ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް ސަރުކާރުން ނުފޫޒު ފޯރުވާކަމަށް އިދިކޮޅު ކޯލިޝަނުން ތުހުމަތު ކޮށްފިއެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް ތައްޔާރުވުމަށް އިދިކޮޅު ކޯލިޝަންގެ ލީޑަރޝިޕްގެ ޓީމެއް މިހާރު ދަނީ ކޮމަންޑޫގައި ޙަރަކާތްތެރިވަމުންނެވެ. މިވަގުތު ކޮމަންޑޫގެ ސިޔާސީ ޙާލަތު ސިފަކޮށްދެއްވަމުން ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އަދި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގައި ހިމެނޭ ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް ޢުމަރު ވިދާޅުވީ ސަރުކާރުން ދަނީ އިންތިޚާބަށް ނުފޫޒު ފޯރުވަމުން ކަމަށެވެ.
"ކުއްލިޔަކަށް ފެނަކައިން ގިނަ މަޤާމުތަކެއް އުފައްދައި މަޤާމުތައް މީހުންނަށް ބަހަމުން ދަނީ." މެންބަރު އާދަމް ޝަރީފް ވިދާޅުވިއެވެ.
އާދަމް ޝަރީފް ވަނީ އެ މައްސަލަ ބެލުމަށް އިލެކްޝަންސް ކޮމިޝަނަށް ގޮވާލައްވާފައެވެ. އަދި ސަރުކާރުން މިގޮތަށް ނުފޫޒު ފޯރުވާނަމަ އިންތިޚާބު އިންސާފުވެރި ނުވާނެ ކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އިދިކޮޅު ޕީޕީއެމްގެ ޓިކެޓް ދީފައިވަނީ ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މޫސާ ފަތުހީއަށެވެ. މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެމްބަރު ހުސައިން ވަހީދު އަވަހާރަވުމާއި ގުޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު