އައިޖީއެމްއެޗްގައި ހީމޯޑަޔަލެސިސް ނަރުހެއްގެ ގޮތުގައި މަސައްކަތްކުރަމުންދިޔަ ފިލިޕިންސްގެ މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި ހައްޔަރުކުރި ދިވެހި އަންހެން މީހާގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިފި އެވެ.
ފުލުހުން ބުނީ މިދިޔަ އޮކްޓޯބަރ މަހުގެ 19 ވަނަ ދުވަހު ދަންޖެހިގެން މަރުވިކަމަށް ބުނާ މޭރީގެ މަރާ ގުޅިގެން ކޯޓުއަމުރެއްގެ ދަށުން މިދިޔަ މަހުގެ 16 ވަނަ ދުވަހު ހައްޔަރުކޮށްފައިވާ އުމުރުން 24 އަހަރުގެ ހަލީމަތު ލަމްހާ އަބްދުލް ރަހުމާންގެ ބަންދަށް ކޯޓުން އިތުރު 15 ދުވަސް ދީފައިވާ ކަމަށެވެ.
މި މައްސަލާގައި ތުހުމަތު ކުރެވޭ ދެމީހުން ކަމަށްވާ މޭރީ ގްރޭސްގެ ފިރިމީހާ މާވިން އާއި, އޭނާގެ ދިވެހި ލޯބިވެރިޔާ ލަމްހާގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ފުލުހުން ވަނީ ޕީޖީ އޮފީހަށް ވެސް ފޮނުވައިފައެވެ.
ފުލުހުން ބުނެފައިވަނީ ފިލިޕީންސް އަންހެން މީހާ އުޅޭ ގޭގައި އޭނާ ދަންޖެހިފައި ހުއްޓާ ފެނިގެން ކަމަށް ބުނެ، ރިޕޯޓް ކުރުމުން ފުލުހުން އެތަނަށް ދިއުމުގެ ކުރިން އަންހެން މީހާ ވަނީ ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށެވެ.
އަދި އެ މަރަކީ ދަންޖެހިގެން އަމިއްލައަށް މަރުވެފައިވާ މަރެއްނޫންކަމާއި އޭނާ މަރާލާފައި އޮތް ކަމަށް އެންމެ ބޮޑަށް ޝައްކުވީ ދަންޖެހިފައި ހުރި ކަމުގެ ނިޝާނެއް ހަށިގަނޑުން ފެންނަން ނެތުމުން ކަމަށް ބައެއް ރިޕޯޓްތައް ބުނެއެވެ. މީގެއިތުރުންވެސް ޝައްކުވާ ގިނަ ކަންތައްތަކެއް ހުރި ކަމަށްވެއެވެ. އަދި މޭރީ ގްރޭސްގެ ޕޯސްޓްމޯޓަމް ރިޕޯޓުން ދައްކާފައިވަނީ އޭނާ މަރުވެފައިވަނީ "ބްލަންޓް އިންޖަރީ" ނުވަތަ އެއްޗެއް ބޭނުން ކޮށްގެން މީހަކު ދިން އަނިޔާއެއްގެ ސަބަބުން ކަމަށެވެ.
މޭރީގެ މަރުގެ މައްސަލައިގައި ފިރިމީހާ މާވިން ހައްޔަރުކޮށް މައްސަލައިގެ ތަހުގީގު އިތުރަށް ފުޅާ ކުރުމަށްޓަކައި އޭނާގެ ދިވެހި ލޯބިވެރިޔާ ލަމްހާގެ ފޯނު ފުލުހުން ހިފެހެއްޓިއެވެ. އައިޖީއެމްއެޗްގައި ނަރުހެއްގެ ވަޒީފާ އަދާކުރާ ލަމްހާ މިހާރު ހުރީ އައިޖީއެމްއެޗްގެ ވަޒީފާ އިންވެސް ސަސްޕެންޑް ކޮށްފައެެވެ.

ކިޔުންތެރިންގެ ހިޔާލު