28 ވަނަ ބައި
................
އަނެއްކޮޅުން ހިމޭން ވެއްޖެއެވެ. ތިރްލޯކް ފިނި އަޑުން އަނެއްކާވެސް ބުންޏެވެ.
"ހަނދާންކުރޭ! ހަމަ އެންމެ ސައުވީސް ގަޑިއިރު. ފަންސަވީސްވަނަ ގަޑީގައި އެއްވެސް މީހަކަށް ކަލޭގެ ފުރާނަ ސަލާމަތް ކުރެވޭނެ ކަމެއްނޭނގޭ"
ދެން ތިރްލޯކް ފޯން ބާއްވާފައި ބޭރަށް ނުކުމެއްޖެއެވެ. މިހާރު ދެން ޖީތެންދުރަ ޝޯބާ ދޫކޮށްނުލާނޭކަން ތިރްލޯކަށް ޔަޤީންވެއްޖެއެވެ. އެހެން ނަމަވެސް އަމިއްލަ ހިތާ ސިކުނޑި ހަމަޖެހޭގޮތެއް ނުވެއެވެ....... މިހުރިހާ ކަމެއްގެ އަސްލަކީ ރޫޕާއެވެ. އަހަންނަށް މިހުރިހާ ދުވަސް ވީއިރުވެސް ރޫޕާގެ މަތިން ހަނދާން ނައްތާ ނުލެވުނީ ކީއްވެގެން ހެއްޔެވެ. އަހަރެން ނުބައިމަގަށް އެޅުވީ ރޫޕާގެ ބޭވަފާތެރިކަމެވެ..... ރޫޕާއާ ކިޝޯރު ދިރިތިބިހާ ދުވަހަކު އަހަންނަކަށް ހަމަޖެހުމުގެ ނޭވާއެއް ނުލެވޭނެއެވެ. މިހާރު އެމީހުން އެނބުރި އަތުވެދާނެ ކަންނޭގެއެވެ.
ދެން ކުޑައިރުކޮޅަކަށްފަހު ތިރްލޯކް ސޭޓްގެ އޮފީހަށް ފޯންކޮށް ޚަބަރު އޮޅުންފިލުވައިފިއެވެ....
"ކިޝޯރާ ރޫޕާ ސިންގަޕޫރުން އެނބުރި އައިފަހުންވެސް ފަސްއަހަރު ވެއްޖެ. މިހާރު އެމީހުންގެ އަމިއްލަ ފެކްޓަރީއެއް އެބަހުރި އަދި ޖުހޫ ބީޗްގައި ގަނޑުވަރެއްފަދަ ގެއެއް ވަނީ އަޅާފަ އަދި އިއްތިފާޤުން މިއަދަކީ ރޫޕާއާއި ކިޝޯރުގެ ދަރިފުޅުގެ ކާވެނިވާ ދުވަސްވެސް މެ" މިޚަބަރު އަހާފައި ތިރްލޯކްގެ މޭގައި މީހަކު ޖެހި ކަހަލައެވެ....... އަހަރެންގެ ދަރިފުޅު އެހާ ބޮޑުވީ ހެއްޔެވެ..... މިހާރު އޭނާ މީހަކާ އިންނަނީ ހެއްޔެވެ....... އަދި އަހަރެން....... މިހާރު އޭނާގެ ސިފައަކީ ކޮބައި ހެއްޔެވެ.
ތިރްލޯކް އަދި ވަކިން ބާރަށް ގޮށްމުށް ކަވާލިއެވެ. އަދި ހަމަ މިއަދު ރޫޕާއާއި ކިޝޯރުގެ ދުވަސް ދުއްވާލުމަށް އޭނާ ނިންމައިފިއެވެ. މިއަށްވުރެ ވަކި ރަނގަޅު ދަނޑިވަޅެއް ނުލިބޭނެއެވެ.
ކުޑައިރު ކޮޅަކަށްފަހު އޭނާ ޖުހޫ ބީޗްގައިވާ ގެއާ ދިމާއަށް ޓެކްސީގައި ދަތުރު ކުރަމުން ދިޔައެވެ.
+ + + + +
ޖުހޫގައި ހުރި ކިޝޯރާ ރޫޕާގެ ގަނޑުވަރު ހީވަނީ ޒީނަތްތެރި ކޮށްފައިވާ އަލަތު އަންބެއް ހެންނެވެ. ގޭގެ ބޭރުގައި މެހްމާނުންގެ ކާރުތައް ފަތިފައްޗަށް ޕާރކް ކޮށްފައިއޮތެވެ. އަދިވެސް އިތުރު ކާރުތައް އަންނަމުން ދަނީއެވެ. ބައެއް ކާރުތަކުން މެހްމާނުން ފައިބަނީއެވެ. ތިރްލޯކް އެއް ފަރާތެއްގައި ނިވާވެގެން ހުރެ މި މަންޒަރު ބަލަމުން ދިޔައެވެ. ޖީބުގައި އޮތް ވަޅީގެ މުށްގަނޑުގައި އެއްއަތުން ހިފަހައްޓާލާފައިވެއެވެ.
ކުއްލިއަކަށް ބޮޑު ކާރެއް އައިސް މަޑުކޮށްލައިފިއެވެ. އަދި އެއިން ޕްރަބާގެ ފިރިމީހާއާއި ދަރިފުޅު ޝޯބާ ފައިބައިފިއެވެ. އެމީހުންނާ އެކުގައި އަދި އެހެން ފިރިހެން ކުއްޖަކުވެސް އައެވެ. ތިރްލޯކްގެ ހިތް ބާރަށް ތެޅެން ފަށައިފިއެވެ. މިއީ ޝޯބާއެވެ. .... އެކުއްޖަކާއެކު އިއްޔެ އޭނާ ހަރުކަށިވި ކުއްޖާއެވެ. އަދި މި ފިރިހެން ކުއްޖާއަކީ ސޭޓް ސާހަބް ބަލާ ބޮޑުކުރި ކުއްޖާނޫން ކަމެއްވެސް ނޭނގެއެވެ. ކޮންމެއަކަސް އޭނާ އެތެރެއަށް ވަދެގެން ދިޔައީ ވަރަށް ލޯތްބާއެކު ޝޯބާގެ އަތުގައި ހިފައިގެންނެވެ. އެމީހުންގެ ލޮލަކުން އަދިޙަރަކާތަކުންވެސް ރޭގައި އެފަދަ ޙާދިސާއެއް ހިނގިކަމުގެ އަސަރެއް ފެންނާކަށް ނެތެވެ.
ތިރްލޯކްގެ ހިތުގައިވަނީ އުފާވެރިކަމުގެ ބަލިކަށި އިޙްސާސެއް އުފެދިފައެވެ. ދެން އޭނާ ވަގުތު ބަލާފައި ފާރުކައިރިއަށް ޖެހިލައިފިއެވެ. އަދި ފާރުމަތިން އެތެރެއަށް ފުންމާލުމުގައި އެއްވެސް އުނދަގުލަކާ ކުރިމަތިލާކަށް ނުޖެހުނެވެ. އެހެނީ އެހިސާބަށް އޮތީ އަނދިރިކަން ފެތުރިފައެވެ.
ތިރްލޯކް ހޯދަން ބޭނުންވަނީ ކިޝޯރާއި ރޫޕާއެވެ. އޭނާ ފުރަގަހު ފެންޑާއާ ހަމައަށް ހިނގައްޖެއެވެ. ކެއުމުގެ ހުރިހާ އިންތިޒާމުތަކެއް ކުރެވެނީ އެތަނުގައި ކަންނޭގެއެވެ. ހަމަ އެވަގުތު އޭނާއަށް ޕްރަބާ ފެނިއްޖެއެވެ. ކައްކާ މީހުން ގާތުގައި ކޮންމެވެސް ވާހަކައެއް ބުނަން އައީއެވެ. ތިރްލޯކް ކުއްލިއަކަށް ފަހަތަށް ޖެހިލުމުން ޕްރަބާގެ ލޮލުގައި އަޅައިގެންފިއެވެ. އެއާއެކު އެއީ ކާކުހޭ ކިޔަމުން ކުރިޔަށް ހިނގައިގަތެވެ. އަދި ތިރްލޯކަށް ފާރާ ހަމައަށް ދެވުމުގެ ކުރީގައި ޕްރަބާ އައިސް އޭނާގެ އަތުގައި ހިފައިފިއެވެ. އަދި ހަޅޭލައި ގަންނަމުން ބުންޏެވެ.
"މަޑުކުރޭ! ވަގުކަލޭގެއާ..... ގޮތްކުޑަ މީހާ......"
ހަމައެވަގުތު ތިރްލޯކް އެނބުރި ބަލާލުމުން ޕްރަބާ ސިހިއްޖެއެވެ. އިރުކޮޅެއް ވަންދެން ފަރުވާތެރި ކަމާއެކު ބަލަހައްޓައިގެން ހުއްޓެވެ. ދެން ކުއްލިއަކަށް އޭނާގެ އަނގައިން ޙައިރާންކަމާ އުފަލުން ފުރިފައިވާ އަޑު ނުކުތެވެ.
"ތިރްލޯކް ބޭބޭ"
"މަޑުން ބުނޭ! ޕްރަބާ" ތިރްލޯކް ސީރިއަސް ކަމާއެކު ބުންޏެވެ.
ޕްރަބާ ފަރުވާވެ ބަލާލިއެވެ. އަދި ބުންޏެވެ.
"ރަނގަޅަށް ބުނެބަލަ ތިޔައައީ ކީއްކުރަން؟"
"އަހަރެންގެ ދަރިފުޅުގެ ކާވަނި އެއްނޫންތަ؟"
"ދޮގެކެވެ......."
ތިރްލޯކްގެ ސިކުނޑި ރޫޅިގަތެވެ. އޭނާ ހަރުކަށި ގޮތަކަށް ބުންޏެވެ.
"އަހަރެން ދޮގުހަދާކަށް ބޭނުމެއްނޫން. އަހަރެން ރޫޕާއާއި ކިޝޯރު ދުނިޔޭގައި ތިއްބަކަ ނުދޭނަން."
ޕްރަބާ ހިމޭން ވެއްޖެއެވެ. ދެން ތުރުތުރު އަޅާ އަޑަކުން ބުންޏެވެ.
"އެކަމަކު އެމީހުންގެ ކުށަކީ ކޮބައިތަ؟"
"ޕްރަބާ! އެމީހުންގެ ކުށެއް ނުފެނޭތަ؟ އެ ބޭވަފާތެރި އަންހެނާ އަހަރެންގެ ގުރުބާނީއާމެދު އެއްވެސް ފަރުވާލެއް ބެހެއްޓުމަކާ ނުލައި ކިޝޯރާއެކު އޭނާގެ ގެ އާބާދު ކޮށްފި އަހަރެން މިއުޅެނީ ބިކަ ޙާލުގަ. އޭނާ އެ އުޅޭގޮތް ކިހާ އަރާމުވެފައި ހިތްހަމަޖެހޭ؟"
"އަހަރެން ހުރިހާކަމެއް ހަނދާން އެބަހުރި. ހުރިހާކަމެއް އަހަންނަށް ސާފުކޮށް އެނގޭ. ބޭބޭ. ބޭބެމެންގެ މެދުގައި ޖެހުނު ހުރިހާ ކުނިމިލައެއް ރަނގަޅަށް އެނގޭ. ބޭބެ ރޫޕާއާމެދު ޝައްކު ކުރީ. އެހެންކަމުން އޭނާގެ ހިތުގައި އުފެދިފައިވާ ލޯތްބަށް ހިރަފުސް ބުރީ. އެދުވަސްވަރު ބޭބެގެ ދަރިފުޅު ކިޝޯރުގެ ދަރިއަކަށް ނުހެދިނަމަ މިއަދު އެހާ ރަނގަޅު ޢާއިލާއެއްގެ ކުއްޖަކާ ނީނދެވުނީސް. ޖަލުގައި ދުވަސްތައް ގުނަމުންދާ މީހެއްގެ ދަރިއަކު އެފަދަ މާތް ޢާއިލާއަކާ އޮންނާނީ ކޮންގުޅުމެއް؟ ރޫޕާ އެފިޔަވަޅު އެޅީވެސް ހަމަ ބޭބެއަށް ޓަކާ. މުންނީ އަށްޓަކާ. މިއީ ހައްތާވެސް މިދެމެދުގައި ހިނގި ކަންތައްތައް.
ބޭބެ ރޫޕާގެ ކަރުގައި ހިފާ މަރާލަން އުޅުނު ދުވަހު އޭނާ ވަޒީފާ ދޫކޮށްލައިފި. ކިޝޯރުގެ ކޮޓެޖް ދޫކޮށްލި. އެއަށްފަހުގައިވެސް ކިޝޯރު ނިވާފަތްގަނޑަކަށް ނުވިނަމަ ދަރިފުޅާ އަނިބމީހާގެ މަތިން ބޭބެ އަތްދޮވެލަން ޖެހޭނެ އެކަމަކު....... މިކަމުގެ އަސްލު ސަބަބު އަހަރެންގެ ފަރާތުން ދިމާވި ޙާދިސާއިން ބޭބެއަށް ރަނގަޅަށް އެނގި ވިސްނިދާނެ"
"ކޮން އެއްޗެއް؟
"ބޭބެ ހަނދާން ހުންނާނެ ކަންނޭނގޭ. ދެއަހަރު ވަންދެން ހުވަފަތް ކަންމަތީ އެއަންހެން ވަންތަކަން އޮއްބާލައިގެން އަހަރެން އިނީން އެއީ ގުދުރަތުގެ އުފެއްދުން. ދެއަހަރު ދުވަހަށްފަހު އަހަރެންގެ މަރްޙޫމް ފިރިމީހާގެ މަތިން ހަނދާން ވުމާއެކުވެސް އަހަރެންގެ އެތެރެ ހަށީގައިވާ ބޭނުންތެރިކަން އޮއްބައެއް ނުލެވުނު އެންމެ ފަހުން އަހަރެން ދެވަނަ ކާވަންޏެއް ކުރީ. ރޫޕާއާއި ކިޝޯރުގެ އެތެރެހަށީގައިވެސް އެފުދެނީ ހަމަ އެބޭނުންތެރިކަން.
ތިރްލޯކް ބޭބޭ. މިއީ ދޭވީ ދޭވަތާއިންގެ ޒަމާނެއް ނޫން. ޖަޒްބާތުން އެއްކިބާވެހުރެ ތެދުވެރިކަމުގެ އަލީގައި ބޭބެ އެދެމީހުންނަށް ބަލާލަ ބަލަ. ދިހައަހަރު ވަންދެން ރޫޕާ ބޭބެގެ ލޯތްބަށް އިތުބާރުކޮށް އަމާނާތްތެރި ކަމާއެކު އިނދެދޭނެ ކަންނޭނގޭ. އެހެން ނަމަވެސް ބޭބެ އޭނާއާމެދު ޝައްކުކޮށް އިތުބާރު ނަގާލީ. ރޫޕާއަކީ އަހަރެންގެ ދައްތަ. ރަޙްމަތްތެރި އެއްވެސް މެ. އޭނާ އެއްވެސް ކަމެއް އަހަންނަކަށް ނުފޮރުވާ. ރޫޕާ އެ ތެދުވެރިކަން އުވާލީ ބޭބެގެ އެނުފަލާ ޙަރަކާތަށް ފަހު. އޭގެ ކުރީގައި އޭނާއަކީ ހަމައެކަނި ބޭބެގެ ލޯބި އަމާނާތްތެރި ކަމާއެކު ބަލަހައްޓަމުން އައި މީހެއް. އޭނާގެ އެތެރެހަށީގައިވާ ބޭނުންތެރިކަން ހޭލައިގަތީވެސް އޭގެ ފަހު. އެންމެފަހުން އެބޭނުންތެރިކަމާއެކު އޭނާ ކިޝޯރާ ހަމައަށް ދިޔައީ. އަދި ބޭބެގެ ގާތުން ވަރިވެގެން ކިޝޯރާ އިންނަން މަޖްބޫރުވީ.
ތިރްލޯކް ބޭބެ. މިކަންތައް ގަނޑުގެ ފަހުން ސަތާރަ އަހަރު ވޭތުވެދިޔައީ. އަދި ބޭބެ ޖަލުން ސަލާމަތްވި ފަހުންވެސް ލައްކަ ދުވަސްވެއްޖެ. ދޮގުނުބުނެ ރަނގަޅަށް ބުނެބަލަ. މިވީ ދުވަސްތަކުގެ ތެރޭގައި ބޭބެގެ ހަށިގަނޑުގައިވާ ބޭނުންތެރިކަން ނުހޭލާތަ؟ ބޭބެ ދިރިހުންނަނީ ހަމައެކަނި ރޫޕާގެ ހަނދާނުގައިތަ؟ މިއީ ތެދުކަމުގައި ވަންޏާ އަވަހަށްގޮސް އެދެމީހުން މަރާލާ. އަހަރެން އެއްވެސް މީހަކު ގާތުގައި ނުބުނާނަން. މަރާލާ އަވަހަށް ދޭ"
ތިރްލޯކްގެ ސިކުނޑީގައި ރަނގަބީލު ޖެހެން ފަށައިފިއެވެ. ޕްރަބާ އެދެއްކީ ކިހާ ރަނގަޅު ވާހަކަތަކެއް ހެއްޔެވެ.
ތިރްލޯކް ވިސްނުމެއްގެ ތެރެއަށް ގެއްލިފައި ހުއްޓާ ފިޔަވަޅުތަކެއްގެ އަޑު ގުގުމައިގަތެވެ. އެއާއެކު އޭނާ ސިހިއްޖެއެވެ. ޕްރަބާވެސް ތެޅިގަތެވެ. އޭނާއަށް ކިޝޯރުގެ އަޑު ވަކިވިއެވެ. ބުނާއަޑު އިވުނެވެ.
"ޕްރަބާ އެވަނީ ކޮންތަނަކަށް؟ މިކޮޅުން ހުރިހާ އިންތިޒާމެއް ބޮއްސުން ލަނީ"
ތިރްލޯކްގެ ހިތް ބާރަށް ތެޅިގަތެވެ. ކިޝޯރު އޭނާ ފެނިފައި ސިހުމާއެކު ޕްރަބާ ގާތުގައި އެހިއެވެ.
"މިއީ ކޮން ބޭކަލެއް؟ "
ޕްރަބާގެ މޫނު މައްޗަށް އާކުލަވަރެއް އައުމާއެކު ފައިބައިގެން ހިނގައްޖެއެވެ. އަދި އަވަސް އަވަހަށް ބުންޏެވެ.
"އެނގިއެއް ނުލައްވާތޯ؟ މިއީ ތިރްލޯކް ބޭބެ"
"ތިރްލޯކް..........؟" ކިޝޯރު ފުންމައިގަތެވެ.
"ލައްބަ. ބޭބެ އުޅުނީ ހަމަ މިޝަހަރުގައެވެ. މިއަދު މުންނީގެ ކާވަނި ކުރެވޭކަން އޭނާއަށް އެނގިފައި އޮތީ. އެހެންކަމުން މިއަދު މުންނީ ދެކެލަން އައީ"
"ސިއްރިޔާތުގައިތަ؟" ކިޝޯރު މަލާމާތުގެ ގޮތަކަށް ބުންޏެވެ. "އަދި އެހާދުރުން. ހަމައެކަނި ދެކެލަން!. ހީވަނީ މުންނީއަކީ ދުރުހިލޭ ކުއްޖެއް ހެން. ދެން ފަރުދާ ކަހާލާ. ހިނގާ. އަވަހަށް ހިނގާ"
ކިޝޯރު އެއްވެސް ސިހުމެއްނެތި ތިރްލޯކްގެ އަތުގައި ހިފައިފިއެވެ. އަދި ކާވަނި ކުރާ ތަނާ ދިމާއަށް ހިނގައިގަތެވެ. ތިރްލޯކް ޙައިރާން ވެއްޖެއެވެ. އޭނާއައީ ކިޝޯރު މަރާލާށެވެ. އަދި ހަމަ އެކިޝޯރު އޭނާގެ އަތުގައި ހިފައިގެން ދަމާ އެތެރެއަށް ވައްދާނެ ކަމަކަށް ހުވަފެނުގައިވެސް އޭނާ ވިސްނާފައެއް ނެތެވެ. ހީވަނީ މާޟީގައި އެއްވެސްކަމެއް ހިނގާފައި ނުވާހެންނެވެ.
ކާވަނި ކުރެވޭ ތަނުގެ ދޮރުމަތިން ރޫޕާ ފެނިއްޖެއެވެ. އެއާއެކު ތިރްލޯކްގެ މޭގައި މީހަކު ބޮނޑިއެއް އެޅި ކަހަލައެވެ. ރޫޕާ މެދުޢުމުރަށްވުރެ މައްޗަށް ހިނގައްޖެއެވެ. ބޮލުގައި ހިސާބަކަށް ނުރަ ހުއްޓެވެ. އެހެން ނަމަވެސް މޫނުމަތީގައި ހުރީ އަދިވެސް ހަމަ އެކުލައެވެ. އޭނާހުރީ އަގުބޮޑު ގަހަނާއާއި އަގުބޮޑު ސާޅިއަކުން ޒީނަތްތެރި ވެގެންނެވެ. އަދި ބުންޏެވެ.
"އެންމެން ތިޔަ އުޅެނީ ކޮންތާކުތަ؟ މިހާރު އެއޮއް ގަޑިޖެހެނީ"
"އަސްތާ ރޫޕާ! ނިކަން ދެކެ ބަލާ. މިއޮއް އައީ ކާކު؟ ކިޝޯރު ބުންޏެވެ.
"ކާކުތޯ؟" ރޫޕާ އައިނު ރަނގަޅު ކޮށްލާފައި ބަލާލިއެވެ.
"ބުނެބަލަ. މިއީ ކާކު؟"
ކުއްލިއަކަށް ރޫޕާ އުފަލުން ތެޅިގަތެވެ.
"އަސްތާ! ތިރްލޯކް ބާބޫ...... ތިޔައީ ހަމަ ތިރްލޯކް ތޯ؟"
"އާނ! ދަރިފުޅުގެ ކާވެނިކުރެވޭ މަންޒަރު ސިއްރު ސިއްރުން ދެކެލަން އައީ"
"އެހެންތޯ......." ރޫޕާ އުފަލުން ފުރިފައިވާ ހިނިތުން ވުމަކާއެކު ބުންޏެވެ. "މިތާނގައި އުޅޭތާ ފަސްއަހަރު ދުވަސް ވެއްޖެ. ސިންގަޕޫރުން އައިފަހުން ތިރްލޯކް ހޯދަންވެގެން އަޅުގަނޑުމެންނުކުރާ މަސައްކަތެއްނެތް. އެތައް ފަހަރަކު ޖަލުންވެސް މަޢުލޫމާތު ހޯދިން. ނޫސްތަކުގައި އިސްތިހާރު ޖެއްސީން. ތިޔަ އުޅުއްވަނީ ކޮންތާކުތޯ. މި ޝަހަރުގައި އުޅުއްވިނަމަ އަޅުގަނޑުމެންނަށް އެނގޭނެ"
ތިރްލޯކްގެ ހިތް ގަދަހަދާފައި ބޭރަށް ނުކުންނަން އުޅޭ ކަމުގައި އިޙްސާސް ކުރެވުނެވެ. އޭނާ އެދެމީހުން މަރާލަން އައީ ކިހާ ބޮޑަށް ރުޅިއައިސްފައި ހެއްޔެވެ. އެކަމަކު އެމީހުންގެ އިސްތިޤްބާލް......!!
ކުއްލިއަކަށް ރޫޕާ ބުނެފިއެވެ.
"ހިންގަވާ. ތިޔަ ދުރުވީ އެންމެ ރަނގަޅު ވަގުތާ ދިމާ ކުރައްވާފަ. އަވަހަށް ހިންގަވާ."
ދެން އަނެއްފަރާތުން ރޫޕާ ތިރްލޯކްގެ އަތުގައި ހިފައިފިއެވެ. އަދި އޭނާ ކާވަނިވާތަނަށް ގެނެސްފިއެވެ. އޭރު އެތާނގައި މޯނާއާއި އޭނާ އިންނަންއުޅޭ ކުއްޖާ ތިއްބެވެ. މޯނާ އިނީ އަލަތުކާވަނީގެ ހެދުމުގައެވެ. ހީވަނީ ރޫޕާގެ ޒުވާން ދުވަސްވަރުގެ ތަސްވީރެއް ހެންނެވެ........ އެކަމަކު ރޫޕާއަށްވުރެ ތަންކޮޅެއް ދޮނެވެ.
މި މީހުންނަށް ބަލާލާފައި ޕަންޑިތު ބުންޏެވެ.
"ލަސްނުކުރައްވާ. އިރުވަރު ފާއިތުވެދާނެ"
"ދެން ލަހެއް ނުވާނެ. އިރުވަރެއްވެސް ފާއިތެއް ނުވާނެ" ކިޝޯރު ހިނިތުން ވެލާފައި ބުންޏެވެ. "މިހާރު ދެން މުންނީގެ ފަރާތުން ކުރަންވާ ހުރިހާކަމެއް ކުރާނީ މުންނީގެ ބައްޕަ"
[ބަ..... ބައްޕަ........!] ތިރްލޯކަށް ހީވީ އޭނާގެ ނިތްކުރީގައި ހިލަބުރިއަކުން ޖެހުނު ހެންނެވެ.
"ވަކި އެހެން ކާކުތޯ؟" ރޫޕާ ބުންޏެވެ. "ތިރްލޯކް ހީކުރެއްވީ ކިހިނެއްތޯ؟ އަޅުގަނޑުމެން މުންނީއަށް ސިއްރު ކޮށްގެން ތިބީ ކަމުގައިތޯ؟ އެއީ ކުށްހީއެއް. މޯނާއަށް ވިސްނެން ފަށާއިރަށް އަޅުގަނޑު ހުރިހާ އެއްޗެއް އޭނާއަށް ކިޔާދީފީން. ސްކޫލްގައާއި އަދި ކޮލެޖްގައި ބައްޕައަކީ ކިޝޯރު ބާބޫކަން ގައިމް. އެހެން ނަމަވެސް އަސްލު ބައްޕައަކީ ތިރްލޯކް ބާބޫކަންމިހާރު އޭނާއަށް އޮޅިފައެއް ނޯންނާނެ"
ތިރްލޯކް ތަލިން ކުޅުހިކިފައި ހުއްޓެވެ. ދެން ކިޝޯރު މޯނާގެ ބަފާކަލޭގެއާ އެހެނިހެން މެހްމާނުންނަށް ތިރްލޯކް ތަޢާރަފް ކޮށްދިނުމަށްފަހު މޯނާގެ އަސްލު ބައްޕައަކީ ތިރްލޯކް ކަން އަންގާދިނެވެ.
ތިރްލޯކްގެ ސިކުނޑި އުދުހެން ފަށައިފިއެވެ. އޭނާއަށް ހީވަނީ ހުވަފެނެއް ފެންނަނީ ހެންނެވެ. ކުއްލިއަކަށް އޭނާއަށް ހަމަކައިރިން އަޑު އައެވެ.
"ޑެޑީ. ބައްޕަގެ ދަރިފުޅާ ދިމާއަކަށް ބައްލަވައެއް ނުލައްވާނަން ތޯ؟ "
ތިރްލޯކް އެނބުރިލާފައި މޯނާއަށް ބަލާލިއެވެ. އޭނާ ހުރީ ތިރްލޯކްގެ ހަމަ ކުރިމަތީގައެވެ. ތިރްލޯކްގެ މުޅި ހަށިގަނޑު ރޫރޫއަޅައިގަތެވެ. މިއީ މުންނީއެވެ. އެންމެފަހު ފަހަރަށް ޕްރަބާގެ އުރުގައި އިންދާ އޭނާ ދެކެފައިވާ މުންނީއެވެ. މިއީ އޭނާގެ ދަރިފުޅެވެ...... ތިރްލޯކް ފިނިވެއްޖެއެވެ...... ލޮލުން ކަރުނައިގެ ސައިލާބު ދެމިއްޖެއެވެ......... ތުންފަތް ތުރުތުރު އަޅައިގަތެވެ. ........އޭނާގެ އަޑު ނުކުތެވެ.
"ދަރިފުޅާއެވެ.........!"
"ޑެޑީއެވެ..........!!"
ދެވަނަ ހިނދުކޮޅުގެ ތެރޭގައި މޯނާ ތިރްލޯކްގެ މޭގައި ލައްވެއްޖެއެވެ. ތިރްލޯކްގެ ލޮލުން ބޭ އިޚްތިޔާރުގައި ކަރުނަ އޮހޮރި އޮހޮރި ހުއްޓެވެ. މޯނާގެ ލޮލުންވެސް ހަމައެވަރަށް ކަރުނަ އޮހޮރެއެވެ. ތިރްލޯކް މޯނާގެ ނިކްތުރީގައި ބޮސްދިނެވެ.
އެވަގުތު އަނެއްކާވެސް ޕަންޑިތު ބުންޏެވެ.
"ކޮއިފުޅާ. އިރުވަރު ޖެހިއްޖެ"
ރޫޕާ ކަރުނަ ފޮހެލާފައި ބުންޏެވެ.
"ހިނގާ. ދަރިފުޅާ. އަވަހަށްގޮސް އިށީންދޭ"
މޯނާ އިށީނދެއްޖެއެވެ.
ކިޝޯރު ކުރެހިފައިވާ އަޑަކުން ތިރްލޯކް ގާތުގައި ބުންޏެވެ.
"ދޭ....... އަންހެން ކުއްޖާގެ ފަރާތުން ކުރާ ހުރިހާކަމެއް ކަލޭގެ އަތުން ކުރޭ!"
"ނޫން........!] ތިރްލޯކް ގިސްލެވުމާއެކުގައި ބުންޏެވެ.] އަޅުގަނޑަކީ ހަމައެކަނި ދެމަސް ދުވަހުގެ ބައްޕައެއް. މި މޯނާގެ އަސްލު ބައްޕައަކީ ތިޔައީ އޭނާ ބަލާ ބޮޑުކޮށް އެވަރުކުރީ ކިޝޯރް"
އެއަށްފަހު ތިރްލޯކްގެ އެތައް އާދޭހަކާއެކު އެތަނަށް ދާން ޖެހުނީ ކިޝޯރެވެ.
+ + + + +
އެސް.ޕީ. ތިރްލޯކްގެ ބޮލުން ފެށިގެން ފަޔަށް ބަލާލިއެވެ. އަދި ބުންޏެވެ.
"ބުނެ ބަލަ. ކޮންސިއްރެއް؟. އަދި ކޮން މުހިންމު ވާހަކައެއް؟"
"ސަރ. އެތައް އަންހެން ކުދިންނެއްގެ އަބުރު ނަގާލުމާ ލޫޓުވުމުގެ ނުބައި ޢަމަލު ހިންގާ ޑާކޫ އަތުލައި ގަތުމަށްޓަކައި މަނިކުފާނު މަސައްކަތް ކުރައްވާތާ ދިހަ އަހަރު ދުވަސް ވެއްޖެ ނޫންތޯ؟"
"އާނ....." އެސް.ޕީ ގޮނޑީގައި ހަމަޖެހިލަމުން ބުންޏެވެ. "ކަލޭ އޭނާ ދަންނަންތަ؟"
"ލައްބަ. ސާހަބް! އެހެން ނޫންނަމަ މިތަނަށް އަންނަންވީ ކީއްކުރަންތޯ؟"
"އެހެންވިއްޔާ އޭނާ އަތުލައި ގަތުމުގައި އަހަރެންނާ އެހީވޭ......... އޭނާ އަތުލައިގަތް މީހަކަށް ފަންސަވީސްހާސް ރުފިޔާގެ އިނާމެއް ދިނުމަށް ސަރުކާރުން މިހާރު ކަނޑައަޅާފައިވޭ......."
"އަޅުގަނޑު އޭނާ އަތުލައި ދީފާނަން. އެކަމަކު ޝަރުތެއްގެ މަތިން"
"އަވަހަށް ބުނޭ......!"
"ފުރަތަމަ ނަމްބަރަކީ އޭނާ ހައްޔަރު ކުރެވުނުކަން ސިއްރުކުރަން ޖެހޭނެ. އޭނާއާ ބެހޭގޮތުން ނޫސްތަކުގައި ޚަބަރު ޖެހިގެން ނުވާނެ. އޭނާގެ ފޮޓޯ ޗާޕުކުރެވިގެން ނުވާނެ. ދެވަނަ ނަމްބަރަކީ އޭނާއާމެދު ޝަރީޢަތް ކުރެވެން ޖެހޭނީ ޢާންމުންނާ އެކަހެރި ގޮތެއްގަ. އަދި އޭނާއަށް ގަދަފަދަވެގެންވާ ޢުޤޫބާތް ދޭނެކަމަށްވެސް ވަޢުދުވެ ލައްވާ"
"އެކަމަކު ތިޔަ ހުރިހާކަމެއްގެ ސިއްރަކީ ކޮބައިތަ؟"
"ސާހަބް!. ބޭނުން ވެލައްވަނީ ކުށްވެރިޔާ ނޫންތޯ......؟"
"ޝައްކެއްނެތް. ބޭނުން!"
"އެހެންވިއްޔާ ވަޢުދު ވެލައްވާ......"
"އެންމެ ރަނގަޅު. ކަލޭގެ ހުރިހާ ޝަރުޠެއް ޤަބޫލުކޮށް ހުރިހާކަމެއް ކަލޭ ބުނިގޮތަށް ކުރަންކަމަށް އަހަރެން ވަޢުދުވަން. އަވަހަށް އޭނާ އަތުލައިދީ!"
"އެހެންވިއްޔާ އަވަހަށް ހައްޔަރު ކުރައްވާ"
ތިރްލޯކް ދެއަތް ދިއްކޮށްލިއެވެ. އެއާއެކު އެސް.ޕީ ޙައިރާންވެ އަންތަރީސްވެފައި ހުރެއްޖެއެވެ.
-ނިމުނީ-
* "އެހީގެ އަގު" ވާހަކައިގެ މިބައިގައި ގެނެސްދެވިފައިވާނީ ވާހަކައިގެ ޞަފުހާ ނަމްބަރު 115 އިން 120 އަށެވެ.

ކިޔުންތެރިންގެ ހިޔާލު