ބޮލީވުޑްގެ ފިލްމީތަރި ރިތިކް ރޯޝަންގެ ކުރިއަށް އޮތް ފިލްމުގައި އޭނާ ފެނިގެންދާނީ ފިލްމީތަރި އަނިކް ކަޕޫރާއެކުގައި ކަމަށް ރިތިކް ހާމަކޮށްފިއެވެ.
ރިތިކް މިހެން ބުނެފައިވަނީ އަނިކް ކަޕޫރުގެ 65 ވަނަ އުފަން ދުވަހުގެ ތަހުނިޔާ ކިޔުމަށް މީސްމީޑިއާގައި ހިއްސާކޮށްފައިވާ ޕޯސްޓަކާއެކުއެވެ.
މިއީ މިދެތަރިން އެކުގައި ފެނިގެންދާނެ ފުރަތަމަ ފަހަރެވެ. އެގޮތުން ލެޖެންޑަކާއެކު އެއްފިލްމަކުން ފެނިގެން ދިއުމަކީ ލިބޭ ބޮޑު ޝަރަފެއް ކަމަށް ރިތިކް ފާހަގަކޮށްފައިވެއެވެ.
މިދެތަރިން އެއްކޮށް ފެނިގެންދިއުމަށް ހަމަޖެހިފައިވަނީ އެކްޝަން ފިލްމު ފައިޓަރ އިންނެވެ. ރިތިކާއި އަނިކް ކަޕޫރާއެކު މި ފިލްމުން ދެން ފެނިގެން ދާނީ ދީޕިކާ ޕަޑޫކޯންއެވެ.
ސިދާރތު އާނަންދު ޑައިރެކްޓު ކުރާ މިފިލްމުގައި ފެނިގެން ދާނީ އިންޑިއާ ސިފައިން ގައުމަށްޓަކައި ވަމުންދާ ގުރުބާނީތަކެވެ.

ކިޔުންތެރިންގެ ހިޔާލު