25 ވަނަ ބައި
................
ތިރްލޯކާ ބައްދަލުކުރަން މީހަކު އައިސް ހުރި ޚަބަރު އަހާފައި އޭނާގެ ސިކުނޑިއަށް ކުއްލިއެއް ޖެހި ކަހަލައެވެ. ޖަގަންނާތު ހީގެންފައި ބުންޏެވެ.
"ކަލޭގެ އަންހެނުން އައީ ކަންނޭގެއެވެ...... ފުރިހަމަ ހަމަސް ދުވަހަށް ފަހުގައެވެ...... ކަލޭގެ ރުޅިގަނޑު މައިތިރި ވެއްޖެކަމުގައި ހީކޮށްފައި އައީއެވެ."
ތިރްލޯކް އެކައްޗެކޭވެސް ނުބުނެއެވެ. އޭނާ ބާރަށް ހިނގާފައި ބައްދަލުކުރާ ކޮޓަރިއަށް ހިނގައްޖެއެވެ. ދެވަނަ ހިނދުކޮޅުގެ ތެރޭގައި އޭނާގެ ސިކުނޑި ތެޅިގެން ދިޔައެވެ. އެހެނީ އޭނާގެ ކުރިމަތީގައި ރޫޕާގެ ބަދަލުގައި ހުރީ ވަކީލެކެވެ. ވަކީލު ސުވާލުކުރިއެވެ.
"ތިރްލޯކްއަކީ ކަލޭ ހެއްޔެވެ......"
"ލައްބައެވެ." ތިރްލޯކް ޖަވާބުދިނެވެ.
"އަހަންނަކީ ސްރީމަތީ ރޫޕާ ދޭވީގެ ވަކީލެވެ. އޭނާ ކަލޭ ގާތުން ވަރިވުމަށް ކޯޓަށް ހުށަހަޅާފައިވެއެވެ. އަހަރެން މިއައީ ވަރީގެ ސެޓްފިކެޓްގައި ކަލޭ ލައްވާ ސޮއި ކުރުވުމަށެވެ."
ތިރްލޯކަށް ހީވީ ދުނިޔޭގައިވާ ހުރިހާ ފަރުބަދައެއް އޭނާގެ ބޯމައްޗަށް ވެއްޓުނު ހެންނެވެ. އޭނާ ތުރުތުރު އަޅާއަޑުން ބުންޏެވެ.
"ނޫނެކެވެ. ތިޔައީ އެކަށީގެންވާ ކަމެއްނޫނެވެ. އޭނާއަކަށް އަހަރެންގެ ގާތުން ވަރިއެއް ނުވެވޭނެއެވެ."
"ކަލޭ މީގައި ސޮއިކުރަން ޖެހޭނެއެވެ."
"ސޮއެއް ނުކުރާނަމެވެ. ނުކުރާނަމެވެ. އަޅުގަނޑު އޭނާ މިނިވަނެއް ނުކުރާނަމެވެ. އެއްގޮތަކަށްވެސް އޭނާ ދުލެއް ނުކުރާނަމެވެ."
ވަކީލު މަލާމާތުގެ ގޮތަކަށް ހިނިތުން ވެލާފައި ބުންޏެވެ.
"މިސެޓްފިކެޓްގައި ސޮއިކުރިއަސް ނުކުރިއަސް ކޯޓުން ވަރިކޮށްދޭނެއެވެ..... ކަލެއަކީ ކިހާ ނުލަފާ މީހެއް ހެއްޔެވެ. ކަލޭ ކަހަލަ މީހަކާއެކު މާތް އަންހެނަކަށް އުޅެވޭނީ ވަރަށް ދަތި ހިތާމަތަކަކާ އެކުގައެވެ."
"ވަކީލު ސާހަބެވެ. ތިޔަހެން ތިޔަ ބުނުއްވަނީ އަޅުގަނޑުގެ މަޤާމުގައި ވަކީލު ސާހަބް ނެތީމައެވެ." ތިރްލޯކް އަވަސް ނޭވާތަކަކާއެކު ބުންޏެވެ. "ވަކީލު ސާހަބު ޖަލުގައި އޮންނެވުމުގެ ފައިދާ އަނބިކަނބަލުން ނުނަންގަވާތީއެވެ."
