ކޮވިޑާއި ގުޅިގެން އިންޑިއާގެ ސިނަމާތައް ބަންދުކޮށް ގިނަ ދުވަސްތަކެއް ވުމާއި، އަދި ބައެއް ސަރަހައްދުތަކުން ސިނަމާތައް ހުޅުވަން ހުއްދަ ދިންނަމަވެސް ހަދާފައިވާ ހަރުކަށި ގަވާއިދުތަކާއެކު، ބޮލީވުޑްގެ ގިނަ ފިލްމުތަކެއް 2020 އަދި 2021 ވަނަ އަހަރު ވަނީ ރިލީޒްކުރުން ފަސްކޮށްފައެވެ.


ނަމަވެސް 2021 ވަނަ އަހަރު ނިމިގެން ދިޔައީވެސް އިންޑިއާގެ ބޮކްސް އޮފީހުގެ ކާމިޔާބު އަހަރެއްގެ ގޮތުގައެވެ. އިންޑިއާގެ ސިނަމާތަކުންނާއި އެކި ޑިޖިޓަލް ޕްލެޓްފޯމްތަކުން ބޮލީވުޑްގެ ގިނަ ފިލްމުތަކެއް ހުސްވިއަހަރުވެސް ވަނީ ރިލީޒްކޮށްފައެވެ. އެގޮތުން ހިންދީ ފިލްމު ރޫހީ، ހަސީން ދިލްރުބާ، މީމީ، ސޫރްޔަވަންޝީ، ދަމާކާ، އަންތިމް - ދަ ފައިނަލް ޓްރުތު، 83 އަދި އަތުރަންގީ ރޭ މިއީ 2021 ވަނަ އަހަރު ރިލީޒް ކުރި ފިލްމު ތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ކާމިޔާބު ބައެއް ފިލްމުތަކެވެ.

ކާމިޔާބު ފިލްމުތަކެއް 2021 ވަނަ އަހަރު ރިލީޒް ކުރި ނަމަވެސް، އެއަހަރު ރިލީޒް ކުރަން ހަމަޖެހުނު ގިނަ ފިލްމުތަކެއް ރިލީޒް ކުރުން ވަނީ ފަސްކޮށްފައެވެ. އަދި ބައެއް ފިލްމުތައް ފަސްކޮށްފައިވަނީ ވަކި މުއްދަތެއްވެސް ނެތް ގޮތަށެވެ.

ނަމަވެސް މިއަހަރު ރިލީޒް ކުރުމަށް ކުރިންވެސް ހަމަޖެހިފައިވާ ފިލްމުތަކާއިއެކު ކޮވިޑާގުޅިގެން ހުސްވި އަހަރު ފަސްކޮށްފައިވާ ގިނަ ފިލްމުތަކެއް މިއަހަރު ރިލީޒް ކުރުމަށް ހަމަޖެހިފައިވާއިރު، މިއަހަރު ވެގެންދާނީ މިދެންނެވި ރިލީޒް ކުރުން ފަސްކޮށްފައިވާ ހިންދީ ފިލްމުތަކަށް މީހުން ކުރަމުން އައި އިންތިޒާރުގެ ނިމުމަކަށް އަންނާނެ އަހަރަކަށެވެ. އެގޮތުން މީގެ ތެރެއިން ގިނަ ފިލްމުތަކެއް ރިލީޒް ކުރާނެ ތާރީހުތައްވެސް މިހާރު ވަނީ އާންމުކޮށްފައެވެ.

- 2022 ވަނަ އަހަރު ރިލީޒް ކުރަން ހަމަޖެހިފައިވާ ބައެއް ފިލްމްތައް:-

- 21 ޖެނުއަރީ: އަކްޝޭ ކުމާރު ލީޑުން ފެނިގެންދާ ހިންދީ ފިލްމު ޕްރިތުވިރާޖް

- 28 ޖެނުއަރީ: ޖޯން އަބްރަހަމް ލީޑުން ފެނިގެންދާ ހިންދީ ފިލްމު އެޓޭކް

- 18 ފެބްރުއަރީ: އާލިއާ ބަޓް ލީޑުން ފެނިގެންދާ ހިންދީ ފިލްމު ގަންގުބާއި ކަތިވަޑިއަ

- 25 ފެބްރުއަރީ: ރަންވީރް ސިންގ ލީޑުން ފެނިގެންދާ ހިންދީ ފިލްމު ޖަޔޭޝްބާއި ޖޯދާރ

- 18 މާރޗް: ރަންބީރް ކަޕޫރް ލީޑުން ފެނިގެންދާ ހިންދީ ފިލްމު ޝަމްޝެރާ

- 25 މާރޗް: ކާރްތިކް އާރިޔަން އަދި ކިއާރާ އަދްވާނީ ލީޑުން ފެނިގެންދާ ހިންދީ ފިލްމު ބޫލް ބުލައްޔާ 2

- 08 އޭޕްރިލް: ކަންގަނާ ލީޑުން ފެނިގެންދާ ހިންދީ ފިލްމު ދާކަދް

- 29 އޭޕްރިލް: އަމީތާބް އަދި އަޖޭ ދޭވްގަން ލީޑުން ފެނިގެންދާ ހިންދީ ފިލްމު ރަންވޭ

- 14 އޭޕްރިލް: އާމިރް އަދި ކަރީނާ ލީޑުން ފެނިގެންދާ ހިންދީ ފިލްމު ލާލް ސިންގ ޗައްޑާ

ކިޔުންތެރިންގެ ހިޔާލު