އިންޑިއާގެ ލެޖެންޑަރީ ލަވަކިއުންތެރިޔާ ލަތާ މަންގޭޝްކަރް ކޮވިޑަށް ޕޮޒިޓިވްވެ އައިސީޔޫގައި ފަރުވާ ދެމުންދާކަމަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.

ލަތާ އެޑްމިޓްކޮށް ފަރުވާ ހޯދަމުންދަނީ އިންޑިއާގެ މުމްބާއީގެ ބްރީޗް ކޭންޑީ ހޮސްޕިޓްލުގައެވެ. އުމުރުން 92 އަހަރުގެ ލަތާގެ ކިބައިން ކޮވިޑުގެ ބައެއް އަލާމާތްތައްވެސް ފެނިފައިވާކަމަށް އައިސީޔޫގެ ޑޮކްޓަރުންނާ ހަވާލާދީ އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެެވެ.

އެގޮތުން އިތުރު އޮބްޒަރވޭޝަނަށް ލަތާ އައިސީޔޫގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށް މުމްބާއީގެ ބްރީޗް ކޭންޑީ ހޮސްޕިޓްލުގެ ފަރާތުން ޑރ. ޕަޓިލް ސަމްދާނީ ހާމަކޮށްފައިވެއެވެ.

އިންޑިއާގެ ސިނަމާތަކަށް ވިދުން ގެނައި ލެޖެންޑަރީ ލަވަކިޔުންތެރިޔާ ލަތާ މަންގޭޝްކަރް ލަވަކިޔުމުގެ ދާއިރާއިން ފުރަތަމަ ފެނިގެންގޮސްފައިވަނީ އުމުރުން އެންމެ 13 އަހަރުގައެވެ. 1942 ވަނަ އަހަރުން ފެށިގެން މިހާތަނަށް 30،000 އަށް ވުރެ ގިނަ ލަވަ ކިޔާފައިވާ ލަތާގެ ލަވަތަކަކީ މިހާރުވެސް ގިނަ ބައެއްގެ މެދުގައި މަގުބޫލު ލަވަތަކެވެ. ހާއްސަ ގޮތެއްގައި ލަގްޖާ ގަލޭ، އަޖީބް ދާސްތާން ހެ ޔޭ، ޕިޔާރް ކިޔާތޯ ޑަރްނާ ކިޔާ، އަދި ތޭރޭ ލިޔޭ ފަދަ ހިންދީ ލަވަތަކަކީ އަދިވެސް އަޑު އަހާ ފޫހި ނުވާނޭ ހިންދީ ލަވަތަކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން