ހުޅުމާލެ ބްރިޖްގައި ރޭ ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ޒުވާނަކު މިރޭ ނިޔާވެއްޖެއެވެ.
ރޭގެ ވަގުތެއްގައި ސިނަމާލެ ބުރިޖުގެ ހުޅުމާލެއިން މާލެއަށް އަންނަ ލޭނުގައި ހިނގި އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް މިއަދު ހަވީރުގެ ވަގުތެއްގައި ނިޔާވީ ސ. ހުޅުދޫ/ ސޯސަންގޭ، މުހައްމަދު ހައިކަލް އިސްމާއިލް، 21އ، އެވެ.
އެކްސިޑެންޓު ހިނގި ވަގުތު ސައިކަލް ދުއްވަން އިނީ ޒުވާނާ އެކަންޏެވެ. މި އެކްސިޑެންޓާ ގުޅޭ ގޮތުން ފުލުހުން ބުނީ ރޭ 19:57 ހާއިރު އެ އެކްސިޑެންޓު ހިނގާފައި ވަނީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް އޮފްބެލެންސް ވެގެން ކަމަށެވެ. އަދި އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ބުންނެވެ.
ހައިކަލްގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ މިރޭ 11:00 ގައި އާސަހަރާ މިސްކިތުގައެވެ.

ކިޔުންތެރިންގެ ހިޔާލު