ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު
ރައްޔިތުންގެ މަޖިލިސް ރައީސްގެ މުސާރަ 37188 ރުފިޔާއަށް ކުޑަކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ކުރިން 53125 ރުފިޔާ ލިބެމުންއައި މަޖިލިސް ރައީސް ގެ މުސާރަ 37188 ރުފިޔާއަށް ކުޑަކޮށްފައެވެ. މި ބަދަލާއިއެކު މަޖިލިސް ރައީސްގެ މުސާރައިން ވަނީ 15938 ރުފިޔާ އުނިވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އާއި މަޖިލިސް މެންބަރުންގެ މުސާރަވެސް ވަނީ ކުޑަކޮށްފައެވެ. އެގޮތުން ރައްޔިތުން މަޖިލީހުން މިއަދު ފާސްކޮށްފައިވަނީ މަޖިލިސް ނައިބް ރައީސްގެ މުސާރަ 51000 ރުފިޔާ އިން 35700 ރުފިޔާއަށް ކުޑަ ކުރުމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަ 42500 ރުފިޔާއިން 29750 ރުފިޔާ އަށް ކުޑަ ކުރުމަށެވެ.

މިބަދަލާއިއެކު މަހެއްގެ މައްޗަށް މަޖިލިސް ނައިބް ރައީސްގެ މުސާރައިން 15300 ރުފިޔާ ކުޑަ ވެގެންދާއިރު މަޖިލިސް މެންބަރުންގެ މުސާރައިން 12750 ރުފިޔާ ކުޑަވެގެން ދާނެއެވެ.

ކޮވިޑް-19އާ ގުޅިގެން ދައުލަތުގެ ބަޖެޓުން މުވައްޒަފުންނަށް ހިނގާ ޚަރަދު ކުޑަކުރުމުގެ ގޮތުން، ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފައިވަނީ، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅަންޖެހޭ މުސާރައާއި ޢިނާޔާތްތަކުގެ ތެރެއިން އަސާސީ މުސާރައިގެ ގޮތުގައި 60001 ރުފިޔާ އަށްވުރެ މަތި ލިބޭ ފަރާތްތަކުގެ މުސާރައިން 35 އިންސައްތަ އުނި ކުރުމަށާއި އަސާސީ މުސާރައިގެ ގޮތުގައި 30001 ރުފިޔާއި 60000 ރުފިޔާ އާއި ދެމެދު ލިބޭ މީހުންގެ މުސާރައިން 30 އިންސައްތަ އުނިކުރުމަށާއި އަސާސީ މުސާރައިގެ ގޮތުގައި 20001 ރުފިޔާ އާއި 30000 ރުފިޔާ ދެމެދު ލިބޭ މީހުންގެ މުސާރައިން 20 އިންސައްތަ އުނި ކުރުމަށެވެ.

މިނިންމުމާއިއެކު އިސް ކޯޓުތަކުގެ ފަނޑިޔާރުންގެ މުސާރަވެސް ވަނީ ކުޑަވެފައެވެ. އަދި ސިޓީ ކައުންސިލް ތަކުގެ ރައީސް އަދި ނައިބް ރައީސް އަދި މެންބަރުންގެ މުސާރަވެސް ވަނީ ކުޑަވެފައެވެ. މީގެއިތުރުން މުސްތަޤިއްލު މުއައްސަސާތަކުގެ އިސްވެރިންގެ މުސާރަވެސް ވަނީ މިބަދަލާއިއެކު ކުޑަވެފައެވެ.

ކުރިން ސަރުކާރުން ނިންމާފައިވަނީ ދަޢުލަތުގެ މުވައްޒަފުންގެ ތެރެއިން 20000 ރުފިޔާ އާއި 25000 ރުފިޔާ އާއޮ ދެމެދުގެ މުސާރަތަކުން 25 ޕަސެންޓު ކުޑަ ކުރުމަށާއި 25000 ރުފިޔާ އާއި 60000 ރުފިޔާ އާއި ދެމެދުގެ މުސާރަތަކުން 30 ޕަސެންޓް އަދި 60000 ރުފިޔާއިން މަތީގެ މުސާރަތަކުން 35 ޕަސެންޓް ކުޑަ ކުރުމަށެވެ.


ކިޔުންތެރިންގެ ހިޔާލު


6

ލަތީފް

21-May-2020

ބަޔަކު ބަނޑަށް ތި ޖެއްސީ.. ބަނބުކޭލެއްވެސް ގަނެނުލެވޭނެ ދެން..



ޓްރެންޑިން