"އަހަރެން ޖަލުގައި އޮންނަން ޖެހުނަސް ކަލޭ ފަދައިން އަހަރެންގެ އަންހެނުންގެ ކަރަކަށް ނުފިތާނަމެވެ. އޭނާ މަރާލާކަށް މަސައްކަތެއް ނުކުރާނަމެވެ. މިތަން ދެކެން އެތާނގައި ތިބީ އެކެއް ދެމީހެއްނޫނެވެ. ކަލޭ ސޮއިކުރިއަސް ނުކުރިއަސް ޤާނޫނު ދެވަނަ ފަހަރަކަށް އޭނާ ކަލޭގެ އަތްމައްޗަކަށް ދުލެއް ނުކުރާނެއެވެ. އެހެނީ ކަލޭ މިތާނގައި ބަންދުވެފައި ހުރެއެވެ. އޭނާ މަރާލަން މަސައްކަތް ކޮށްފީމުއެވެ. އަދި ޖަލުން ނުކުމެ ފުރިހަމައަށް މިނިވަން ވުމުން އޭނާ މަރާލާނެކަން ގައިމެވެ."
"އާއެކެވެ. އަހަރެން އޭނާ މަރާލާނަމެވެ." ތިރްލޯކް ދޮރުގެ ތޭރިތަކުގައި ހިފާ ތަޅުވައި ގަންނަމުން ކަރު ފަޅައިގެން ދާވަރަށް ހަޅޭލަވައިގަތެވެ. "އަހަރެންގެ ގުރުބާނީގެ ބަދަލުގައި ދިނީ ބޭވަފާއެވެ. އޭނާ އަހަރެންގެ ޔަޤީންކަމަށް ހިރަފުސް ބުރުވައިފިއެވެ. އަހަރެން ޖަލުގައި ހައްޔަރުވުމުން ނަހަމަ ގޮތުގައި އޭނާގެ ބައިވެރިޔާއާއެކު އުފާކޮށްފިއެވެ. އަހަރެން އޭނާ މަރާލާނަމެވެ. އޭނާގެ ބައިވެރިޔާވެސް މަރާލާނަމެވެ. އަހަރެން ޖަލުން ސަލާމަތް ވުމާއެކު ދެމީހުން އެކުއެކުގައި ދުނިޔޭން ނައްތާލާނަމެވެ."
ތިރްލޯކް ހަޅޭލަވަމުން ދިޔައެވެ. އެހެން ނަމަވެސް ސިފައިންގެ މީހާ އޭނާ ދަމަމުން ކަހަލަ ގޮތަކަށް އެތެރެއަށް ގެންގޮސްފިއެވެ.
+ + + + +
ކިޝޯރު ކާވަންޏާ ގުޅިގެން އޭނާގެ ގޭގައި ވަރަށް ބޮޑު ޕާރޓީއެއް ބޭއްވިއެވެ. ރޫޕާ ކާވަނީގެ ހެދުމުގައި ހުރިއިރު ހީވަނީ އަލަތު އަންބެއް ހެންނެވެ. މުންނީއަށް މިވެގެން އުޅޭގޮތެއް ނޭނގި ހުރުމާއެކުވެސް އުފަލުން ހީވަނީ އެހެންކަމެއް ހެންނެވެ. ކިޝޯރާއި ރޫޕާ އުފާ ފާގަތިކަމާއެކު މެހްމާނުންނާ ބައްދަލު ކުރަމުން ދިޔައެވެ. ހަދިޔާ ބަލައި ގަންނަމުން ދިޔައެވެ.
ކުއްލިއަކަށް ޕޯސްޓްބަހާ މީހަކު އައިސް ކިޝޯރު އަތަށް ވަރަށް ރީތި ސިޓީއުރައެއް ދީފިއެވެ. އެއާއެކު ކިޝޯރު އޭނާއަށް ދިހަ ރުފިޔާގެ އިނާމެއް ދީފައި ފޮނުވާލައިފިއެވެ....... ރޫޕާ ސުވާލު ކުރިއެވެ.
"ކާކުގެ މެސެޖެއްތޯއެވެ؟"
"ކޮންމެވެސް ރަޙްމަތްތެރިއެއްގެ މަރްޙަބާގެ މެސެޖެކެވެ."
ކިޝޯރު ސިޓީއުރަ ކަނޑާލައިފިއެވެ. ދެވަނަ ހިނދުކޮޅުގެ ތެރޭގައި އޭނާ ސިހިގެން ދިޔައެވެ. ރޫޕާ ފަރުވާތެރިކަމާއެކު އޭނާގެ މޫނަށް ބަލާލިއެވެ. އަދި ސުވާލު ކުރިއެވެ.
"ކާކު ފޮނުވި ސިޓީއެއްތޯއެވެ؟"
"ތިރްލޯކްގެ ސިޓީއެކެވެ." ކިޝާރު މަޑުމަޑުން ބުންޏެވެ. "އަހަރެމެން ދެމީހުންނަށް އައު ޙަޔާތުގެ މުބާރަކްބާދީ ރައްދުކޮށް ފޮނުވި ލިޔުމެކެވެ."
ރޫޕާގެ މޫނަށް އެތައް ކުލައެއް އައިސް ފައިބައިގެން ދިޔައެވެ. އެއާއެކު އޭނާ އެސިޓީ ވީދާ ކުދިކުދި ކޮށްލާފައި އެއްލާލައިފިއެވެ. ދެން އަނެއްކާވެސް މެހްމާނުންނާ ކުރިމަތިލައިފިއެވެ.
+ + + + +
ތިރްލޯކް ވަރަށް ކިޔަމަންތެރި ކަމާއެކު ޖަލުގެ ސްޕްރިންޓެންޑެންޓްގެ ކުރިމަތީގައި ހުއްޓެވެ. އެވަގުތު އޭނާ ގައިގައި އޮތީ ޖަލުގެ ހެދުމެއްނޫނެވެ. އަމިއްލަ ހެދުމެވެ. ސްޕްރިންޓެންޑެންޓް އޭނާ ކުރި މަސައްކަތުގެ އުޖޫރަ މޭޒުމަތީގައި ބަހައްޓާފައި ބުންޏެވެ.
"ތިރްލޯކްއެވެ. ޖަލަށް އައުމުން ލިބުނު އެއްޗަކާ ގެއްލުނު އެއްޗެއް މިހާރު ކަލެޔަށް އޮންނާނީ ރަނގަޅަށް ތަޖުރިބާ ކުރެވިފައެވެ. އެއަށްފަހުގައި ކަލޭ ކެތްތެރި ކަމާއެކު ދުވަސްތައް ހޭދަކޮށްލައިފީމުއެވެ. ހިތްވަރުގެ މުޘާހަރާ ފުރިހަމަ ގޮތުގައި ކޮށްފީމުއެވެ. އެކަމަށްޓަކައި ކަލެއަށް ތަޢުރީފުކުރުން ޙައްޤެވެ. މިހުރިހާ ކަމަކަށް ބަލާފައި މިހާރު މުއްދަތުން ބާކީއޮތް ތިންމަސް ދުވަސްވެސް މަފާކުރައްވައިފިއެވެ. އަދި ކަލޭ މިނިވަން ވުމާއެކު އެންމެ ރަނގަޅު މީހުންގެ ގިންތީގައި ހިމެނޭނެ ކަމާމެދު އަހަރެން އުއްމީދު ކުރަމެވެ. މާޒީ ހަނދާން ނައްތާލާފައި އުފާވެރި ޙަޔާތެއް ފަށާނެ ކަމުގައި ހީކުރަމެވެ."
ތިރްލޯކް ކަރުނަ ފޮހެލިއެވެ. އަދި ކުރެހިފައިވާ އަޑަކުން ބުންޏެވެ.
"އަޅުގަނޑު ހުރިހާ ކަމެއްވެސް ރަނގަޅަށް ހަނދާން އެބަހުއްޓެވެ. އެހެން ނަމަވެސް އަޅުގަނޑު އެހުރިހާކަމެއް ހަނދާން ނައްތާލާފައި މުޅި ދުނިޔެ އަޅުގަނޑުގެ މަތިން ހަނދާން ކުރާވަރުގެ ކަމެއް ކޮށްލާނަމެވެ."
"ސާބަހެވެ........."
"ޝުކުރިއްޔާއެވެ!"
ދެން ތިރްލޯކް ސަލާން ގަލާން ކޮށްފައި ބޭރަށް ނުކުމެއްޖެއެވެ.
ތިރްލޯކްގެ ހިތާ ސިކުނޑީގައި ހަލަބޮލިކަމެއް އުފެދިފައިވެއެވެ. ލޭގައި ތޫފާނެއް އުފެދިފައިވާ ކަހަލަ ޖޯޝެކެވެ. މިވަގުތު އޭނާ ބާޒާރުން ވަޅިއެއްގަނެގެން ޓެކްސީގައި ދަތުރުކުރަނީއެވެ. ޓެކްސީ މިޞްރާބު ޖަހާފައިވަނީ ކުރީގައި ފެކްޓަރީގެ މެނޭޖަރ ހުރިގެއާ ދިމާއަށެވެ. އެއީ ފަހުން ކިޝޯރަށް މެނޭޖަރުކަން ލިބުމުން އޭނާ ދިރިއުޅެން ފެށިއެވެ. އޭނާގެ ހިތަށްފެންނަނީ ކިޝޯރާއި ރޫޕާ ލެއިން ތަތްތެޅިފައިވާ މަންޒަރެވެ. އޭނާގެ ކެތްތެރިކަން ހައްދު ފަހަނައަޅާ ދަނީއެވެ.
ކުޑައިރުކޮޅަކަށްފަހު ޓެކްސީ ކިޝޯރުގެ ގޭގެ ކުރިމައްޗަށް މަޑުކޮށްލައިފެއެވެ. ތިރްލޯކް އެތެރޭގައި އިނދެފައި ޓެކްސީގެ ކުލިއަދާކުރިއެވެ. ދެން ބޭރަށް ނުކުމެއްޖެއެވެ. ދޮރާށި ކައިރީގައިހުރި ފާރަވެރިޔާ ސުވާލުކުރިއެވެ.
"ބައްދަލު ކުރަން ބޭނުމީ ކާކާ ހެއްޔެވެ؟"
"މެނޭޖަރ ސާހަބާއެވެ......"
"ނަން ލިޔެފާ ދޭށެވެ."
ތިރްލޯކް ކަރުދާސްކޮޅަކު ނަންލިޔެފައި ދީފިއެވެ. އަދި ގާތްގަނޑަކަށް ދިހަވަރަކަށް މިނިޓް އިރަށްފަހު އޭނާ އެތެރެއަށްދާން ހުއްދަ ލިބުމުން ބާރުބާރަށް ހިތްތެޅެމުން ދިޔައެވެ. ލޮލުން ދިލަނަގަމުން ދިޔައެވެ. އޭނާ ފެންޑާއަށް ވަނުމުން އެތާނގައި ހުރި ނޯކަރަކު ގޮނޑިއެއްގައި ބައިންދައިފިއެވެ. އަދި ބުންޏެވެ.
"މިއަދު ސާހިބާއި މޭމްސާހަބް އަދި ބޭބީ ބާޒާރަށް ދުރުވަނީއެވެ. މިއަދަކީ ޗުއްޓީ ދުވަހެވެ. ނުކުންނަވާ ވަގުތު ބައްދަލު ކުރާށެވެ."
ތިރްލޯކްގެ ހިތުގައި މީހަކު ބޮނޑިއެއް އެޅިކަހަލައެވެ. އޭނާގެ ހިތަށްއެރިއެވެ. މިއަށްވުރެ ވަކި ރަނގަޅު ދަނޑިވަޅެއް ނުލިބޭނެއެވެ. ދެމީހުންނާ އެއްފަހަރާ ބައްދަލުވަނީއެވެ. އެދެމީހުން ސަލާމަތް ކުރަން މަސައްކަތް ކުރާހާ ހިތްވަރެއް މިނޯކަރު މީހާގެ ކިބައަކުވެސް ނުހުންނާނެއެވެ.......... އޭނާ ފިނި ނޭރާވެއް ލާފައި ހަމަޖެހިލިއެވެ. އަދި ކިޝޯރުގެ ދެމަފިރިންނާއި އަދި މުންނީ ބޭރަށް ނުކުތުމުގެ އިންތިޒާރު ކުރަން ފަށައިފިއެވެ.
އިރުކޮޅަކަށްފަހު ކާރު އައިސް ބޭރު ދޮރުކައިރަށް މަޑުކޮށްލައިފިއެވެ. އެއާއެކު ތިރްލޯކްގެ ހިތް އިހުނަށްވުރެވެސް ބޮޑަށް ތެޅެންފަށައިފިއެވެ. ހަމައެއާއެކު އޭނާގެ އަތް ޖީބުގައި އޮތް ވަޅިއާ ދިމާއަށް ހިނގައްޖެއެވެ. އެހެން ނަމަވެސް.........
ނުދަންނަ ބީރައްޓެހި ފިރިހެނަކާއި އަންހެނަކު އަދި ކުޑަ އަންހެން ކުއްޖަކު އެތެރޭން ނުކުތްތަން ފެނިފައި ތިރްލޯކް ސިހިއްޖެއެވެ. އެހެނީ އެއީ ކިޝޯރުގެ ދެމަފިރިންނެއް ނޫނެވެ. އެމީހާ ތިރްލޯކާ ސުވާލުކުރިއެވެ.
"އާނ ބުނެބަލާށެވެ. ކިހިނެއްވީ ހެއްޔެވެ؟"
"އެއީ....... މިއާދެވުނީ ނުބައި ގެއަކަށް ކަންނޭގެއެވެ."
"ބައްދަލުކުރަން ތިޔައައީ ކާކާ ހެއްޔެވެ؟"
"ކިޝޯރު ބާބޫ........"
"ލައްބައެވެ."
"އެނާ މިހާރު ހުންނަވަނީ މިގެއަކު ނޫނެވެ."
"އެހެންވީއިރު އޭނާ ދުރުވީ ކޮންތާކަށްތޯއެވެ."
"އޭނާ އަނބިމީހާއާ ދަރިފުޅާއެކު ސިންގަޕޯރަށް ހިނގައްޖެއެވެ."
"ސިންގަޕޯރަށޭ ހެއްޔެވެެ......!" ތިރްލޯކްގެ ދެލޯ ބޮޑުވެއްޖެއެވެ.
އާނއެކެވެ........ ކުރިން އޭނާއަކީ ފެކްޓަރީގެ މެނޭޖަރއެވެ. މިހާރު ފެކްޓަރީގެ މެނޭޖަރަކީ އަހަންނެވެ. އޭނާ ސިންގަޕޯރއަށް ދާން ޖެހުނީ ސޭޓް ސާހަބް ސިންގަޕޯރގައި އިތުރު ގޮތްޕެއް ހުޅުވުމާ ގުޅިގެންނެވެ. މިހާރު ކިޝޯރު ބާބޫއަކީ އެގޮފީގެ އިންޗާޖެވެ.]
ތިރްލޯކް ގާވެފައި ހުރެއްޖެއެވެ.
* "އެހީގެ އަގު" ވާހަކައިގެ މިބައިގައި ގެނެސްދެވިފައިވާނީ ވާހަކައިގެ ޞަފުހާ ނަމްބަރު 100 އިން 103 އަށެވެ.

ކިޔުންތެރިންގެ ހިޔާލު