އެމެރިކާއިން ފުރަތަމަ ޖައްވަށް ދިޔަ އެސްޓްރޮނައުޓު އެލަން ޝެޕަރޑްގެ އަންހެން ދަރިފުޅު، ލައުރާ ޝެޕަރޑް ޗަަރޗްލޭ ޖައްވަށް ދަތުރުކޮށްފިއެވެ.
އުމުރުން 74 އަހަރުގެ ލައުރާ ޝެޕަރޑް ޖައްވަށް ދަތުރުކޮށްފައިވަނީ މަޝްހޫރު ވިޔަފާރިވެރިއާ އަދި ބިިލިއަނަރ ޖެފް ބޭޒޯސްގެ ބްލޫ އޮރިޖިން ކުންފުނީގެ ކޮމާޝަލް ސްޕޭސް ކްރާފްޓަކުންނެވެ. މިއީ ބްލޫ އޮރިޖިން ކުންފުނިން މިއަހަރު ޖައްވަށް ފޮނުވި ތިންވަނަ ކޮމާޝަލް ސްޕޭސް ކްރާފްޓެވެ.
ލައުރާ ޝެޕަރޑްގެ ބައްޕަ އެލަން ޝެޕަރޑް ޖައްވަށް ދަތުރުކޮށްފައިވަނީ މީގެ 60 އަހަރު ކުރިން 1961 ވަނަ އަހަރުއެވެ. ލައުރާ ވަނީ އޭނާގެ ދަތުރުގައި ބައްޕަގެ ހަނދާނުގައި، އެލަން ޝެޕަރޑް 1971 ވަނަ އަހަރު ޖައްވަށް ދަތުރުކުރި ސްޕޭސް ކްރާފްޓުގެ ކެޕްސޫލްގެ ކުޑަ މެޓީރިއަލްކޮޅެއް ޖައްވަށް ގެންގޮސްފައެވެ.
ބްލޫ އޮރިޖިން ކުންފުނިން މިއަހަރު ޖައްވަށް ފޮނުވި ތިންވަނަ ކޮމާޝަލް ސްޕޭސް ކްރާފްޓުގައި ލައުރާ ޝެޕަރޑް އާއެކު ޖުމްލަ 6 މީހަކު ދަތުރުކޮށްފައިވެއެވެ. އަދި މިދަތުރުގައި ޖައްވުގައި ހޭދަވެފައިވަނީ ޖުމްލަ 10 މިނެޓެވެ.
ޖައްވަށް ފަތުރުވެރިކަން ތައާރަފްކުރުމުގެ މަގްސަދުގައި ބިލިއަނަރ ޖެފް ބެޒޯޒްގެ ބްލޫ އޮރިޖިން ކުންފުނީގެ ސްޕޭސް ފްލައިޓުތަކުން މިހާރުވަނީ 100 މިލިއަނަށްވުރެ ގިނަ ޑޮލަރުގެ ޓިކެޓް ވިއްކާފައެވެ.
ބިލިއަނަރ ޖެފް ބެޒޯޒްގެ އިތުރުން، ބިލިއަނަރ އީލަން މަސްކް އަދި ރިޗަރޑް ބްރޭންސަންވެސް ދަނީ ޖައްވުގައި ފަތުރުވެރިކަން ތައާރަފްކުރުމަށް މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު