ރިލީޒް ކުރި ފުރަތަމަ ދުވަހު އެންމެ ގިނަބަޔަކު ބެލި ފިލްމުގެ ރިކޯޑު ހިންދީ ފިލްމު "އަތުރަންގީ ރޭ" ހޯދައިފިއެވެ.
ހިންދީ ފިލްމު "އަތުރަންގީ ރޭ" އަކީ މިހާރު ބޮލީވުޑްގައި ކުރިއަރަމުން އަންނަ ފިލްމީ ތަރި ސާރާ އަލީ ޚާންގެ ފަސް ވަނަ ފިލްމެވެ. މި ފިލްމުގެ ލީޑްރޯލްތައް އަދާކުރާ ތަރިންގެ ގޮތުގައި ސާރާގެ އިތުރުން އަކްޝޭ ކުމާރާއި މަޝްހޫރު އެކްޓަރ ރަޖްނީކާންތުގެ ދަނބިދަރި ދަނޫޝް ފެނިގެންދެއެވެ.
މިފިލްމު ރިލީޒްކުރި ފުރަތަމަ ދުވަހުވެސް ގިނަ ބަޔަކު ވަނީ މި ފިލްމުގެ ލީޑް ރޯލްތައް ކުޅެފައިވާ ތަރިންގެ ގޮތުގައި ފެނިގެންދާ ތިން ތަރިން ދައްކުވައިދީފައިވާ އެކްޓިންގެ ހުނަރުވެރިކަން ފާހަގަކޮށްފައެވެ. އެގޮތުން މިފިލްމު ރިލީޒް ކުރި ފުރަތަމަ ދުވަހުވެސް ގިނަބަޔަކު މިފިލްމު ބަލައި ބޮޑު ތަރުހީބެއް މިފިލްމަށް ލިބިފައިވެއެވެ.
ތަފާތު ލޯބީގެ ވާހަކައެއް ދައްކުވައިދޭ ހިންދީ ފިލްމު "އަތުރަންގީ ރޭ" ރިލީޒްކޮށްފައިވަނީ ޑިޖިޓަލްކޮށް ޑިޒްނީ ހޮޓްސްޓަރ މެދުވެރިކޮށެވެ. މިފިލްމުވަނީ ޑިޖިޓަލްކޮށް ރިލީޒް ކުރި ފުރަތަމަ ދުވަހު އެންމެ ގިނަބަޔަކު ބެލި ފިލްމުގެ ރިކޯޑު ހޯދައިފައެވެ.
ބުޝާން ކުމާރް ޕްރޮޑިއުސް ކޮށްފައިވާ މިފިލްމަކީ މިއުޒިކަލް ރޮމޭންޓިކް ފިލްމެއްގެ ގޮތުގައި ތައްޔާރުކޮށްފައިވާ ފިލްމެކެވެ. މިފިލްމު ރިލީޒްކޮަށްފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު