ހިންދީ ފިލްމު "83" ދުނިޔޭގެ އެންމެ އުހުގެ ސިނަމާގައި ރިލީޒްކުރުމަށް ނިންމައިފިއެވެ.

ދުނިޔޭގެ އެންމެ އުހުގައި ހުންނަ ސިނަމާ ގާއިމުކޮށްފައިވަނީ އިންޑިއާގެ ލަދަކް ގައެވެ.

އިންޑިއާގެ ފަރުބަދަމަތީ ނުވަތަ ހިމާލިޔާ ސަރަހައްދުގައި ގާއިމުކޮށްފައިވާ މި ސިނަމާ ހުންނަނީ 11562 ފޫޓު އުހުގައެވެ. އެއްފަހަރާ 120 މީހުންނަށް ވަދެވޭ މިސިނަމާ އަކީ ބޮޑު ފުއްޕާހަމެއްހެން ހުންނަ ނުވަތަ އިންފްލޭޓެބްލް ސިނަމާއެކެވެ. އަދި މި ސިނަމާ އަކީ ފަސޭހައިން ރޫޅާލާ ބޭނުންތާކަށް ބަދަލުކޮށްލެވޭނެ ކަހަލަ ސިނަމާއެކެވެ.

މިފިލްމު ދުނިޔޭގެ އެންމެ އުހުގައި ހުންނަ ސިނަމާގައި ރިލީޒްކުރަން ނިންމުމާއެކު މިއީ ވަރަށް ތާރީޙީ ހާއްސަ ކަމެއް ކަމަަށް ފިލްމު ޑިރެކްޓަރ ކަބީރް ޚާން ފާހަގަކުރިއެވެ. ހާއްސަ ގޮތެއްގައި މިފިލްމަކީ ތާރީޚީ ކާމިޔާބީއެއް ދައްކުވައިދޭ ފިލްމެއްކަމުން މިކަމުން އިތުރު ހާއްސަކަމެއް އިހުސާސްްވެގެންދާކަމަށް ކަބީރް ޚާން ފާހަގަކުރިއެވެ.

ހިންދީ ފިލްމު 83 އަކީ 1983 ވަނަ އަހަރު ކްރިކެޓް ވޯލްޑް ކަޕުން އިންޑިއާ ހޯދި ކާމިޔާބީގެ މައްޗަށް ބިނާކޮށްފައިވާ ފިލްމެކެވެ. މިފިލްމުގައި ލީޑް ރޯލް އަދާކުރަނީ ރަންވީރް ސިންގް އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން