ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެންބަރު ހުސައިން ވަހީދުގެ ޖަނާޒާ ބާއްވައިފިއެވެ.
ކެންސަރުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ރޭ ދަންވަރު އޭޑީކޭ ހޮސްޕިޓަލްގައި އަވަހާރަވި މެންބަރު ޙުސައިން ވަހީދުގެ މައްޗަށް ކަށުނަމާދު ކޮށްފައިވަނީ މިއަދުގެ މެންދުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައެވެ.
މެންބަރު ޙުސައިންގެ ޖަނާޒާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙާއި ނައިބް ރައީސް ފައިސަލް ނަސީމް އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
އޭގެ އިތުރުން ދަޢުލަތުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ގިނަ ޢަދަދެއްގެ ޢާއްމުންވެސް ވަނީ އެމަނިކުފާނުގެ ޖަނާޒާގައި ބައިވެރިވެފައެވެ.
ހުސައިން އަވަހާރަވުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ނެރުނު ތައުޒިޔާގެ މެސެޖުގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު، މެމްބަރު ޙުސައިން ސިފަކުރައްވަނީ އިޚްލާސްތެރި ބައިވެރިއެއްގެ ގޮތުގައި ކަމަށެވެ. އަދި މެމްބަރު އަވަހާރަވުމަކީ ރާއްޖެއަށާއި ރައްޔިތުންގެ މަޖިލީހަށް ލިބުނު ވަރަށް ބޮޑު ނިކަމެތިކަމެއް ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ ބުނެފައެވެ.
ޙުސައިން އަކީ 17 ވަނަ ރައްޔިތުންގެ މަޖިލީހަށާއި މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެވަޑައިގެން ދާއިރާއަށާއި ގައުމަށް ވެސް ގިނަ ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ. ހުސެއިން އަކީ 19 ވަނަ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާއި، އިމްތިޔާޒް އާއި ސުލޫކް ކޮމިޓީއާއި، ބަޖެޓު ދިރާސާކުރާ ކޮމިޓީގެ އިތުރުން މާލިއްޔަތު ކޮމިޓީއާއި ލާމަރުކަޒީ ކޮމިޓީ ޖޮއިންޓް ކޮމިޓީގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ.
ސިއްހީ ހާލުކޮޅު ގޯސްވެގެން މިއަހަރު ކުރީކޮޅު ޔޫއޭއީގެ ދުބާއީގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި ދުވަސްތަކެއް ވަންދެން އޮންނެވުމަށްފަހު މެންބަރު ހުސައިން ވަހީދު ވަނީ މިދިޔަ މާޗް މަހުގެ 30 ވަނަ ދުވަހު އޮތް މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންފައެވެ. އެ ޖަލްސާގައި މެމްބަރު ހުސައިން ވަނީ އާލާސްކަންފުޅާ އުޅުއްވާކަން ހާމަކުރައްވައި އޭރު ވެސް ފަރުވާ ހޯއްދަވަމުން ގެންދަވާ ކަމަށް ވިދާޅުވެފައެވެ. އަދި އެދުވަސްތަކުގައި އޭނާގެ ހާލު އޮޅުންފިލުވި އެންމެހައި ބޭފުޅުންނަށް ހުސައިން ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަލްފާޟިލް ޙުސައިން ވަޙީދު އަވަހާރަވުމާ ގުޅިގެން އެމަނިކުފާނުގެ ޢާއިލާގެ ބޭފުޅުންނަށް މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދުއާއި މަޖިލީހުގެ ހުރިހާ މެންބަރުންގެ ނަންފުޅުގައި އިޙްލާސްތެރިކަމާއެކު ތަޢުޒިޔާ ދަންނަވަމެވެ. pic.twitter.com/3e9en57HZ0
— People's Majlis (@mvpeoplesmajlis) December 14, 2021
ސިއްހީ ހާލުކޮޅު ގޯސްވެގެން މިއަހަރު ކުރީކޮޅު ޔޫއޭއީގެ ދުބާއީގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި ދުވަސްތަކެއް ވަންދެން އޮންނެވުމަށްފަހު މެންބަރު ހުސައިން ވަހީދު ވަނީ މިދިޔަ މާޗް މަހުގެ 30 ވަނަ ދުވަހު އޮތް މަޖިލީހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންފައެވެ. އެ ޖަލްސާގައި މެމްބަރު ހުސައިން ވަނީ އާލާސްކަންފުޅާ އުޅުއްވާކަން ހާމަކުރައްވައި އޭރު ވެސް ފަރުވާ ހޯއްދަވަމުން ގެންދަވާ ކަމަށް ވިދާޅުވެފައެވެ. އަދި އެދުވަސްތަކުގައި އޭނާގެ ހާލު އޮޅުންފިލުވި އެންމެހައި ބޭފުޅުންނަށް ހުސައިން ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.
ކިޔުންތެރިންގެ ހިޔާލު