ފްރަންޓްލައިންގައި މަސައްކަތް ކުރާ އިމިގްރާޝަންގެ އޮފިސަރުން ފުރާ ބަޔަކަށް ޚިދުމަތް ދެނީ
ފްރަންޓްލައިންގައި މަސައްކަތް ކުރާ އިމިގްރާޝަންގެ އޮފިސަރުން ފުރާ ބަޔަކަށް ޚިދުމަތް ދެނީ
ކޯވިޑް-19 ގެ މި ދަނޑިވަޅުގައި ރާއްޖެއިން ބޭރުގައި ތިބެގެން ޕާސްޕޯޓް އާކުރަން ބޭނުންވާ ފަރާތްތަކަށް އޮންލައިންކޮށް އެކަން ކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން ވަނީ ރާއްޖެއިން ބޭރުގައި ތިބި ފަރާތްތަކުގެ ތެރެއިން ޕާސްޕޯޓް އާކުރަން އެދޭ ފަރާތްތައް އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ފޯމް ހުށައެޅުމަށް އެދިފައެވެ. އަދި އެޕްލިކޭޝަން ފޯމް ހުށަހެޅުމުން ފައިސާ ދައްކަންޖެހޭ ލިންކް އެ ފަރާތަކަށް އީމެއިލް މެދުވެރިކޮށް ފޮނުވާނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

ފައިސާ އޮންލައިންކޮށް ދެއްކޭނެ ގޮތަށް މިހާރު ހަމަޖެހިފައިވާއިރު، އީމެއިލުން ފޮނުވާ ލިންކް މެދުވެރިކޮށް ފައިސާ ދައްކާތާ 24 ގަޑިއިރު ތެރޭގައި ޕާސްޕޯޓް ނެގުމަށް ހަމަޖެހިފައިވާ ގޮތުގެ މައުލޫމާތު ހިއްސާކުރެވޭނެ ކަމަށް ވެސް އިމިގްރޭޝަނުން ބުނެފައިވެއެވެ.

ކޯވިޑް-19 އާ ގުޅިގެން ލޮކްޑައުން ވުމުގެ ކުރިން ވެސް އިމިގްރޭޝަނުން ވަނީ މުހިއްމު ފިޔަވަޅުތަކެއް އަޅާފައެވެ. އެ އިދާރާއިން ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރެއިން އޮންލައިން ޕޯޓަލެއް މެދުވެރިކޮށް ޚިދުމަތް ފޯރުކޮށް ނުދެވޭ ހިދުމަތްތައް ވަނީ އީމެއިލް މެދުވެރިކޮށް ދޭން ފަށާފައެވެ. މި ގޮތުން ޑިޕެންޑެންޓް ވިސާ، ސްޓޫޑެންޓް ވިސާފަދަ ވިސާތަކަށް އީމެއިލް މެދުވެރިކޮށް އެދެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން