ހިންދީ ފިލްމު ބަޖްރަންގީ ބައިޖާން 2 އިއުލާންކޮށްފިއެވެ.

2015 ވަނަ އަހަރު ރިލީޒް ކޮށްފައިވާ ހިންދީ ފިލްމު ބަޖްރަންގީ ބައިޖާންގެ ދެވަނަ ބައެއް ރިލީޒް ކުރާނެކަން އިއުލާންކޮށްފައިވަނީ ހިންދީ ފިލްމު އާރްއާރްއާރްގެ ޕްރީ ރިލީޒް އިވެންޓެއްގެ ތެރެއިން ސަލްމާން ޚާނެވެ.

ހިންދީ ފިލްމު ބަޖްރަންގީ ބައިޖާންގެ ދެވަނަ ބައެއް ރިލީޒް ކުރާނެކަން އިއުލާންކުރަމުން، ސަލްމާން ވަނީ ބަޖްރަންގީ ބައިޖާންގެ ފުރަތަމަ ފިލްމަށް ލިބުނު ކާމިޔާބީ ފާހަގަކޮށް ފިލްމު ލިޔެ އުފައްދަން އެހީތެރިވި ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ. އަދި މިފިލްމަކީ އޭނާގެ ހަޔާތުގައިވެސް އެންމެ ފާހަގަކޮށްލެވޭ އެންމެ ކާމިޔާބު އެއްފިލްމުކަމަށް ސަލްމާން ފާހަގަކުރިއެވެ.

މިފިލްމުގެ ލީޑު ރޯލުން ސަލްމާން ޚާން އަދި ކަރީނާ ކަޕޫރް ފެނިގެން ދިިޔައިރު، މިފިލްމުގައި ކުޑަ ކުއްޖެގެ ރޯލު އަދާ ކުރި ހަރްޝާލީ މަލޯތުރާއަށް ބޮޑު މަގުބޫލު ކަމެއް ލިބިގެންދިއައެވެ. ހާއްސަ ގޮތެއްގައި ޅައުމުރެއްގައި ވާހަކަ ނުދެއްކޭ ކުއްޖެއްގެ ރޯލު ދައްކައިދިން ގޮތް ގިނަ ބެލުންތެރިން ފާހަގަކޮށްފައިވެއެވެ.

ބަޖްރަންގީ ބައިޖާން 2 އިއުލާންކުރިނަމަވެސް، މިފިލްމު ރިލީޒް ކުރާނެ ވަކި ތާރީޙެއް އަދި މިފިލްމުން ފެނިގެން ދާނެ ތަރިންގެ މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެެއެވެ. ނަމަވެސް މީގެ ފުރަތަމަ ފިލްމަށް ލިބުނު ފަދަ ކާމިޔާބީއެއް ދެވަނަ ފިލްމަށް ލިބުމަށް އުއްމީދު ކުރާކަމަށް ސަލްމާން ޚާން ފާހަގަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން