-ތިންވަނަ ބައި-
ދެވަނަ މަޞްދަރު: ނަބަވީ ސުންނަތް
އިސްލާމީ ޝަރީޢަތުގެ ދެވަނަ މަޞްދަރަކީ ކީރިތި ރަސޫލާ-ޞައްލަﷲޢަލައިހި ވަސައްލަމަ- ގެ ސުންނަތެވެ.
ބަހުގެ ގޮތުން ސުންނަތް ކިޔެނީ "ގޮތަށެވެ". ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާފައިވެއެވެ. (فمن رغب عن سنتي فليس مني) މާނައަކީ: "ތިމަންކަލޭގެފާނުގެ ސުންނަތާއި ދުރަށްގޮސްފިމީހަކީ ތިމަންކަލޭގެފާނުގެ އުއްމަތުގެ ތެރެއިންވާ މީހެއް ނޫނެވެ". މިތަނުގައި "ސުންނަތޭ" ބުނެވުނު ބަހުގެ މާނައަކީ "ގޮތެވެ"، މާނައަކީ "ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- އުޅުއްވި ގޮތެވެ."
ފިގްހުވެރިންގެ ގާތުގައި ސުންނަތުގެ މާނައަކީ: ކުރުމުން ޘަވާބުލިބޭ ނުކޮށް ދޫކޮށްލުމުން ޢަޛާބު ނުލިބޭ ކަންތަކެވެ. މިޘާލަކަށް: ސުންނަތް ރޯދަހިފުން.
ޙަދީޘް ޢިލްމުވެރިންގެ ގާތުގައި ސުންނަތުގެ މާނައަކީ: ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަށް ނިސްބަތްކުރެވޭ ބަހެއް، ޢަމަލެއް، ޞިފައެއް، ނުވަތަ އެކަލޭގެފާނުގެ އަރިހުގައި ކަމެއް ހިނގިއިރު އެކަމަކަށް އިންކާރުނުކުރައްވާ ދޫކުރައްވާފައިވާ ކަންތަކެވެ.
ޙަދީޘް ގެ ޢިލްމުވެރިންގެ ގާތުގައި ސުންނަތަށް "ޚަބަރު" ނުވަތަ "ޙަދީޘް" އޭ ވެސް ކިޔެއެވެ.
ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަށް ނިސްބަތް ކުރެވޭ ބަހެއްގެ މިޘާލު: އެކަލޭގެފާނު ޙަދީޘް ކުރައްވާފައިވެއެވެ. (إنما الأعمال بالنيات) މާނައަކީ: "ޢަމަލުތައް ބިނާވެގެންވަނީ ނިޔަތަށެވެ."
ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަށް ނިސްބަތް ކުރެވޭ ޢަމަލެއްގެ މިޘާލަކީ: އެކަލޭގެފާނާއި ބެހޭގޮތުން އައިސްފައިވެއެވެ. (كان رسول الله صلى الله عليه وسلم أجود الناس) މާނައަކީ: "މީސްތަކުންގެ ތެރޭގައިވާ އެންމެ ދީލަތި އެންމެ ހެޔޮބޭފުޅަކީ ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- އެވެ."
ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަށް ނިސްބަތް ކުރެވޭ ޞިފަ އެއްގެ މިޘާލަކީ: ( كان رسول الله صلى الله عليه وسلم أحسن الناس وجها وأحسنهم خلقا ليس بالطويل الذاهب ولا بالقصير البائن) މާނައަކީ: "މީސްތަކުންގެ ތެރެއިން އެންމެ މޫނުމަތި ރިވެތި ބޭފުޅަކީ ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- އެވެ. އަދި އެންމެ ޚުލްގު ހެޔޮބޭފުޅަކީވެސް އެއީ އެވެ. އެކަލޭގެފާނަކީ މާބޮޑަށް ދިގު ނޫން، އަދި މާބޮޑަށް ކުރުވެސް ނޫން ބޭފުޅެކެވެ."
ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ އަރިހުގައި ކަމެއް ހިނގާ އެކަމަކަށް އިންކާރު ނުކުރައްވާ ދޫކުރައްވާފައިވާ ކަމެއްގެ މިޘާލަކީ: ޞަޙާބީންގެ ފަރާތުން ރިވާވެގެންވެއެވެ. (كنا نصلي ركعتين بعد غروب الشمس وقبل صلاة المغرب وكان رسول الله صلى الله عليه وسلم يرانا فلم يأمرنا ولم ينهنا) މާނައަކީ: "އިރުއޮއްސުމަށްފަހު މަޣްރިބް ނަމާދުގެ ކުރިން ދެރަކްޢަތް، ތިމަންމެން ކޮށް އުޅުނީމެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަށް އެތަން ފެނިވަޑައިގަންނަވާނެއެވެ. އެހެންނަމަވެސް މިކަމަކަށް އެކަލޭގެފާނު އަމުރެއް ނުކުރައްވައެވެ. އަދި މަނައެއްވެސް ނުކުރައްވައެވެ."
ސުންނަތުގެ ޙުއްޖިއްޔަތު:
ސުންނަތަކީ ޙުއްޖަތެއްކަމާއި، އެއީ އިސްލާމީ ޝަރީޢަތުގެ ދެވަނަ މަޞްދަރުކަން ކީރިތި ގުރްއާނުންނާއި އިތުރު އެކަލޭގެފާނުގެ ޙަދީޘްފުޅުތަކުން، އަދި ޞަޙާބީންނާއި ސަލަފުއްޞާލިހުންގެ ޢަމަލުފުޅުތަކުން، އަދި އުއްމަތުގެ އިޖްމާޢިން އެގެއެވެ. ނަމަވެސް ޚަވާރިޖުންނާއި ރާފިޟީންގެ ބަޔަކު ސުންނަތަކީ ޙުއްޖަތެއް ނޫންކަމަށް ދަޢްވާކޮށް އުޅެއެވެ. ނަމަވެސް މިއީ ޝާޛް ބަލިކަށި ރައުޔެކެވެ.
ސުންނަތަކީ ޙުއްޖަތެއް ކަމަށް ކީރިތި ގުރްއާނުގައި އައިސްފައިވާ ދަލީލުތަކުގެ ތެރޭގައި:
1. ސޫރަތުއް ނިސާގެ 59 ވަނަ އާޔަތް: (يا أيها الذين ءامنوا أطيعوا الله وأطيعوا الرسول وأولي الأمر منكم) މާނައަކީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުން ﷲ އަށާއި ﷲ ގެ ރަސޫލާ އަށް ކިޔަމަންތެރިވާށެވެ. އަދި ތިޔަބައިމީހުންގެ ވެރިންނަށް ކިޔަމަންތެރިވާށެވެ."
2. ސޫރަތުލް ޙަޝްރިގެ 7 ވަނަ އާޔަތް: (وما ءاتاكم الرسول فخذوه وما نهاكم عنه فانتهوا) މާނައަކީ: "ތިޔަބައިމީހުންގެ ގާތަށް ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެނެސްދެއްވި ކަންތަކުގައި ތިޔަބައިމީހުން ހިފާށެވެ. އަދި އެކަލޭގެފާނު ނަހީ ކުރެއްވި ކަންތަކުން ތިޔަބައި މީހުން ދުރުހެލިވެ ރައްކާތެރިވާށެވެ."
3. ސޫރަތު އާލުޢިމްރާންގެ 31 ވަނަ އާޔަތް (قل إن كنتم تحبون الله فاتبعوني يحببكم الله ويغفر لكم ذنوبكم) މާނައަކީ: "ކަލޭގެފާނުވިދާޅުވާށެވެ. ތިޔަބައިމީހުން މާތްﷲ ދެކެ ލޯބިވާކަމަށްވަނީނަމަ، ތިމަންކަލޭގެފާނަށް ކިޔަމަންތެރިވާށެވެ. އޭރުން މާތް ﷲ ތިޔަބައިމީހުންދެކެ ލޯބިވެ ވޮޑިގަންނަވާނެއެވެ. އަދި ތިޔަބައިމީހުންގެ ފާފަތައް ފުއްސަވައިދެއްވާނެއެވެ."
4. ސޫރަތުއް ނޫރުގެ 63 ވަނަ އާޔަތް (فليحذر الذين يخالفون عن أمره أن تصيبهم فتنة أو يصيبهم عذاب أليم) މާނައަކީ: "ފަހެ އެކަލޭގެފާނުގެ އަމުރުފުޅުތަކާއި ޚިލާފުވާމީހުންނަށް ބަލާއެއް ނުވަތަ ވޭންދެނިވި ޢަޛާބެއް ޖެހިދާނެކަމަށް، އެއުރެން ބިރުވެތިވެ ރައްކާތެރިވާހުށިކަމެވެ."
5. ސޫރަތުއް ނިސާގެ 65 ވަނަ އާޔަތް (فلا وربك لا يؤمنون حتى يحكموك فيما شجر بينهم ثم لا يجدوا في أنفسهم حرجا مما قضيت ويسلموا تسليما) މާނައަކީ: "އެހެންނަކުން ނޫނެވެ. ފަހެ، ކަލޭގެފާނު ހައްދަވައިގެންގުޅުއްވާ އިލާހު ގަންދެއްވައި ވަޙީ ކުރައްވަމެވެ. އެއުރެންގެ މެދުގައި އުފެދިފައިވާ ދެކޮޅުވެރިކަމުގައި، ކަލޭގެފާނު ޙުކުމްވެރި ކޮށްފުމަށް ދާންދެން، އެއުރެން އީމާނެއް ނުވާނެއެވެ. އެހިނދު، ކަލޭގެފާނު ނިޔާކުރެއްވި ގޮތާމެދު އެއުރެންގެ ހިތްތަކުގައި، ދަތިކަމެއް ވާކަމުގައި އެއުރެން ނުދެކޭނެތެވެ. އަދި އެއުރެން އނިޔާއަށް ފުރިހަމަވެގެންވާ ކިޔަމަންވުމަކުން ކިޔަމަންވާނެތެވެ."
6. ސޫރަތުލް އަޙްޒާބްގެ 21 ވަނަ އާޔަތް (لقد كان لكم في رسول الله أسوة حسنة لمن كان يرجوا الله واليوم الآخر وذكر الله كثيرا) މާނައަކީ: "ﷲ އާއި ބައްދަލުކުރަން އުންމީދުކުރާ އަދި އާޚިރަތްދުވަސް އަންނާނެކަން ގަބޫލުކޮށްގެންހުރި، ގިނަގިނައިން ﷲ ހަނދުމަކުރާ މީހުންނަށް ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ-ގެ ކިބައިގައި ރިވެތިވެގެންވާ ނަމޫނާތަކެއްވެއެވެ."
7. ސޫރަތުއް ނަޙްލުގެ 44 ވަނަ އާޔަތް (وأنزلنا إليك الذكر لتبين للناس ما نزل إليهم) މާނައަކީ: "ތިމަންﷲ ކަލޭގެފާނަށް ގުރްއާން ބާވާލެއްވީ، އެއުރެންނަށް ބާވާލެއްވި ތަކެތި، މީސްތަކުންނަށް ކަލޭގެފާނު ބަޔާންކޮށް ދެއްވުމަށްޓަކައެވެ. އަދި އެއުރެން ފިކުރުކުރުމަށްޓަކައެވެ."
8. ޝޫރާ ސޫރަތުގެ 52 ވަނަ އާޔަތް: (وإنك لتهدي إلى صراط مستقيم) މާނައަކީ: "އަދި ހަމަކަށަވަރުން ކަލޭގެފާނު މަގުދައްކަވާކަން ކަށަވަރީ އެންމެ ސީދާވެގެންވާ މަގަށެވެ."
މިނޫންވެސް އެތައް އާޔަތެއްވެއެވެ.
ސުންނަތަކީ ޙުއްޖަތެއް ކަމަށް ދަލީލު ލިބޭ ކީރިތި ރަސޫލާގެ ޙަދީޘް ތައް:
1. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާފައިވެއެވެ. (عليكم بسنتي وسنة الخلفاء الراشدين) މާނައަކީ: "ތިޔަބައިމީހުން ތިމަންކަލޭގެފާނުގެ ސުންނަތުގައި ހިފަހައްޓާށެވެ. އަދި ތިމަންކަލޭގެފާނުގެ ޚަލީފާއިންގެ ސުންނަތުގައި ހިފަހައްޓާށެވެ."
2. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާފައިވެއެވެ. (إني تركت فيكم ما إن تمسكتم به فلن تضلوا بعدي، كتاب الله وسنتي) މާނައަކީ: "ތިމަންކަލޭގެފާނު ތިޔަބައިމީހުންގެ ގާތަށް ދެކަމެއް ދޫކުރެއްވީމެވެ. އޭގައި ތިޔަބައިމީހުން ހިފަހައްޓައިގެން ތިބިހާ ހިނދަކު ތިޔަބައިމީހުން މަގުފުރެދިގެން ނުދާނެއެވެ. ﷲ ގެ ފޮތާއި ތިމަންކަލޭގެފާނުގެ ސުންނަތެވެ."
3. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާފައިވެއެވެ. (صلوا كما رأيتموني أصلي) މާނައަކީ: "ތިޔަބައިމީހުންނަށް ތިމަންކަލޭގެފާނު ނަމާދު ކުރައްވާތީ ފެނުނު ގޮތަށް ނަމާދު ކުރާހުށިކަމެވެ."
4. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާފައިވެއެވެ. (خذوا عني مناسككم) މާނައަކީ: "ތިޔަބައިމީހުން ޙައްޖުގެ ކަންތައްތައް ތިމަންކަލޭގެފާނުގެ ގާތުން ދަސްކުރާށެވެ."
5. މުޢާޛް ބިން ޖަބަލް-ރަޟިޔަﷲ ޢަންހު- ޙާކިމެއްގެ ގޮތުގައި ޔަމަނަށް ފޮނުއްވަމުން ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ސުވާލުކުރެއްވިއެވެ. "ކަލޭގެފާނުގެ ކުރިމައްޗަށް މައްސަލައެއް އަތުވެއްޖެނަމަ ޙުކުމް ކުރައްވާނީ ކިހިނަކުންތޯއެވެ؟"، ވިދާޅުވިއެވެ. "ﷲ ގެ ފޮތުންނެވެ"، ޙަދީޘް ކުރެއްވިއެވެ. "ގުރްއާނުން ނުފެނިއްޖެނަމަ ދެން ހަދާނީ ކިހިނަކުންހެއްޔެވެ؟"، ވިދާޅުވިއެވެ. "ﷲ ގެ ރަސޫލަގެ ސުންނަތުންނެވެ"، ޙަދީޘް ކުރެއްވިއެވެ. "އެއިންވެސް ނުފެނިއްޖެނަމަ ދެންހަދާނީ ކިހިނަކުން ހެއްޔެވެ؟"، ވިދާޅުވިއެވެ. "ތިމަންކަލޭގެފާނު އިޖްތިހާދު ކުރައްވާނީއެވެ، އަދި އެކަމުގައި ފަރުވާކުޑަ ނުކުރާނަމެވެ"، އެހިނދު މުޢާޛްގެ މޭފުޅޫގައި ޖައްސަވާފައި ޙަދީޘް ކުރެއްވިއެވެ. "ﷲ ގެ ރަސޫލާގެ ރަސޫލަ އަށް، ﷲއާއި އެކަލާނގެ ރަސޫލާ ރުހިވޮޑިގަންނަވާ ގޮތުގައި ހިފުމުގެ ތައުފީގް ދެއްވި ﷲ އަށް ޙަމްދުކުރަމެވެ."
6. ގުރައިޝްވަންހާގެ މީހުން ޢަބްދުﷲ ބިން ޢަމްރު ބިން އަލްޢާޞް އަށް ކީރިތި ރަސޫލާގެ ފަރާތްޕުޅުން އިވިވަޑައިގަންނަވާ ތަކެތި ލިޔުން މަނާކުރުމުން ޙަދީޘް ކުރެއްވިއެވެ. (اكتب, فو الذي نفسي بيده ما خرج مني إلا الحق) މާނައަކީ: "ލިޔާށެވެ. ތިމަންކަލޭގެފާނުގެ ނަފްސު އެފަރާތެއްގެ އަތްޕުޅުގައިވާ ފަރާތް ގަންދެއްވާ ވިދާޅުވަމެވެ. ތިމަންކަލޭގެފާނުގެ ފަރާތްޕުޅުން ޙައްގުނޫން އެއްޗެއް ނުނިކުންނާނެއެވެ."
7. އިމާމް ޛަހަބީ އެކަލޭގެފާނުގެ ފޮތް ތަޛްކިރަތުލް ޙުއްފާޡް ގައި ލިޔުއްވާފައިވެއެވެ. "އަބޫބަކުރު- ރަޟިޔަﷲ ޢަންހު- ގެ ޒަމާނުގައި މާމަ އަކު އޭނާގެ ވާރުތަ މުދާ ހޯދުމަށް އައެވެ. އެހިނދު އަބޫބަކްރު-ރަޟިޔަﷲ ޢަންހު- ވިދާޅުވިއެވެ. "ﷲ ގެ ފޮތުގައި ކަމަނާއަށް އެއްޗެއް އޮތް ކަމަކަށް ނުފެނެއެވެ، ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ފަރާތްޕުޅުންވެސް ތިކަމުގައި އެއްޗެއް އައިސްފައިވާ ކަމެއް ތިމަން ކަލޭގެފާނަށް އެނގިވަޑައިގަންފައެއް ނުވެއެވެ. ދެން އެކަލޭގެފާނު އެކަމާއި ގުޅޭގޮތުން ޞަޙާބީންނާ ސުވާލުކުރެއްވުމުން މުޣީރާ ރަޟިޔަﷲ ޢަންހު- ތެދުވެވަޑައިގެން ވިދާޅުވިއެވެ. "ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- އެކަމަނާއަށް(މާމައަށް) ހަބައިކުޅައެއްބައި ދެއްވި ކަމަށް ތިމަންކަލޭގެފާނު އަޑުއެހީމެވެ"، އަބޫބަކުރު-ރަޟިޔަﷲ ޢަންހު- ވިދާޅުވިއެވެ. "ކަލޭގެފާނާއި އެކު އެހެންމީހަކު އެބަހުރިހެއްޔެވެ؟"، އެހިނދު މުޙައްމަދު ބިން މަސްލަމަތު -ރަޟިޔަﷲ ޢަންހު- އެކަމަށް ހެކިވެވަޑައިގެންނެވިއެވެ. ދެން އަބޫބަކުރު- ރަޟިޔަﷲ ޢަންހު- ވެސް އެގޮތަށް ޙުކުމްކުރައްވާ އެކަން ތަންފީޛު ކުރެއްވިއެވެ.
ސުންނަތުގެ މައިގަނޑު ބޭނުން:
ނަބަވީ ސުންނަތުގެ ދެބޭނުމެއްވެއެވެ. އެއީ:
1. ގުރްއާނުގައިވާ އެއްޗެއް ބަޔާންކޮށްދިނުން،
2. ގުރްއާނުގައި ނައްޞު އައިސްފައިނުވާ އެއްޗެއްގެ ޙުކުމް ބަޔާންކޮށްދިނުން.
