އަނިޔާވެރިގޮތަކަށް މަރާލާފައިވާ ބްލޮގަރ، ޔާމިން ރަޝީދުގެ މަރުގެ މައްސަލާގައި ކުށް ސާބިތުވާ ކަމަށް ކަނޑައަޅާފައިވާ ހައިޝަމާއި ޒިހާން އުމުރަށް ޖަލަށް ލައި، 1.3 މިލިއަން ރުފިޔާ ދައްކަން ހުކުމް ކޮށްފިއެވެ.
ހައިޝަމާއި ޒިހާންގެ މައްޗަށް މަރުގެ ޙުކުމް އިއްވާފައި ނުވަނީ ޔާމީންގެ ވާރިސުންގެ ތެރެއިން މަންމަ ގިސާސް ހިފަން ބޭނުން ނުވުމުންނެވެ. ޔާމީންގެ މަންމަ ކްރިމިނަލް ކޯޓުގައި މިއަދު ބުނީ ޔާމީން ރަޝީދަކީ އިންސާނީ ހައްގުތަކަށް ވަކާލާތު ކުރަމުން އައި މީހެއް ކަމަށާއި އިންސާނަކަށްވީތީ ކޮންމެ މީހަކަށްވެސް ދިރިހުރުމުގެ ހައްގު ލިބެން ވާނެ ކަމަށް ޔާމީން ދެކޭ ކަމަށެވެ. އެހެންކަމުން ޔާމީންގެ މަރުގެ މައްސަލާގައި ކުށްވެރިވާ މީހުންގެ ކިބައިން މަރަށް މަރު ހިފަން ބޭނުން ނުވާ ކަމަށް ޔާމީންގެ މަންމަ ބުނެފައިވެއެވެ.
ނަމަވެސް ޔާމީންގެ ބައްޕަ ހުސައިން ރަޝީދު ބުނީ އޭނާ ބޭނުންވަނީ ޤިޞާޞް ހިފަން ކަމަށެވެ.
ސުޕްރީމް ކޯޓުން ނެރެފައިވާ އުސޫލުގައިވާ ގޮތުން އިސްލާމީ ޝަރީޢަތުގައިވާ ގޮތަށް މަރަށް މަރު ހިފޭނީ މަރުވި މީހާގެ ހުރިހާ ވާރިސުން މަރަށް މަރު ހިފުމަށް ބޭނުންވާ ނަމައެވެ. އަދި މަރަށް މަރު ހިފުމަށް ވާރިސުންގެ ތެރެއިން އެކަކު އިންކާރު ކުރިނަމަވެސް މަރަށް މަރު ނުހިފޭނެއެވެ.
އެހެންކަމުން ކޯޓުން ޙުކުމް އިއްވާފައިވަނީ މ. އަންނާރުމާގޭ އިސްމާއީލް ހައިޝަމް ރަޝީދާއި މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއީލް އުމުރަށް ޖަލަށް ލައި، މަރުގެ ދިޔައިގެ ގޮތުގައި 1.3 މިލިއަން ރުފިޔާ ދެއްކުމަށެވެ.
ސ. ފޭދޫ ޗަނބޭލީގޭ އުމުރުން 29 އަހަރުގެ ޔާމީން ރަޝީދު މަރާލާފައިވަނީ 23 އޭޕްރީލް 2017 ވަނަ ދުވަހުގެރޭ 2:46 ގައި އޭނާ ދިރިއުޅެމުންދިޔަ މ. ސްޕެޓިއުލާގޭގެ ސިޑިގޮޅި ތެރޭގައި ތޫނު އެއްޗެހިން ހަމަލާ ދީގެންނެވެ. ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ދަޢުލަތުން 6 މީހެއްގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާފައިވާއިރު އެ ހަމީހުންނަށްވެސް މަރުގެ އަދަބު ދިނުމަށް ދަޢުލަތުން ކޯޓުގައި އެދުނެވެ.
ޔާމީން ރަޝީދުގެ ހަށިގަނޑުގެ 34 ތަނަކަށް ވަޅިން ހަމަލާދީ އޭނާ މަރާލިކަން ޝަރީއަތަށް ސާބިތުވާ ކަމަށް ކަނޑައަޅާފައިވަނީ ހ. އަންނާރުމާގޭ އިސްމާއީލް ހައިޝަމް ރަޝީދާއި މ. އިރާސްމިކުގޭ އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށެވެ. އަނެއް 4 މީހުންނަށް ކުރި ދަޢުވާ ގޯސްވުމުން އެމީހުންގެ މައްޗަށް ކުށް ސާބިތުވެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު