2005 ވަނަ އަހަރު ރިލީޒްކުރި ކާމިޔާބު ހިންދީ ފިލްމު "ނޯ އެންޓްރީ" ގެ ދެވަނަ ބައެއްގެ މަސައްކަތް ކުރަމުންދާކަމަށް ސަލްމާން ޚާން ބުނެފިއެވެ.

ބޮލީވުޑްގެ މަޝްހޫރު ބަތަލް މިހެން ބުނެފައިވަނީ އޭނާގެ 57 ވަނަ އުފަންދުވަސް ފާހަގަކުރުމަށް ބޭއްވި ޕާޓީއެއް ނިންމާލުމަށްފަހުއެވެ.

އެގޮތުން ހެއްވާ މަޖާ ކަންތައްތަކެއް ދައްކުވައިދޭ މިފިލްމުގެ ދެވަނަ ބައި ތައްޔާރު ކުރެވޭނީ ފުރަތަމަ ފިލްމަށްވުރެ ކޮމެޑީ ބައި ބޮޑުކޮށްކަމަށް ސަލްމާން ފާހަގަކޮށްފައިވެއެވެ. އަދި ފުރަތަމަ ފިލްމުން ފެނިގެންދިޔަ ތިން ލީޑު ތަރިންކަމަށްވާ، ސަލްމާން، އަނިލް ކަޕޫރް އަދި ފަރްދީން ޚާން ވެސް ދެވަނަ ފިލްމުން ފެނިގެންދާނެކަމަށްވެއެވެ.

އަނީސް ބަޒްމީ ލިޔެ ޑިރެކްޓް ކޮށްފައިވާ ހިންދީ ފިލްމު "ނޯ އެންޓްރީ" ގެ ދެވަނަ ބައި ލިޔެފައިވަނީވެސް އަނީސް ބަޒްމީއެވެ. އަދި މިފިލްމުގެ މަސައްކަތުގެ ބޮޑުބައެއް އަންނަ އަހަރު ނިންމާލެވޭނެކަމަށްވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން