އިންޑިއާގެ އިތުރުން 80 ގައުމެއްގެ 1500 އަށްވުރެއް ގިނަ ސްކްރީނުގައި ހިންދީ ފިލްމު "83" ރިލީޒްކޮށްފިއެވެ. މިއީ ބައިނަލްއަގުވާމީ ގޮތުން ހިންދީ ފިލްމެއް މިހާ ބޮޑުކޮށް ރިލީޒްކުރި ފުރަތަމަ ފަހަރެވެ.

އެގޮތުން ބޭރުގެ 80 ގައުމެއްގެ 1512 ސްކްރީނުގައި މިހާތަނަށް މިފިލްމު ރިލީޒްކޮށް ދައްކަން ވަނީ ފަށާފައެވެ. އަދި އިންޑިއާގައި 3741 ސްކްރީނުގައި މިފިލްމު ރިލީޒްކޮށް ދައްކަން ވަނީ ފަށާފައެވެ.

ހިންދީ ފިލްމު 83 ކީ 1983 ވަނަ އަހަރު ކްރިކެޓް ވޯލްޑް ކަޕުން އިންޑިއާ ހޯދި ކާމިޔާބީގެ މައްޗަށް ބިނާކޮށްފައިވާ ފިލްމެކެވެ. މިފިލްމުގައި ލީޑް ރޯލް އަދާ ކުރަނީ ރަންވީރް ސިންގް އެވެ.

ދީޕިކާ ޕަޑޫކޯން، ކަބީރް ޚާން، އަދި ސާޖިދް ނާޑިއާވާލާ ޕްރޮޑިއުސްކޮށްފައިވާ މިފިލްމު ހިންދީބަހުގެ އިތުރުން، ތެލެގޫ، ޓަމިލް، މަޅަޔާޅަމް، އަދި ކަންނައްޑާ ބަހުންވެސް ރިލީޒްކޮށްފައިވެއެވެ. މިފިލްމު ރިލީޒްކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން