ކޯވިޑް-19 ޖެހިގެން ތ. ވިލިފުށީގައި މީހަކު ނިޔާވެއްޖެއެވެ.
ހްލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭ އިން ބުނީ ރޭ ފަތިހު 5:30 ގައި ތ. ވިލިފުށީ ސިއްޙީ މަރުކަޒަށް ގެންދިޔަ މީހަކު ނިޔާވެފައިވާ ކަމަށެވެ. ނިޔާވެފައިވަނީ އުމުރުން 86 އަހަރުގެ ދިވެހި އަންހެނެކެވެ.
ވިލިފުށިން ނިޔާވި މީހާއާއެކު ރާއްޖެއިން ކޮވިޑްގައި ނިޔާވި މީހުންގެ އަދަދު ވަނީ 262 އަށް އަރާފައެވެ. ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ 243 ދިވެހިންނާ 19 ބިދޭސީންނެވެ.
ރާއްޖެއިން ކޯވިޑް-19 ފެނުނު ފަހުން މިއަހަރުގެ މެއި މަހަކީ ރާއްޖޭގައި އެއްމަހެއްގައި އެންމެ ގިނަ މީހުން ނިޔާވި މަހެވެ. މެއި މަހު ޖުމްލަ 88 މީހުން ވަނީ ނިޔާވެފައެވެ. އަދި މެއި މަހުގެ 24 ވަނަ ދުވަހަކީ ރާއްޖެއިން އެންމެ ގިނަ ބަޔަކު ކޯވިޑްގައި ނިޔާވި ދުވަހެވެ. އެދުވަހު ރާއްޖެއިން ވަނީ 13 މީހަކު ނިޔާވެފައެވެ.
ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.
މާލެ ސަރަޙައްދުގައި ކޮވިޑަށް ޕޮޒިޓިވްވާ އަދަދުތައް މިހާރު ވަނީ ބޮޑުތަނުން ދަށަށް ގޮސްފައެވެ. ނަމަވެސް އަތޮޅުތެރޭގެ ރަށްރަށުގައި ކޮވިޑް ފެތުރޭ ނިސްބަތް ވަނީ އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު