ރެހެންދި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ޖެންޑާ މިނިސްޓްރީން ހުޅުވާފައިފިއެވެ.
ޖެންޑާ މިނިސްޓްރީއިން މިއަދު ބުނީ ޤައުމީ ތަރައްޤީގައި އެކިއެކި ދާއިރާތަކުން އަންހެނުން އަދާކުރާ ދައުރުގެ އަގު ވަޒަންކުރުމަށް ދޭ ރެހެންދި އެވޯޑަށް ކުރިމަތިލާން މިއަދުން ފެށިގެން ހުޅުވާލާފައިވާ ކަމަށެވެ. އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
ސަރުކާރުން ބުނީ ރެހެންދި އެވޯޑް ދިނުމުގެ ބޭނުމަކީ ގައުމީ ހިދުމަތަށް އަންހެނުންނަށް ބާރު އަޅާ، މުޖުތަމައަށް ފައިދާހުރި ހިދުމަތް ކުރާ އަންހެނުން ފާހަގަ ކުރުން ކަމަށެވެ. އަދި ގައުމީ ހިދުމަތުގައި މަސައްކަތް ކުރާ އަންހެނުންނަށް ހިތްވަރު ދީ އެމީހުންގެ އަގު ވަޒަންކޮށް، ޖަމާއަތަށް ފައިދާހުރި މަސައްކަތްކުރާ އަންހެނުންނަށް ޝަރަފާއި އިއްޒަތް ދިނުމާއި އަންހެނުންގެ ހިއްސާ މަދު ދާއިރާތަކަށް އަންހެނުންގެ ހިއްސާ އިތުރުކުރުމާއި، އަދި އާ ދާއިރާތައް ތައާރަފް ކޮށް އެދާއިރާތަކަށް އަންހެނުން ނެރުމަށް ބާރު އެޅުން ހިމެނޭ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ރެހެންދި އެވޯޑް ދޭން ފަށާފައިވަނީ 2014 ވަނަ އަހަރުން ފެށިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު