ހެލްތު މިނިސްޓަަރ އަބްދުﷲ އަމީން
ހެލްތު މިނިސްޓަަރ އަބްދުﷲ އަމީން
ހުރިޔާ ރައްޔިތުންނަށްވެސް ކޯވިޑް-19 ޖެހޭނެ ކަމަށް ބުނެ ދޫކޮށްނުލެވޭނެ ކަމަށާއި، އެއީ ސަރުކާރުން ކުރެވޭނެ ކަމެއް ނޫން ކަމަށް ހެލްތް މިނިސްޓަރު އަބުދު ﷲ އަމީން ވިދާޅުވެއްޖެއެވެ.

މިހާރު ފެންނަ ފެނުމަށް ހުރިހާ ރައްޔިތުންނަށް ކޮވިޑް ބަލިޖެހޭނެ ކަމަށާއި، މުހިންމީ ބަލިވާ މީހުންނަށް ފަރުވާ ކުރެވޭނެ މަގެއް ހޯދުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. ނަޝީދު ވިދާޅުވީ ބަލިޖެހިދާނެތިއްޔޭ ކިޔާފައި މުޅިގައުމު ބަންދުކޮށްގެން ނުގެންގުޅެވޭނެ ކަމަށާއި ގައުމު ހުޅުވާލަންޖެހޭ ކަމަށެވެ.

ޕީއެސްއެމްގައި ވާހަކ ދައްކަވަމުން ހެލްތް މިނިސްޓަރ އަބުދު ﷲ އަމީން ވިދާޅުވީ، މިވަގުތު އެންމެ މުހިންމު ކަމަކީ ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމަށް މަސައްކަތް ކުރުން ކަމަށެވެ. މިނިސްޓަރު އަމީން ވިދާޅުވީ، ވީހާ ވެސް އަވަހަކަށް ގައުމު ހުޅުވާލާ ބަލި ޖެހޭނެ ބަޔަކަށް ޖެހި ބަލިވެ މަރުވާނެ ބަޔަކު މަރުވާން ދޫކޮށްލުމަކީ އިންސާނިއްޔަތުގެ ކަމުގެ ނަޒަރުންނާއި ގައުމެއްގެ ގޮތުން ބެލިނަމަވެސް އެކަން ކުރެވޭނެ ގޮތެއް ނޫން ކަމަށެވެ.

"މަރުވާ ބަޔަކު މަރުވާން ބަލިޖެހޭނެ ބަޔަކު ޖެހެން ދޫކޮށެއް ނުލެވޭނެ، މިއީ މިރޯގާ އެއްގެ ގޮތަށް ބަލަައި ފެތުރިގެންދާނެޔޭ ކިޔާފަ އެގޮތަށް ދޫކޮށްލުމަށްވުރެ މިއީ ނުރައްކާތެރި ކަމެއް. ދުނިޔޭގެ ހުރިހާ ހިސާބަކުން ބަލާލިއަސް ވެސް ބަލީގެ ނުރައްކާތެރިކަން އެބަފެނޭ." މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ލޮކްޑައުންގައި އަބަދު ނުތިބެވޭނެ ކަމަށާއި މި ހާލަތު ބަދަލުކޮށް ނިއު ނޯމަލް އަށް ތައްޔާރުވާންޖެހޭ ކަމަށެވެ. ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ކުރިން ޕީކްޑޭގައި ބަލިޖެހޭނެ ކަމަށް ލަފާކުރި އަދަދު މިހާރު ވަރަށް ބޮޑަށް ދަށައް ގޮސްފައިވާ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން