ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، މިރޭ ޤައުމާ މުހާތަބު ކުރައްވާނެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ މިރޭ ޤައުމާ މުހާތަބުކުރައްވާނީ 21:00 ގައި ކަމަށެވެ. ރައީސް ޞާލިހް ޤައުމާ މުހާތަބު ކުރައްވަނީ މިހާރު ހަލުއިކަމާއެކު ފެތުރެމުންދާ ބަލިމަޑުކަމާ ބެހޭގޮތުން ކަމަށް އެނގިފައި ވެއެވެ.

ކޯވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ރައީސް ވަނީ އެކި ފަހަރުމަތިން ޤައުމާ މުހާތަބުކުރައްވާ ސަރުކާރުން އަޅުއްވަމުންގެންދަވާ ފިޔަވަޅުތަކުގެ މައުލޫމާތު ރައްޔިތުންނަށް ވަނީ ދެއްވާފައެވެ. ރައީސް މިރޭ ގައުމާ މުޚާތަބުކުރައްވާއިރު ކޯވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން މިހާރު އިއުލާން ކޮށްފައިވާ ލޮކްޑައުން އުވާލުމަށްފަހު އެހެން ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން