ލޮކްޑައުން ކުރުމާ ގުޅިގެން މާލެ ނާދެވި ރާއްޖޭގެ އެކި ރަށްތަކުގައި ތާށިވެފައި ތިބި 3016 މީހަކަށް، އެނބުރި މާލެ އައުމަށް ހުއްދަ ދީފައިިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ނެރުނު ތަފާސް ހިސާބުތަކަށް ބަލާއިރު އެންމެ ގިނައިން ހުއްދައަށް އެދި ހުށައަޅާފައި ވަނީ މި މަހުގެ ހަތް ވަނަ ދުވަހު އެވެ. އެއީ 277 މީހުންނެވެ. ފުލުހުން ބުނީ، މާލެ އަންނަން ބޭނުންވެގެން 1825 މީހުން ހުށައަޅާފައި ވަނީ މެއިލްގެ ޒަރީއާއިން ކަމަށެވެ. އަދި ޕޯޓަލް މެދުވެރިކޮށް 1191 މީހަކު ހުއްދައަށް އެދި ހުށައަޅާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މިހާތަނަށް މާލެ އެރުމުގެ ހުއްދަ ދީފައިވާ މީހުންގެ ތަފާސް ހިސާބު ހާމަކޮށް ފުލުުހުން މިރޭ ބުނީ މިއަދުގެ ނިޔަލަށް 3016 މީހަކަށް މާލެ އެރުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.
މިދިޔަ މަހުގެ 15 ވަނަ ދުވަހު މާލެ ސަރަހައްދު ލޮކްޑައުން ކުރި އިރު، މާލޭގައި ދިރިއުޅޭ ގިނަ ބަޔަކު ވެސް ވަގުތީ ގޮތުން މާލެއިން ބޭރުގައި އެކި ރަށްރަށުގައި ތިބީ ތާށިވެފަ އެވެ.
މީގެ އިތުރުން މާލޭގައި ތިބި އަތޮޅުތެރޭގެ އެތައް ބަޔަކުވެސް ތިބީ ރަށައް ނުދެވި މާލޭގައި ތާށިވެފައެވެ. އެމީހުން ރަށްރަށައް ފޮނުވަން ހަމަޖެހިފައިވަނީ އެޗްޕީއޭއިން ކަނޑައަޅާ ތަނެއްގައި 14 ދުވަހު ކަރަންޓީންވުމަށްފަހު ބަލި ނެތްކަން ކަށަވަރު ކުރުމަށްފަހު ގައެވެ. މިހާރުވެސް މީގެތެރެއިން 800 ވުރެ ގިނަ މީހުން ގެންދަނީ ކަރަންޓީންގެ މުއްދަތު ފުރިހަމަ ކުރަމުންނެވެ.
މާލެއިން ރަށްރަށަށް މީހުން ފޮނުވުމުގެ ކުރިން 14 ދުވަހަށް ކަރަންޓީނު ކުރަން ނިންމާފައިވާއިރު، މާލެ ސަރަހައްދުގައި އިއުލާންކޮށްފައިވާ ލޮކްޑައުންގެ މުއްދަތު މި މަހުގެ 28 ގެ ނިޔަލަށް އިތުރުކުރަން ސަރުކާރުން ވަނީ ނިންމާފައެވެ

ކިޔުންތެރިންގެ ހިޔާލު