ދުނިޔޭގެ އެކިކަންކޮޅުތަކުން އެތައްބައެއްގެ ލޯބި ލިބެމުންދާ ޕްރިޔަންކާ ޗޯޕްރާ ކައިވެނި ކޮށްފައިވަނީ 2018 ވަނަ އަހަރުއެވެ. ނަމަވެސް ޕްރިޔަންކާ ކައިވެންޏެއް ކުރާނެ ކަމުގެ އެއްވެސް އުއްމީދެއް އޭނާގެ މަންމަ ނުކުރާކަމަށް ޕްރިޔަންކާ ބުނެފައި ވެއެވެ.
ޕްރިޔަންކާ ބުނީ މަންމައަށްވެސް ފެނުނީ ޕްރިޔަންކާ އެކްޓު ކުރުމަށް ދިން އިސްކަންކަމަށާއި، އެގޮތުން ކައިވެންޏެއް ކުރާކަށް މަންމަ ޕްރެޝަރވެސް ނުކުރާކަމަށާއި، އޭގެ ބަދަލުގައި ކުރާ މަސައްކަތުގައި އިތުރު ކުރިއެރުންތައް ހޯދުމަށް ޕްރެޝަރ ކުރިކަމަށެވެ.
ޕްރިޔަންކާ ބުނީ، އޭނާގެ ކައިވެންޏަށް ތިން އަހަރުވެފައިވާއިރު، ކޮންމެ މަންމައަކުހެން، އޭނާ ކައިވެނި ކުރާ ވާހަކަ ދެއްކި ދުވަހަކީ އޭނާގެ މަންމަ އެންމެ އުފާވި ދުވަސްކަމަށެވެ.
2018 ވަނަ އަހަރު ދެ ކައިވެނި ހަފްލާއެއް ބޭއްވި ޕްރިޔަންކާ އަދި ނިކް ޖޯނަސްގެ ކައިވެންޏަކީ މުޅި ދުނިޔޭގެ ސަމާލުކަން ލިބުނު ކައިވެންޏެކެވެ.
މިދެތަރިންގެ ލޯބީގެ ގުޅުމުގެ ވާހަކަތަކަށް މީޑިއާތަކުން ބޮޑު ސަމާލުކަމެއް ލިބިގެން ދިޔަނަމަވެސް އުމުރުގެ ގޮތުން ބޮޑުތަފާތެއް ހުރުމާއެކު ގިނަބައެއްގެ ފާޑު ކިޔުންތައް އަމާޒުވެގެން ދިއައެވެ. ހާއްސަ ގޮތެއްގައި މިފަދައިން ފާޑުކިޔާމީހުން ފާހަގަ ކުރަނީ ޕްރިޔަންކާ ނިކް ޖޯނަސް އަށްވުރެއް އުމުރުން 10 އަހަރު ދޮށި ވާހަކައެވެ.

ކިޔުންތެރިންގެ ހިޔާލު