އިންޑިއާގެ ޓީވީ ރިއަލިޓީ ޝޯވް ބިގް ބޮސް 13 އިން ތިންވަނަ ހާސިލުކޮށް ގިނަބައެއްގެ މަގުބޫލުކަން ލިބިފައިވާ ފިލްމީތަރި ޝެހެނާޒް ގިލްގެ ބައްޕައަށް ބަޑީގެ ހަމަލާއެއް ދީފިއެވެ.

ޝެހެނާޒް ގިލްގެ ބައްޕަ، ސަންތޯޝް ސިންގ ސުޚް އަށް ބަޑީގެ ހަމަލާއެއް ދީފައިވަނީ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އޭނާ އަށް ހަމަލާދީފައިވަނީ އިންޑިއާގެ އަމްރިތުސަރު ޑިސްޓްރިކްގައި އޮތް ސިޔާސީ ހަރަކާތެއްގައި ބައިވެރިވުމަށް ފަހު ގެއަށް ދަނިކޮށެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާގޮތުގައި އޭނާއަށް މިހަމަލާ ދިނީ ސައިކަލެއްގައި ދިޔަ ދެމީހެކެވެ. ނަމަވެސް އެމީހުން ޖެހި 4 ވަޒަންވެސް އެރީ ޝެހެނާޒްގެ ބައްޕަ، ސަންތޯޝް ސިންގ ގެ ކާރަށެވެ.

މިހަމަލާއަކީ ސިޔާސީ ހިޔާލު ތަފާތުވުންތަކެއްގެ ސަބަބުން ލިބުނު ހަމަލާއެއްކަމަށް ސަންތޯޝް ސިންގ އަށް ތާއީދުކުރާ ގިނަބަޔަކު ލަފާކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން