ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި، ޕްރިޔަންކާ ޗޯޕްރާ އަދި ނިކް ޖޯނަސަށް ދަރިއަކު ލިބިއްޖެއެވެ.

ޕްރިޔަންކާ ވަނީ ރޭގެ ވަގުތެއްގައި އިންސްޓަގްރާމްގައި މިކަން ހާމަކޮށްފައެވެ. ޕްރިޔަންކާ ބުނީ އޭނާ އަދި ނިކް ޖޯނަސް ދަރިއަކު ހޯދަފައިވަނީ ސެރޮގެސީ ނުވަތަ އެހެން އަންހެނަކު މެދުވެރިކޮށް ކަމަށެވެ.

ނަމަވެސް ކައިވެންޏަށް މިހާރު ތިން އަހަރު ވެފައިވާ ނިކް އަދި ޕްރިޔަންކާގެ ދަރިފުޅުގެ ނަމެއް އަދި ޖިންސެއްވެސް ހާމަކޮށްފައެއް ނުވެއެވެ.

ނިކް އަދި ޕްރިޔަންކާ އަށް ދަރިއަކު ލިބެނު ޚަބަރަކީ ގިނަބަޔަކު ސިއްސުވާލީ ޚަބަރަކަށް ވިނަމަވެސް، މިއަހަރު ކުރީކޮޅު ވެނިޓީ ފެއަރއަށް ދިން އިންޓަރވިއުއެއްގައި ނިކް އަދި ޕްރިޔަންކާވެސް ދަރިއަކު ހޯދަން ބޭނުންވާ ވާހަކަ ޕްރިޔަންކާ ވަނީ ހާމަކޮށްފައެވެ.

ފިލްމީ ތަރި ޕްރިޔަންކާ ޗޯޕްރާ އަދި ލަވަކިޔުންތެރިއާ ނިކް ޖޯނަސްގެ ލޯބީގެ ގުޅުމުގެ ވާހަކައަކީ އެތައް ދުވަހެއް ވަންދެން މީޑިއާތަކުގެ ފަލަ ސުރުހީތަކުން ފެނިފައިވާ ވާހަކައެކެވެ. މިގުޅުން އިތުރަށް ވަރުގަދަވެ ކައިވެެންޏަކާ ހަމައަށް ދިއައިރު ގިނަަބައެއްގެ ފާޑުކިއުންވެސް މިދެތަރިންނަށް އަމާޒު ވެގެން ދިއައެވެ. ހާއްސަ ގޮތެއްގައި މިފަދައިން ފާޑުކިޔާމީހުން ފާހަގަ ކުރަނީ ޕްރިޔަންކާ ނިކް ޖޯނަސް އަށްވުރެ އުމުރުން 10 އަހަރު ދޮށި ވާހަކައެވެ.

ބޮލީވުޑް އަދި ހޮލީވުޑްގައިވެސް ބޮޑެތި ކާމިޔާބީތަކެއް ހާސިލުކޮށްފައިވާ ޕްރިޔަންކާ، އަދި ލަވަކިޔުންތެރިއާ ނިކް ޖޯނަސް ކައިވެނިކޮށްފައިވަނީ 2018 ވަނަ އަހަރުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން