ބޮލީވުޑްގެ މަޝްހޫރު ފިލްމީތަރި އަކްޝޭ ކުމާރު، އޭނާގެ އަންހެނުން، ކުރީގެ މަޝްހޫރު ފިލްމީތަރި ޓްވިންކަލް ކަންނާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާކަން އިންޑިއާގެ ނޫސްތަކުން ހާމަކޮށްފިއެވެ.

މިދެތަރިންނާއެކު އެދެމީހުންގެ އަންހެން ދަރިފުޅުވެސް މިޗުއްޓީގައި ދަނީ ބައިވެރިވަމުންނެވެ. އަކްޝޭ ކުމާރު އޭނާގެ އާއިލާއާއެކު ރާއްޖެއައިސް ޗުއްޓީ ހޭދަކުރަމުންދަނީ ސޮނެވާ ޖާނީ ރިސޯޓުގައެވެ. މިދެތަރިންވެސްވަނީ އެކުގައި ޗުއްޓީ ހޭދަކުރަމުންދާކަން ދައްކުވައިދޭ ފޮޓޯތަކެއް މީސްމީޑިއާގައި ހިއްސާކޮށްފައެވެ.

ހުސްވި ހަފްތާ ކުރީކޮޅު ރާއްޖެއައި އަކްޝޭ ކުމާރު އޭނާގެ އާއިލާއާއެކު ރާއްޖެއައިސް ޗުއްޓީ ހޭދަކުރަމުންދަނީ އޭނާގެ އަންހެނުންގެ އުފަންދުވަސް ފާހަގަކުރުމަށެވެ. އަދި މިއާއިލާ ރާއްޖެއިން ފުރާނީ އާއަހަރު ފާހަގަކޮށްފައިކަމަށްވެސް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

މިއަހަރު ވެގެންދިޔައީ ކޮވިޑް ބަލިމަޑުކަމުގެ ތެރޭގައި ރާއްޖޭގެ ބޯޑަރުތައް ހުޅުވުމާއިއެކު އަވަށްޓެރި އިންޑިއާއިން ގިނަ ފަންނާނުންތަކެއް ރާއްޖެ އައި އަހަރަކަށެވެ. މީގެއިތުން މިއަހަރު އެކަނިވެސް 285،000 އަށްވުރެ ގިނަ ފަތުރުވެރިން އިންޑިއާއިން ރާއްޖެއައިކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން