ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޟުވާން އަބްދުﷲ ގެ މައްސަލައިގައި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ދީދީއާ މަރު ކޮމިޝަނުން ސުވާލުކޮށްފިއެވެ.
މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނުން ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ދީދީއާ ސުވާލުކުރީ މެލޭޝިޔާއަށް ގޮސްގެނެވެ. އަބްދުﷲ ދީދީއަކީ ރިޟުވާނުގެ މައްސަލަ ކުރިއަށް ގެންދިޔައިރު ކްރިމިނަލް ކޯޓުގެ ގާޒީއަށްވާއިރު، އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުން ދޫކޮށްލުމުގެ އަމުރު ނެރެފައި ވަނީ އޭނާއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މަރު ކޮމިޝަނުން މެލޭޝިޔާއަށް ގޮސް އަބްދުﷲ ދީދީއާ ސުވާލުކުރީ މިދިޔަ މަހުގެ ތެރޭގައެވެ. މަރު ކޮމިޝަނާއެކު ފުލުހުންގެ ޓީމެއްވެސް މެލޭޝިޔާއަށް ދިޔައެވެ.
ރިޟުވާން ރަހީނުކުރީ 2014 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 8 ވަނަ ދުވަހުގެރެއެވެ. އެ މައްސަލާގައި ތިން މީހަކަށް ދައުލަތުން ޓެރަރިޒަމްގެ ދައުވާ ކުރިއެވެ. ނަމަވެސް އެމީހުންގެ މައްޗަށް ކުށް ސާބިތުވެފައެއް ނުވެއެވެ.
ރިޟުވާންގެ މަރަށް އިންސާފު ހޯދައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙުގެ ރިޔާސީ ވައުދެކެވެ.

ކިޔުންތެރިންގެ ހިޔާލު