ގުރްއާނުގައިވާ އެއްޗެއް ބަޔާންކޮށްދިނުމުގައި ބައިވަރު ގޮތްތަކެއްވެއެވެ. އެގޮތުން:
ގުރްއާނުގައި މުޖްމަލްކޮށް އައިސްފައިވާ ޙުކުމެއް އިތުރަށް ތަފްޞީލުކޮށް ދިނުން، ނުވަތަ މުޝްކިލްކޮށް އޮތް ތަނެއް ތައުޟީޙުކޮށް ދިނުން، މުޠްލަގްކޮށް އޮތްތަނެއް މުގައްޔަދުކޮށްދިނުން، ޢާއްމުކޮށް އޮތްތަނެއް ތަޚްޞީޞްކޮށްދިނުން ހިމެނެއެވެ. މިކަމުގެ މިޘާލުތައް ބައިވަރެވެ. ރެއަކާއި ދުވާލު ފަރްޟު ވެގެންވަނީ ފަސްނަމާދުކަން ބަޔާންކޮށްދިނީވެސް ސުންނަތުންނެވެ. ކޮންމެ ނަމާދެއްގެ ރަކްޢަތްތަކުގެ ޢަދަދު ބަޔާންކޮށްދިނީވެސް ސުންނަތުންނެވެ. އަލްއަންޢާމް ސޫރަތުގެ 82 ވަނަ އާޔަތް(الذين ءامنوا ولم يلبسوا إيمانهم بظلم) މިއާޔަތުގައި އެވާ (ظلم) ގެ މުރާދަކީ (ޝިރްކު) ކަން ބަޔާންކޮށްދިނީވެސް ސުންނަތުންނެވެ.
ޒިނޭކުރާ އަންހެނުންގެ ޙުކުމް އިސްލާމް ދީން ފެށިގެން އައިތާ ކައިރީގައި އޮންނަ ގޮތަކީ ހަތަރު ހެކިން އެކަމަށް ހެކިދީފިނަމަ، އެކަނބަލުން މަރުވެއްޖައުމަށް ދާންދެން، ނުވަތަ އެކަނބަލުންނަށް މާތް ﷲ މަގެއް ދައްކަވައިފުމަށް ދާންދެން ގޭގައި އެކަނބަލުން ބަންދުކުރާށެވެ. އައްނިސާ ސޫރަތުގެ 15 ވަނަ އާޔަތުގައި އެވަނީ އެވާހަކައެވެ. މިއާޔަތުގައި މިވާ (އެކަނބަލުންނަށް މާތް ﷲ މަގެއް ދައްކަވައިފުމަށް ދާންދެން) މިބައިގެ ތަފްސީރު ލިބެނީ ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ސުންނަތުންނެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. (خذوا عني خذوا عني خذوا عني، قد جعل الله لهن سبيلا: البكر بالبكر جلد مأة وتغريب عام، والثيب بالثيب جلد مأة والرجم) މާނައަކީ: "ތިމަންކަލޭގެފާނު ފަރާތްޕުޅުން ނަގާށެވެ. ތިމަންކަލޭގެފާނު ފަރާތްޕުޅުން ނަގާށެވެ. ތިމަންކަލޭގެފާނު ފަރާތްޕުޅުން ނަގާށެވެ. ﷲ އެކަނބަލުންނަށް މަގެއް ދައްކަވައިފިއެވެ. ބިކުރުވެރި ކުއްޖެއްނަމަ ސަތޭކަ އެތިފަހަރުން ޖަހައި އެއްއަހަރަށް އަރުވާލުމެވެ. ޘައްޔިބެއްނަމަ ސަތޭކައެތިފަހަރުން ޖެހުމާއެކު ރަޖަމް ކުރުމެވެ."
- ނުނިމޭ -

ކިޔުންތެރިންގެ ހިޔާލު