އިންސްޓަގްރާމުން ފިިރިމީހާގެ ނަންނެގީ މާބޮޑު ސަބަބެއް އޮވެގެނެއް ނޫންކަމަށް ކާމިޔާބު ފިލްމީތަރި ޕްރިޔަންކާ ޗޯޕްރާ ބުނެފިއެވެ.

ފިލްމީ ތަރި ޕްރިޔަންކާ ޗޯޕްރާ އަދި ލަވަކިޔުންތެރިއާ ނިކް ޖޯނަސްގެ ލޯބީގެ ގުޅުމުގެ ވާހަކައަކީ އެތައް ދުވަހެއް ވަންދެން މީޑިއާތަކުގެ ފަލަ ސުރުހީތަކުން ފެނިފައިވާ ވާހަކައެކެވެ. މިގުޅުން އިތުރަށް ވަރުގަދަވެ ކައިވެެންޏަކާ ހަމައަށް ދިއައިރު ގިނަަބައެއްގެ ފާޑުކިއުންވެސް މިދެތަރިންނަށް އަމާޒު ވެގެން ދިއައެވެ.

ޕްރިޔަންކާ ވަނީ ކައިިވެންޏަށްފަހު ޕްރިޔަންކާ ޗޯޕްރާގެ ނަން ޕްރިޔަންކާ ޗޯޕްރާ ޖޯނަސަށް ބަދަލުކޮށް އިންސްޓަގްރާމްފަދަ ބައެއް މީސްމީޑިއާ އެޕްތަކުގައިވެސް ޕްރިޔަންކާ ޗޯޕްރާގެ ނަން ޕްރިޔަންކާ ޗޯޕްރާ ޖޯނަސަށް ބަދަލުކޮށްފައެވެ. ނަމަވެސް މީގެ ކުޑަ ދުވަސްކޮޅެއް ކުރިން އިންސްޓަގްރާމްގެ ޔޫސަރ ނޭމްގެ ގޮތުގައި ބޭނުންކުރަމުން އައި ނަމުން ޕްރިޔަންކާ ވަނީ އޭނާގެ ފިިރިމީހާ، ޖޯނަސްގެ ނަން އުނިކޮށްފައެވެ. މިއާއެކު ނިކް ޖޯނަސް އަދި ޕްރިޔަންކާގެ ގުޅުމަށް ބުރޫ އަރާ ކައިވެނި ރޫޅެނީ ކަމަށް ބުނެ ގިނަ ވާހަކަތަކެއްވެސް ފެތުރެން ފެށިއެވެ.

މިކަމަށް ރައްދުދެމުން ޕްރިޔަންކާ ވަނީ އިންސްޓަގްރާމުން ފިިރިމީހާގެ ނަންނެގީ މާބޮޑު ސަބަބެއް އޮވެގެން ނޫންކަން ފާހަގަކޮށްފައެވެ. އަދި ސޯޝަލް މީޑިއާގައި މީހުން ކުރާކަންކަން އެހާ ބޮޑު ކަމަކަށް ނުހެދުމަށް އޭނާ އިރުޝާދު ދީފައިވެއެވެ.

"އިންސްޓަގްރާމުން ފިިރިމީހާގެ ނަންނެގީ މާބޮޑު ސަބަބެއް އޮވެގެނެއް ނޫން. ބޭނުންވީ އަހަރެންގެ ޓްވިޓަރ ޔޫސަރ ނޭމް އާއި ގުޅުވާލަން. ވަރަށް ހައިރާންވޭ ސޯޝަލް މީޑިއާގައި ހިނގާ ކަންކަން އެހެން މީހުންނަށް ބޮޑުކަމަކަށް ވާތީ." ޕްރިޔަންކާ ބުންޏެވެ.

މިއާއެކު ނިކް ޖޯނަސް އަދި ޕްރިޔަންކާގެ ގުޅުމަށް ބުރޫ ނާާރާކަން މިވަނީ ޔަގީންވެގެން ގޮސްފައެވެ.

މިދެތަރިންގެ ލޯބީގެ ގުޅުމުގެ ވާހަކަތަކަށް މީޑިއާތަކުން ބޮޑު ސަމާލުކަމެއް ލިބިގެން ދިޔަނަމަވެސް އުމުރުގެ ގޮތުން ބޮޑުތަފާތެއް ހުރުމާއެކު ގިނަބައެއްގެ ފާޑު ކިޔުންތައް އަމާޒުވެގެން ދިއައެވެ. ހާއްސަ ގޮތެއްގައި މިފަދައިން ފާޑުކިޔާމީހުން ފާހަގަ ކުރަނީ ޕްރިޔަންކާ ނިކް ޖޯނަސް އަށްވުރެއް އުމުރުން 10 އަހަރު ދޮށި ވާހަކައެވެ.

ބޮލީވުޑް އަދި ހޮލީވުޑްގައިވެސް ބޮޑެތި ކާމިޔާބީތަކެއް ހާސިލުކޮށްފައިވާ ޕްރިޔަންކާ، އަދި ލަވަކިޔުންތެރިއާ ނިކް ޖޯނަސް ކައިވެނިކޮށްފައިވަނީ 2018 ވަނަ އަހަރުއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން