އެމްޓީީީީީސީސީ މައި އޮފީސް (ރަސް ފޮޓޯ- ޝާހް)
އެމްޓީީީީީސީސީ މައި އޮފީސް (ރަސް ފޮޓޯ- ޝާހް)
މި އަހަރުގެ ފުރަތަމަ ކުއާޓާގައި އެމްޓީސީސީއަށް ސާފު ފައިދާގެ ގޮތުގައި 62.34 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެމްޓީސީސީންގެ ވެބްސައިޓްގައި އާންމުކޮށްފައިވާ މި އަހަރުގެ ފުރަތަމަ ކުއާޓާގެ މާލީ ނަތީޖާ ދައްކާގޮތުން ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެގޮތުގައި 62.34 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި އެއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާގެ ނަތީޖާއާ އަޅާބަލާއިރު 310.54 ޕަސެންޓް އިތުރު އަދަދެކެވެ.

މި އަހަރުގެ ފުރަތަމަ ކުއާޓާގެ އެމްޓީސީސީގެ މާލީ ނަތީޖާގެ ތަފްސީލަށް ބަލާއިރު، ފުރަތަމަ ކުއާޓާގައި ޖުމުލަ 353.54 މިލިއަން ރުފިޔާގެ ވިޔަފާރި ކޮށްގެން 72.45 މިލިއަން ރުފިޔާ ހިންގުމުގެ ފައިދާގެ ގޮތުގައި ވަނީ ލިބިފައެވެ. ނަމަވެސް މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާގައި 210.99 މިލިއަން ރުފިޔާ ވިޔަފާރި ކޮށްގެން 17.97މިލިއަން ރުފިޔާގެ ހިންގުމުގެ ގެއްލުމެއް ވަނީ ލިބިފައެވެ.

މި އަހަރުގެ ފުރަތަމަ ކުއާޓާގައި ހާސިލްކޮށްފައިވާ ލަނޑުދަނޑިތަކަށް ބަލާއިރު، އެ ކުންފުންިން ވަނީ އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ކާމިޔަބުކަމާއެކު ހިންގާފައި ކަމަށާއި އެގޮތުން 35 މަޝްރޫއެއްގައި މަސައްކަތްކުރެވި 4 މަޝްރޫއެއްގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލެވިފައިވާ ކަމަށް ބުނެފައި ވެއެވެ. އަދި 11 ރަށަކަށް މިކުއާޓާގެ ތެރޭގައި މޮބިލައިޒްކުރެވިފައިވާ ކަމަށްވެސް އެމްޓީސީސީން ބުނެއެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޯވިޑް-19 ގެ ސަބަބުން އެ ކުންފުނީގެ އެކި ވިޔަފާރިތަކަށް ކުރަމުންދާ އަސަރު ކުޑަކުރުމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތަކާއި އިސްތިރާޖީ ޕްލޭންތައް އެކުލަވާލައި، ހާލަތު ބަދަލުވަމުންދާ މިންވަރަށް ރިއާޔަތްކޮށް މުރާޖައާ ކުރަމުން ގެންދާ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ. ނަމަވެސް ކޯވިޑް-19 އާ ގުޅިގެން ކުންފުނީގެ ވިޔަފާރީގެ މައިގަނޑު ދާއިރާތަކުން ހާސިލްކުރަން ބޭނުންވާ ލަނޑުދަޑިތަކާއި މާލީ ނަތީޖާ ހޯދުމަށް މިއަހަރުގެ ކުރިއަށް އޮތް ބައިގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާނެކަމަށް ބެލެވޭ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

އިގްތިޞާދީ ގޮތުން ދިމާވެފައިވާ ގޮންޖެހުންތަކާއެކު ވެސް ކުންފުނީގެ މަގްސަދުތައް ހާސިލްކުރުމަށް ކުންފުނީގެ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، އީޖާދީ ތަރައްގީއަށް ހިތްވަރުދިނުމާއި، ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ކުންފުނީގެ ކަންކަން އިސްލާހުކުރުމުގައި މެދުނުކެނޑި މަސައްކަތް ކުރާނެކަމުގައި އެމްޓީސީސީން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން