މިއަހަރުގެ މިސް ޔުނިވަރސް މުބާރާތުގެ އެއް ޖަޖަކަށް ފެނިގެންދިޔަ ބޮލީވުޑްގެ މަޝްހޫރު ފިލްމީތަރި އުރްވަޝީ ރައުޓެލާއަށް، މިމުބާރާތް ޖަޖުކުރުމަށް 80 މިލިއަން އިންޑިއަން ރުޕީސް ލިބުނު ކަމަށް ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.
2013 ވަނަ އަހަރު ފިލްމީ ދާއިރާއަށް ތައާރަފް ވެގެންދިޔަ އުރްވަޝީ ރައުޓެލާ އަކީވެސް މިސް ޔުނިވާސް މުބާރާތް ކާމިޔާބު ކުރި ފަންނާނެކެވެ. އޭނާ މިމުބާރާތް ކާމިޔާބުކޮށް މިސް ޔުނިވަރސްގެ ތާޖު ހާސިލުކޮށްފައިވަނީ 2015 ވަނަ އަހަރުއެވެ.
އެއަށްފަހު މިސްޔުނިވަރސްގެ މުބާރާތަކުން އުރްވަޝީ ފެނިގެން ދިއައީ، މިއަހަރު ބޭއްވި މުބާރާތުގައި ޖަޖެއްގެ ގޮތުގައެވެ. މިއާއެކު އޭނާ ވެގެންދިއައީ މިސް ޔުނިވަރސް މުބާރާތުގެ ތާރީޙުގައިވެސް އެންމެ ހަގު ޖަޖުގެ ގޮތުގައެވެ.
މިއަހަރުގެ މިސް ޔުނިވަރސް މުބާރާތުގެ ޖަޖުކަން ކުރުމަށް އުރްވަޝީއަށް 1.2 މިލިއަން ޑޮލަރު ލިބުންކަމަށްވެއެވެ. އެއީ ގާތްގަނޑަކަށް 80 މިލިއަން އިންޑިއާ ރުޕީސްއެވެ.
އުރްވަޝީ ޖަޖުކަން ކޮށްދިން މިއަހަރުގެ މިސްޔުނިވަރސް ތާޖު ކާމިޔާބު ކުރީ އިންޑިއާއިންނެވެ. މިއާއެކު އޭނާ ވަނީ މިސް ޔުނިވަރސްގެ ޖަޖެއްގެ ހައިސިއްޔަތުން އޭނާއަށް ނިންމުނު އެނިންމުމަކީ އެންމެ ބޮޑު ނިންމުންކަމަށް ބުނެ އަނެއްކާވެސް މިކާމިޔާބީ އިންޑިއާގެ ކަނބަލަކަށް ލިބުމުން އެކަމުގެ އުފާ މީސްމީޑިއާގައި ހިއްސާކޮށްފައެވެ.
މިއަހަރުގެ މިސް ޔުނިވަރސް ތާޖު ކާމިޔާބުކޮށްފައިވަނީ އުމުރުން 21 އަހަރުގެ އިންޑިއާގެ ރީތީގެ ރާނީ ހަރްނާޒް ސަންދޫ އެވެ.

ކިޔުންތެރިންގެ ހިޔާލު