާގައި މުންނީ ރަޖާގަނޑެއް ލައިގެން އޮތެވެ. އޭނާ އޮތީ ހޭނެތިފައި ނޫންކަމެއް ނޭގެއެވެ. ރޫޕާ ދުވެފައި އޭނާގެ ކައިރިއަށް ހިނގައްޖެއެވެ. އަދި އޮޅުލައި ގަންނަމުން ބުންޏެވެ.
"އަހަރެންގެ ދަރިފުޅާއެވެ. މިއަދު..... މިއަދު މަންމަ ދަރިފުޅަށްޓަކައި ޤުރުބާން ވާނަމެވެ."
* "އެހީގެ އަގު" ވާހަކައިގެ މިބައިގައި ގެނެސްދެވިފައިވާނީ ވާހަކައިގެ ޞަފުހާ ނަމްބަރު 89 އިން 92 އަށެވެ.

ކިޔުންތެރިންގެ ހިޔާލު